ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ބިރެއްނެތި މަސައްކަތް ކުރާ މީޑިއާތައް ވަރަށް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ނުރައްކާތެރި ރާއްޖޭގައި މިވަގުތު ނުރައްކާތެރި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދެއްކުމުން މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ކަމަށެވެ.

މި ދަނޑިވަޅުގައި އެއްވެސް ބިރެއް ނެތި މަސައްކަކަތް ކުރާ މިނިވަން މީޑިއާތައް ވަރަށް މުހިއްމުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އަބަދުވެސް ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިދިޔަ އަހަރާއި އަޅާ ބަލާއިރު 19 ދަރަޖައިގެ ކުރިއެރުމެއް މިއަހަރު ރާއްޖެއަށް ވަނީ ލިބިފައެވެ.

ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ނޫސްވެރިކަން ކުރި ނާރާ އޮތުމަށްފަހު ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް މިދިޔަ އަހަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރާއި ޖެހެންދެން ރާއްޖެ އޮތީ 180 ވަނައިގައެވެ. ނަމަވެސް މިިދިޔަ އަހަރު ރާއްޖެ 98ވަނަ އަށް އެރިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ރާއްޖެ ވަނީ ރޭންކިންގެ 79އަށް އަރާފައެވެ.

އާރުއެސްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ އެމަނިކުފާނު ކުރެއްވި އެންމެ މުހިއްމު އެއް ކަމަކަށް ވެގެން ދިޔައީ އަބުރުގެ ބިލު ވަނީ އުވާލައިފައެވެ. އާރުއެސްއެފްގެ ރިޕޯޓުގައި ވަނީ އެކަންވެސް ފާގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިނބިލާ

    ނަމުން ޞާލިޙް. ކަމުން ޖާހިލު. ރައްޔިތުންނަށް ކޮވިޑް ވައިރަސް ޖެއްސި ސަރުކާރު. ރައްޔިތުންގެ މާލިއްޔާ ދިރުވާލި ސަރުކާރު. ރައްޔިތުންނަށް ހީލަތްހަދާ އޮޅުވާލި ސަރުކާރު.
    ލާދީނީ ސަރުކާރު އިސްތިއުފާ!

    27
  2. ސަޅި

    ޢެންމެ މުހިންމީ މި ކަލޭގެ އިސްތިއުފާ ދިނުން

    25
  3. ކާފަބޭ2020

    އަޅުގަނޑު ކުރިންދުވަހަކުވެސްލިޔެފިން މާތްމަނިކުފާނޭ މިއީ ބަރަކާތްތެރިމައްސަރެކޭ ދުލުގަހިފައިގެންނުދަމާށޭ ނަމަވެސް އަނެއްކާމިއަދުވެސް!!! އަބަދު ހަޖަމޯލާ ހޯދަންޖެހޭއިރު ބިރުކުޑަނޫސްވެރިކަމެއް؟ ކައިފަކަމުންދާތަކެތީގެވާހަކަ ތަފުސީލުކުރީމަ ހަޖަމުގޯސްވާނަމަ؟ ކަންފަތްމައްޗަށް ކަނޑިދަމައިގެންހުރެ ބިރުކުޑަނޫސްވެރިކަމެއްކުރާށޭބުނީމަ????????

    22
  4. ސަންތިމަރިޔަބު

    އާރުއެސްއެފް ގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް 19 ދަރަޖައިގެ ކުރިއެރުމެއް ލިބުނު ގޮތާމެދު ދިވެހި މުސްލިމް އަހުންނާއި އުހްތުން ކުޑަކޮށްވެސް ވިސްނާލެއްވިންތޯ؟ މިހާރު އުވާލާފާކަމަށް ބުނާ ލާދީނީ ޖަމުއްޔާއިން ނެރުނު ލާދީނީ ރިޕޯޓާއި ސަރުކާރުން ފަހަތު ފަޔަށް ބުރަވި ބުރަވުމާއި އެޖަމުއްޔާގެ އެއްވެސް ފަރާތަކަށް އެއްވެސް ފިޔަވަޅެއް ނޭޅި ރާއްޖެއް ދޫކޮށް ހަރުބީ ކާފަރުންގެ ހާލިތަކަށް ފުންމާލުމުގާއި އެހީތެރިކަން ފޯރުކޮއްދިނުން ހިމެނެޠެވެ އަދި ސޯޝަލް މީޑިޔާގާ އިސްލާދީނަށާއި ރަސޫލާޔަށް ފުރައްސާރަ ކުރާމީހުން އެކަށީގެންވާ ފިޔަވަޅެއްނާޅާއި އެފަދަމީހުންނާ މެދު އެހެން ކަމަކާއި ދައުވާ އުފުލާ އާދައިގެ ކަމެއްގެ ގޮތުގާއި ދުއްވާލުމާއި މިހެން ގޮސް ލިޔެ ހުސްވާކަށްނެތެވެ ބަޔަކު މީހުން އުފާކޮށް އަތްޖަހަމުން ދިޔަސް މިއިން ޑެކްސް ގާއި ލިބޭކުރިއެރުމަކީ ބިރުވެ ނުރަށްކާތެރި އިންޒާރެއް ގެ ރަގަބީލުތަކެކެވެ

    ﴿5﴾ وَالَّذِينَ سَعَوْا فِي آيَاتِنَا مُعَاجِزِينَ أُولَٰئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ

    ތިމަންރަސްކަލާނގެ (ބާވައިލެއްވި) آية ތަކާ ދެކޮޅުހަދަމުން ހިނގިމީހުން (ދަންނާށެވެ!) ވޭންދެވިނި އެންމެގަދަ عذاب ން އެއުރެންނަށް عذاب ހުށްޓެވެ.

    22
  5. ސައްޕެ

    މިނިވަން ނޫސް ވެރިކަމޯ!!! ކޮބާ މަޑިސީލަ؟

    10
    1
  6. މޯދީގެ ގެރި

    ދައްޖާލުންގެ ގްރޫޕް މިފަހަރު ވެރިކަމުގަ ނެތްނަމަ ތިބުނާ މިނިވަން ނޫސްވެރިންނާހެދި ނުފިރޮއްޕާންވާނެ!