ކުރީގެ ހޯމް މިނިސްޓަރު އަދި ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާ އުމަރު ނަސީރު، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އުމަރުގެ ވެރިކަމެއްގައި ރާއްޖެ އަށް ގެންނާނެ ބަދަލުތަަށް މި ހަފްތާއިން ފެށިގެން ފޭސްބުކްގައި އާންމު ކުރަން ނިންމައިފިއެވެ.
އުމަރު ވިދާޅުވީ މެނިިފެސްޓޯ އެކުލަވާލަނީ ރާއްޖެ އާ މިސްރާބަކަށް ގެންދިޔުމަށް ކަމަށާއި ވޭތުވެދިޔަ ދިހަ އަހަރު މި ގައުމު ހިނގި މަގުން އަލުން ހިނގަން ދޫކޮށްލައިފި ނަމަ ދެން ވެސް ދާނީ ކުރިން ވެސް ދިޔަ ގޮތަށް ކަމަށެވެ.
އުމަރު އޭނާގެ އޮފިޝިއަލް ފޭސްބުކް ޕޭޖްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އާންމުންގެ ހިޔާލާއި ތަސައްވަރުތަކާއެއްކޮށް މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. "އާންމުންގެ ހިޔާލުތަކާއި ހިއްސާ ކުރުމަށް އެދެން, އެކިއެކި ދާއިރާތަކުގައި ދިމާވާ އުނދަގޫތަކާއި ދަތި ކަންކަންތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަންކަން މެނިފެސްޓޯގައި ހިމަނާނެ" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މީސް މީޑިއާގައި ރާއްޖެއަށް ގެނައުމަށް ބޭނުންވާ ބަދަލުތައް މި ހަފްތާއިން ފެށިގެން ކުރު ނޯޓުތަކެއްގެ ގޮތުގައި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރައްވާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރަމުން އަންނަ ކަމަށެވެ. އޭގެ ޖަވާބުގައި ވިދާޅުވީ އޭނާ އިންތިހާބުގައި ވާދަ ކުރާނެ ކަމަށާއި އިންތިހާބު ކާމިޔާބުކޮށް ގައުމު ހަމަ މަގަށް އަޅުވާނެ ކަމަށެވެ.
އިދިކޮޅުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޖުމްހޫރީ ޕާޓީ އިން ވެސް އަންނަނީ ހުށަހެޅުމަށް މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އުމަަރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށް ފަހު ފުރަތަމަ ވިދާޅުވަމުން ގެންދެވީ އޭނާ މަސައްްކަތް ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ވާދަ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން އުމަރު ނުފެނެއެވެ.
އުމަރުތީ އެއްވެސްމީހަކު ބަލައިނުގަތް މީހެއް.
އާދޭސްކޮށްފަ މި ބުނަނީ ޢުމަރާ ، ތިބާ ދެން އިތުރަށް ފަޟީޙަތްނުވޭ! ރައީސް ޔާމީން މި ރާއްޖެވަނީ ދިވެހިން އެދޭފަދަ ރާއްޖެއަކަށް ހައްދަވައިދެއްވާފަ! ޢުމަރު ރަގަޅުވާނެ ދަތުރެއް ކޮށްލާ ރާއްޖޭގެ ކުރިއެރުން ބަލާލިއްޔާ!
ގަނޑުވަރު ހެދިޔަސް ނޯ ވޯޓް ކަލެޔަ
އުމަރަށް ކާފަ ތާއީދު އެބައޮތް އެކަމަކު ޤާސިމް ސޭޓްގެ އަޅެއްގެ ގޮތުގައި ނިކުމެގެން ދަރިފުޅަކަށް ހެޔޮވެރިކަމެއް ނުކުރެވޭނެ އެނޫގޮތަކަށް ރައްޔިތުންގެ ކުރިމައްޗަށް އަންނާތި
އޭގެތެރޭގައި ރަށްރަށުގައި ބަނދަރު ހަދާފައި އޮންނަ އިރުވެސް ކޭމްޕޭން ދަތުރުތަކުގައި ކަނޑު ފަތާފައި ރަށްރަށަށް އެރުމާއި ބާޠިލް ވޯޓް ބަލިކުރުން ހިމެނޭ!