ބ.އަތޮޅު އޭދަފުށީގެ ހުޅަނގު ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ވެއްޖެއެވެ.

އެރަށުގެ އޮންލައިން ނޫހެއް ކަމަށްވާ "އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވަނީ ރަށުން ކަރަންޓް ކެނޑުނީ އެސަރަހައްދުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މައި ކޭބަލަކަށް މައްސަލައެއް ދިމާވެގެންނެވެ.

އެސަރަހައްދުން ކަރަންޓް ކެނޑުނުތާ މިހާރު ފަސް ވަރަކަށް ގަޑިއިރު ވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ކަރަންޓް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިރޭ 12 ގެ ކުރިން ރަށަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭދަފުށީ ޓައިމްސް" ގައި ބުނެފައި ވަނީ އޭދަފުށީގައި ބޭނުންކުރާ ކަރަންޓް، އިންތިހާއަށް މަތިވުމުގެ ސަބަބު ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ، ކޭބަލު ބަޑިޖަހައިގެން ކަރަންޓް ކެނޑުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވާ ކަމަށެވެ. ޚާއްސަކޮށް މިއަދު މިމައްސަލަ ދިމާވި ސަރަހައްދަކީ މީގެ ހަތަރުވަރަކަށް އަހަރު ކުރިން މި މައްސަލަ ދިމާވަމުން އަންނަ ސަރަހައްދެއް ކަމަށާއި ނަމަވެސް މިކަމަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރިޒާ

  ކަ ރަންޓް ލިބުނުވާހަކަ ވެަސް ލިޔެލަބަލަ.

 2. އޭނާ

  މައްސަލަ ދިމާވާތާ 4 އަހަރު، ކޮންބައެއްގެ އިހުމާލެއް. ސަރުކާރު ބަދަލުވާއިރަށް ޚިދުމަތް ދިނުމަށްތިބޭ ބޭފުޅުން ބަދަލެއްނުވޭ، ބަދަލުވަނީ ވެރިމީހާ. އެހެންވީމާ މައްސަލަ އެބައުޅޭ އެހެންނޫންތޯ؟

 3. ޖަޒީރާ

  އެޖެންޑާ-19 އޭދަފުށި ޖަޒީރާ ވެފަ!

 4. ދަރަނި ދަންތުރަ

  ތިޔަކަމަކީ އިބޫ ސޯލިހު މުޅިން މަނާކޮށްފައިވާ ކަމެއް މިވެރިކަމުގައި ކަރަޏްޓު ކެނޑުން ކަރަންޓު ދިއުން މަގުމަތީގައި ފެންބޮޑުވުން ޖަންގުސަނުން ނަޖިސް ބޭރުވުން މުޅިން މަނާވާނެ ތިޔަބޭފުޅުން ދޮގުނުހަދާ ، ތިޔަފަދަ ކަންކަން ހަނައެކަނި ވާނީ ޔާމީނުގެ ވެރިކަމުގައި ކެކެ ކެ ކޭ