ހދ. މަކުނުދޫގައި އެހެން މަސްމަހާއި ހިލާފަށް ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް ބުނެ އެރަށު ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ރަށުގައި ހުންނަ ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.

މުޒާހަރާ ކުރަމުން ގެންދާ މީހަކު ބުނީ ރައްޔިތުންގެ ޝަކުވާއަކީ އެހެން މަސްމަހާއި ހިލާފަށް މިމަހުގެ ކަރަންޓު ބިލު ބޮޑުވެފައިވުމެވެ. މިކަމަށް ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެހުރި ފަރާތުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ދަނީ އެދެމުން ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ކުރިއަށް އޮތް ދެމަހުގެ ފެން ބިލުން 40 އިންސައްތަ އަދި ކަރަންޓް ބިލުން 30 އިންސައްތަ ކުޑަ ކޮށްދޭނެ ކަމަށް ރައީސް ޞާލިހް ވަނީ މާޗް މަހު ވިދާޅުވެފައެވެ.

މަކުނުދޫ މީހުން ބުނާ ގޮތުގައި މިމަހު ކަރަންޓް ބިލް ކުޑަވުމުގެ ބަދަލުގައި ކަރަންޓް ބިލް ވަނީ 100 އިންސައްތަ ބޮޑު ވެފައެވެ. 400 ރުފިޔާ ކުރިން ބިލަށް އަރާ ގެތަކުން މިމަހު 800 ރުފިޔާ އަދި 2000 ރުފިޔާ ކަރަންޓް ބިލަށް އަރާ ގެތަކުން 4000 ރުފިޔާ އަރާފައިވާ ކަމަށް އެރަށު މީހުން ބުނެއެވެ.

މިކަމާއި ގުޅިގެން އަދި ފެނަކަ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

މަކުނުދޫގައި މުޒާހަރާ ކުރަމުން ދާއިރު މިހާރު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މުޒާހަރާ ކުރުމާއި ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ގޯޕީ

    އަހަ ރެމެން ގެ ބިލު ވެސް ވީ ބޮޑު. ރައްޔިތުން ފެލަނީ. ކިނބޫ

    33
  2. ކޮބާ ހީވޭކަމެއްހެން

    ސީދާ ކަނޑައެޅިގެން ދޮގެއް

    5
    30
  3. މޫސަބޭ

    މާލެ ބިލްތައްވެސް ވަރަށްބޮޑު މިގޭބިލްވެސް މިފަހަރު އެރި 3343 ރުފިޔާ މިޔޮއްހުރިހާ ދުވަހު އާއްމު ކޮއް މިގެއައް އަރަނީ 1434 ރުފިޔާ ބިލްބޮޑު ކޮއްފަ40% ދިނީމަ ޖޯކު..

    35
    2
    • ޓިނު

      ބަލަ އެންމެން ގޭގަ ބަންދުވެފަ ތިބީމަ ކަ ރަންޓު މީޓަރ ނީންނާނެ ހެވިފަ ދެލޯ މަރައިގެންނެއް

      3
      13
  4. މާމީ

    އިއްޒައްތެރި މެމްނަރު ތިކަން ޙައްލުކުރާނެ.

    24
    3
  5. ޢަލީ

    ކަރަންޓު ބިލު ބޮޑުވީ ހޫނުގަދަ ވުމުގެސަބަބުން ގިނައިން ބޭނުން ކުރެވުނީމަ ސަލާމް.

    10
    22
    • ފަހުމްނީ

      މީނހޫނުގަދަ ވެގެން އޭސީ ޖައްސާ ކިތައް މީހުން ހުނަންރަށެއްތޯ ބަލާބަލަ.

      3
      7
  6. ކިނބޫ

    މިމާލޭގަވެސް އިންތިހާއައްކަރަންޓުބިލު ބޮޑު ކޮއްފަ

    33
  7. ާއަހުމަދު

    މަކުނުދޫ އެކަޏެއްނޫން ށ. ފޯކައިދޫ ވެސް ތިވަރު ސަރުކާރުން ދައްކާ ވާހަކަޔާ އަމަލަކާ ދިމާނުވޭ މުޅިން އޮޅުވާލަނީ

    32
  8. ސަންތިމަރިޔަބު

    ވަރަށް އިހްތިރާމާއި އެކު އާދަމް ނަވާޒް ގެ އަރިހުން އެދި ދަންނަވަމެވެ. ކޮންމެ ރެޔަކު މިއޮންނަ ކޮވިޑް 19 ގެ ނިއުސް ކޮންފަރެންސް ވިލަރެސް ކުރަށް ވާ ފަރާތުން ކޮވިޑް-19 ފެތުރެމުން ދާތީ ކުރިއަށް އޮތް ދެމަހުގެ ފެން ބިލުން 40 އިންސައްތަ އަދި ކަރަންޓް ބިލުން 30 އިންސައްތަ ކުޑަ ކޮށްދޭނެ ކަމަށް ރައީސް ޞާލިހް ވަނީ މާޗް މަހު ވިދާޅުވެފައެވެ.މި %30 އާއި %40 ކަލްުކިއުލޭޓް ކުރާގޮތް އޮޅުން ފިލުވާ ދެއްވައި ފިއްޔާ ވަރަށް ރަގަޅު

    30
  9. ޙަސަނު

    ތީ މި ސަރުކާރަށް ވާނެވަރު އެހެންތާ ވާނީ ވޯޓުން ވައްކަން ކޮށްގެން ވިއްޔަ ވެރިކަމަށް އައީ ވެސް

    29
  10. ދަރަނި ދަންތުރަ

    މަބުރޫކު ވިޑަޅުވި ތިޔައީ ސަރކާރުގެ ވިސްނުމެއްނޫނޭ އަދި ތިއީ ގަސްތުގައި ކުރި ކަމެއްނޫނެ މި ވެރިކަމުގައި ގަސްތުގައި ކުރިކަމެއް މަބުރޫކު ބުނެދީބަލަ ދިވެހި ރައްޔިތުންނަށް....

    31
  11. ކާފަބޭ2020

    މިސަ ރުކާ ރަކީ އެޖެންޑާ19އެވެ. ތަފާތުވާނެއެވެ. ގޭގައެންމެން ތިބޭއި ރު ގިނައިންކަ ރަންޓު ބޭނުންކު ރާނެކަން އެގެއެވެ.ވީމާ ހެޔޮކަންދައްކަން ބިލުންސާޅީސްޕަސެންޓު ކެނޑިއަސް ގިނަފައިސާ ސަ ުރކާ ރަށްލިބޭނެއެވެ. މިކަހަލަވާހަކަދައްކާނަމަ އެދެން ހަޖަމު ގޯސްވީއެވެ.

    28
  12. ހަގީގަތް

    މާލޭގައި ވެސް ކަރަންޓް ބިލް ބޮޑު ވީ. މިގޭ ބިލަށް ކުރިން މަސް
    ތަކުގައި 500 އަރަނީ . އޭޕްރީލް މަހު ބިލަށް 1000 ވުރެ ގިނައިން އަރާފަ އެބައިން. ހުރިހާ ކަމެއްގައި ވެސް ސަރުކާރުން މަކަރު ހަދަނީ. ގައުމު ތަކުން ލިބޭ ހިލޭ އެހީ ޕާޓީ މީހުންގެ ޖީބު ފުރާފަ ރައްޔިތުން ފެލަނީ

    29
    1
  13. ކާފަ

    ކޮސްނުތަޅާ ގެއަަށްވަދޭ... ތިއައްވުރެން ބޮޑުކަމެއް ލައިގަނެދާނެ.... ބުއްދި އިސްކޮބަލަކަންކަމުގައި...

    16
    4
  14. އާދަމުގެދަރި

    ތިޔަ ކަން މި މަސް ނިމުމާއެކު ނޫސްތަކުގެ އެންމެ ފަލަ ސުރުޚީއަކަށްވާނެ. ހޫނު މޫސުމުގައި އެންމެން މިތިބީ ލޮކްޑައުންގައި އާމްދަނީއެއް ލިބޭނެ ގޮތެއް ނެތިފައި. އެންމެން ގޭގައި ތިބީމާ ކުރިން ކަރަންޓް ބޭނުންނުކުރާ އެތައް ވަގުތަކު މިހާރު ކަރަންޓް ބޭނުންކުރާނެ. ބިލް އިންތިހާއަށް ބޮޑުވާނެ. ކަރަންޓު ބިލުން ފެންބިލުން ބައިރުފިޔާއެއްވެސް އުނިނުވޭ. އެތައް ބަޔަކު ވަޒީފާ ގެއްލިފައި. ރިޒޯޓް އޯނަރުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ލޯނު ދެނީ. ފަގީރުންނަށް ލިބޭނެ ލޯނެއްވެސް ނެތް.

    28
    • މުހަންމަ

      ތިޔަ ހުރިހާ ބޭފުޅުން ނައްވެސް އެގޭނެ މީ އޯޤާތެރި ސަރުކާރެއްކަން.އެބޭފުޅަކައް ހައްޤުވާ މިންވަރު ލިބޭނެ.އަދި ހުރިހާކަމެއްވެސް ކުރާނީ ރައްޔިތުން ޖީބައް ޑޮލަރު ވަންނަ ގޮތައް.ހުރިހާ ކަމެއްވެސް ރައްޔިތުން ނައް އޮޅުވާލާނެ. ފެނަކައިން އިޢުލާން ކުރި ކައުންސިލް އިންތިހާބް ގަ ވާދަކުރި ހުރިހާ ސްޓާފުންގެ ސަސްޕެންޝަން އުވާލި ކަމަށްވެސް އެވެސް ސީދާ ދޮގުވާހަކަ އެއް.ހަމައެކަނި އެމްޑީޕީ ކުދިން ކޮޅުގެ ސަސްޕެންޑް އުވާލީ.ރައްޔިތުން ނައް އޮޅުވާ ލަން މިވަރުގެ ބައިގަޑެއް ނުތިބޭނެ.ތިޔަ ހުރިހާ ބިލެއް ވެސް ވާނެ ބޮޑު.އެކަމަކުވެސް ހެޔޮތާ އަތާ ފައި މަށްޗައްނަގާ އަތްޖަހަން ތިބޭނެ.ނަގޫ ފިތިފަތިބި ބައިގަޑު.

      11
  15. ފުޅިބައްތި

    ބަލަ ޖަޒީރާރާއްޖެ އަކަށް ކަރަންޓެއް ބޭނުމެއް ނުވާނޭ މިހާރުތިއޮތީ ޖަޒީރާވެފަ ތިއްޔޭ ހައްޤުވާމިން ވަރަކީ ދެންއަތްޖަހާ!

    14
  16. އެޖެންޑާ-19

    ހައްޤުވާމިންވަރު ދިވެހީން މިއަދު ރޮށްވައިފިޔޭ ނެތުމުން ރައީސް ދިވެހީން މިއަދު ބޭނުން ވަނީ ޔާމީން ރައީސް:

    16
    1
  17. ޅަތީފް

    އި ރުކޮޅަކުން މަބޫ ރޫކު އަ ރާފަ ބުނާނެ ލޮކްޑައުންގަ އެންމެން ގޭގައެއްނޫންހޭތިބީ އެހެންވީމަ ކަ ރަންޓް ބޭނުންކު ރާވަ ރު އިތު ރުވެގެންނޭ ބިލް ބޮޑުވީ ހަޔާތްވެސް ކުޑަ ބައެއް ވެ ރިކަމުގަ މިތިބީ ހުވާމިބުނީ މިކަހަލަ ކަމެއްނުފެންނާނެ

    11
  18. ޖަޒީރާރާއްޖެ

    ކަރަންޓު ޚަރަދު އެންމެކުޑަވާނީ ފުޅިބައްތި ދިއްލީމަ ހައްޤުވާމިންވަރު!

    24
  19. މުހަންމަ

    އަޅުގަނޑު ފޮނުވާ ކޮމެންޓް ނުޖަހަނީ ކީއްވެބާ.

  20. ޓިނު

    ބަލަ އެންމެން ގޭގަ ބަންދުވެފަ ތިބީމަ ކަ ރަންޓު މީޓަރ ނީންނާނެ ހެވިފަ ދެލޯ މަރައިގެންނެއް

    5
    5
  21. ޙަސަން ޢަލީ

    ގިނައިން ބޭނުންކޮށްފަ ބަހަނާ ނުދައްކާ!

    2
    10
    • ހަސްމީނަ

      މި ދަތި ދަނޑިވަޅުގައި ރައްޔިތުންނައް މަލާމާތް ކުރަނީތަ.. ރާއްޖެއަކީ މިސަރަހައްދުގައިވެސް ކަރަންޓާއި ފެން އަބަދުވެސް އަގުބޮޑު ގައުމެއް.. މިއީ ރައްޔިތުންގެ އާމްދަނީ މަދު އަދި ދިރިއުޅުމުގެ އަގު ބޮޑު އަދި އާމްދަނީގެ ތަފާތު ބޮޑު ގައުމެއް. މިހެން އޮއްވާ މި ކުރިމަތިވި ހާލަތުން ރައްޔިތުން ހަނާވަމުން ދާއިރު ތިދައްކަނީ ކޮންވާހަކައެއް. ފައިސާލިބޭނަމަ އެކަކުވެސް ނާންނާނެ ޝަކުވާ ކުރާކައް.

  22. ޖަރާ

    ނަސީމުއަތްމަތިދަތިވީތޯ. ނަފާނަސީމު

  23. އަޏިންމޯ

    ލޮކްޑައުންގައި ތިބޭ ދުވަސްތަކުގެ ކަރަންޓުބިލް ހިލޭކޮއްދޭންޖެހޭ..

    10
    1
  24. މަވާހިން

    ދިރާގުގެ ފޯނު ބިލުވެސް ހަމަ ތިހެން.. ދެން ހިތައް އަރާ ސަރުކާރައް ކޮން ލުޔެއްހޭ ރައްޔިތުންގެ މި ދަތިހާލުގައި ހޯދަދެވުނީ.. ރައީސުލް ޖުމްހޫރިއްޔާ މިކަންކަމުގެ ފިޔަވަޅު އަޅާ މިކަންކަމައް ހައްލު ހޯދަދޭން ވާހަކަ ދައްކާ ލީޑާޝިޕް ދައްކާ މަންޒަރެއް ނުފޭނޭ. ހަމަ ހުރެލާފަ ގެއްލެނީ...

    11
  25. ޢެޑްމުންޑޯ

    ބަލަ އެކުޑަކުރަން ބުނި ބައި ހިމަނާފައޭ ތިއޮތީ ، އެވަރު ނޭގޭ ބައެއްތަ ތިއީ ، 40 ޕަސެންޓް އިތުރު ނުކޮއް ކިހިނެއް ކުޑަކުރާނީ ، މިއީ އޯގާތެރި ސަރުކާރޭ

    10
  26. ސަމީހާން

    މާލޭގެ 27000 އާންމު ގޭބިޒީ ގެ އެއްމަހުގެ ޖުމްލަ ކަރަންޓް ބިލް އަރާނީ ގާތްގަނޑަކައް 3.6 މިލިޔަން ޑޮލަރު. މިވަރުކުޑަ އަދަދެއް ސަރުކާރައް އެެއްމަސް ދުވަހައަ އެންމެންނައަ ދައްކާ ނުދެވޭންވީ ކީއްވެ. އިހައް ދުވަހުވެސް ބޭރުގެ އެހީއެއްގެ ގޮތުގައި 2 މިލިޔަންޑޮލަރު ލިބުނުވާހަކަ އިވުނު.

    13
  27. ސަމްހޫދު

    ރައްޔިތުން މިދަނީ ހަމަ ބޮޑުތަނުން ޖަޒީރާވަމުން ނެތެމުން.. ދެން ރާއްޖެއައް ކިޔަންވީ އަލް ޖަޒީރާއޭ..

  28. އައިލޭންޑުސް

    އެމްޑީޕީ ސަރުކާރުން ހަނދާން ކުރާތި.. އަހަރެމެންވެސް މި ދުވަސް ހަނދާން ކުރާނަން.

  29. އަހުމަދު

    ބަލަގަލޯނުވެސްނުކަނޑާނޭއޭނަބުނިހަމަސްވާދެކޮންމިހާރުވެސްކަޑާވަރުންކަނޑާ

  30. ރަށުމީހާ

    މިރަށުގެ ބިލުތައްވީވެސް ބޮޑު މިގުރައިދޫ ގުރިހާގެއެއްގެ ބިލުބޮޑު ވީ

  31. ފުޅަށްމަތިން ބަކަރިފުއްމުން

    އެޅިހ ހާ ބަތަކަށް މުގުރި ހަ ހެޔޮ. ބަފަލެއްގެންނަން ބުއި ރީނދޫ ޒަރަރު ނޭގި އެއްނޫނެންނު އެނގި ތިބެ ދެންކަރަންޓު ބިލްބޮޑޭ ބަރަބޮލޭ ފަޅޮލޭ ތިކިޔަނީ އެއްފަ ހަރު ކަށިޖެ ހީމަވެސް ދެވަނަފަ ހަރަށް ވެސް ހަމަ އެ ހޮރަށް ބޯކޮށްޕާލީ އެއްފުޅަށް މަތިން ފުންމާލި ބަކަރި ހަތްފުޅަށްމަތިން ފުންމާނެޔޯ!