ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ހައިދަރުއާބާދުގެ ނޫހެއް ކަމުގައިވާ ޑެކާން ކްރޮނިކަލް އަށް ދެއްވާފައިވާ އިންޓަވިއުގައި ދުންޔާ ވިދާޅުވީ އިންޑިއާ އާއެކު 30 އަހަރު ވަންދެން ގާތް ގުޅުމެއް ގާއިމްކުރި ވެރިއަކީ ރައީސް މައުމޫންކަން ހަނދުމަ ކުރުމަށާއި ދަތި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭނީ އެކުވެރިން ކަމަށެވެ.

އެ ބަސްތީގަތުމުގައި ދުންޔާ ވަނީ ބައްޕާފުޅުގެ އުމުރަށާއި އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ގެއަށް ދޫކޮށްލުމަށް ސަރުކާރުގެ ކިބައިން އެދިލައްވާފައެވެ.

"ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ރައީސް މައުމޫން ކުރައްވަފާނެ ކަމަށް ގަބޫލު ނުކުރަން. ބައްޕާފުޅާއި ކޮއްކޯފުޅާއި އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން ހައްޔަރު ކޮށްފައިވާއިރު އާއިލާއަށް ދިމާވެފައިވަނީ ހިތްދަތި ހާލަތެއް " ދުންޔާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ދާދި ފަހުން ސަރުކާރުން ވަކިވެ ވަޑައިގެންފައިވާއިރު ރައީސް ޔާމީން ގެ ސަރުކާރުގައި މި ވަގުތު ހުންނެވި ރައީސް މައުމޫންގެ ހަމައެކަނި ބޭފުޅަކީ ގައްސާންއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރަށްދު

  ﷲ دعاء ކޮއްބާ ފުރަތަމަ އައުރަ ނިވާކޮއްބާ

 2. ޙަފުޞާ / މާލެ

  މައުމޫނު އިދިކޮޅުފަރާތްތަކާއެކު ބައިވެރިވި އެތަކެއް އެއްވުމެއްގައި ސަރުކާރާދެކޮޅަށް ދައްކާފަހުރި ވާހަކަތަކާ ސަރުކާރު ވައްޓާލަން ލަސްވެއްޖެކަމަށް ބުނި ބުނުމާ އިންތިޚާބު އަންނަންދެން ލަސްކުރަން ނުޖެހޭކަމަށާ މިހާރުންމިހާރަށް ސަރުކާރު ބަދަލުކުރަންވެއްޖެކަމަށާ ގޭމްޕްލޭނެއް އޮތީ ހަދާފަކަމަށާ ދާދިއަވަހަށް ޢަމަލީމަސައްކަތް ފަށާނޭކަމަށާ މާދަމާރޭ ބޮޑުހަނދުކޭތައެއް ހިފާނޭކަމަށާ ވަކިގަޑިއަކަށް މީހުން ސްޕްރީމްކޯޓުކައިރިޔަށް އެއްކުރުމާ މިހުރިމިހުރީ އާދައިގެ ކުދި ކަންތައްތަކެއްނޫނެވެ. ޝަރީޢަތަށްފަހު ކުށްނުކުރާނަމަ ދޫކޮށްލާނެއެވެ. ކުށް ސާބިތުވެއްޖެނަމަ މައުމޫނެކޭ ހަންކަނބުލޮއަކާ ތަފާތެއްނެތި އަދަބު ލިބިގަންނަން ޖެހޭނެއެވެ. އެންމެންގެމައްޗަށް ހަމަހަމައަށް ޤާނޫނު ހިންގުމަކީ އެއީއެވެ. ރައީސް ޔާމީނަށް ނިސްބަތްކޮށް މައުމޫނު އިންނެވި ޖަލްސާތަކުގައި އިދިކޮޅު އެންމެން ގޮވި ހަޑިހުތުރު އަޑުއައްސަވަން މައުމޫނު އިންނަވައެވެ.

 3. ހުސޭނުބޭ

  ވީމާ މައުމޫނު މިއީ އިންޑިޔާގެ އެޖެންޓެއްތާ!

 4. ރުޒާނާ ޗޮއްޕަޓު

  ކަމަނާގެ ބައްޕާފުޅަކީ އަޅުގަނޑުމެންވެސް ވަރަށް އިޙްތިރާމް ކުރި އަދި ވަރަށް ލޯބިވި ބޭފުޅެއް. އެކަމަކު އެއޮއް ކުރެއްވި ކަމެއްތާ ދޯ؟ އަމިއްލަ އެދުންފުޅަށްޓަކައި ގައުމަށް އެވަރު ބޮޑު ދެރައެއް ދެއްވަން އުޅުއްވަފާނެއޭ ހިތަށްވެސް ނާރާ. އެކަމަކު އެ ކުރެއްވީތާ. ވަރަށް ހިތާމަ ކުރަން.

 5. ވިސްނާ

  ދުންޔާ ބައްޕާފުޅަށް ޖަލުގަހުންނަވަން ޖެހިލެއްވީ ތިރީސްއަހަރު ވެރިކަން ކުރައްވާފަ ( ގާނޫނެއް ނުހައްދަވާ ސިފައިންނާ، ފުލުހުންގެވެރިއަކީ ބައްޕާފުޅު ކޯޓްތަކުގެ
  ފަހުބަސްވިދާޅުވެލައްވާ ފަރާތަކީ ބައްޕާފުޅު ބައްޕާފުޅުގެވެރިކަމުގެދުވަސްވަރުގައިތުހުމަތަށް
  ަިއިންސާނުން ޖަލަށްލައްވާބައްއްބޭފުޅުންގެ ތުބުޅި އުގުރާސޯސްހާކާ ބައެއްއިންސާނުން
  މަރުވެސް ވެފައިވޭ) މިކަންކަން ހިގާފައިވާއިރު އިންސާނީހައްގުތައްނުގެއްލި ބައްޕާފުޅުގެ ދިގުވެރިކަން ނިމުމުން ރީތިކޮށްގޭގައިހުންނަވަނިކޮށްނޫން ދުންޔާ އިންޑިޔާގެއެހީތެރިކަމަށް
  ގޮވާލައްވާއިރު އެގިނުލައްވާތޯ އެއީ ދުނިޔޭގެނިސްބަތުން އެންމެގިނަދީންތައް ( ގެރިއަށާ،
  އިންސާނުންނަށް އަޅުކަންކުރާ ) ރޭޕިސްޓުންގިނަ ގައުމުކަން ހިގައިގެންމިއުޅެނީނޮވެމްބަރ
  3 ނޫނޭ