ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދަން ރޭވި ބޮޑު އެއްވުމަށް ވަމުން ދިޔަ ތައްޔާރީތައް ސައިބޯނި ބޮތްކަަކަށް ވެއްޖަކަމަށް ޕީޕީއެމް އިން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބް ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދަން ރޭވި ބޮޑު އެއްވުމަށްވަމުން ދިޔަ ތައްޔާރީތައް ސައިބޯނި ބޮތްކަަކަށް ވެއްޖަކަމަށާއި، ރާއްްޖެ ތެރެއިން މީހުން ގެންނަން ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާކަަމަށެވެ.

"މާގިނަ މީހަކު ނާދޭ ދެން ދަތުރުވަރެއްގައި މާލެއަށް އައި ހަތަރު ފަސް މީހަކި ނާންނަ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީކީ". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ފުލުހުންނާއި ސަފައިން އަދި ސަރުކާރުގެ ފަރާތުން ދެމުންގެންދިޔަ ނަސޭހަތް ރައްޔިތުން އަހައިފި ކަަމަށެވެ.

އިތުރަށް އަދުރޭ ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މިއަދުގެ ހުކުރު ހުތުބާ ކަމުނުދާކަމަށް ބުނީ ރައީސް ޔާމީންގެ ވާހަކަ އޭގެ ހިމެނޭތީކަމަށް ބުނި ނަމަވެސް، އެ ހުތުބާގައި ރައީސް ޔާމީންގެ ވާހަކައެއް ދައްކާފައި ނުވާ ކަަމަށެވެ.

"ހުތުބާގައި ދެއްކީ އިސްލާމްދީނުގައި ހުރި ކަންތައްތަކެއްގެ ވާހަކަ. ކީރިތި ގުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ހަދީސްފުޅުތަކުގެ އަލީގައި ހުތުބާގައި ލިޔެފައި ހުރި ވާހަކަތަކެއް ލިޔެފައި ހުރީ". އަދުރޭ ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އެމްޑީޕީ ވުޖޫދުވުމަށްފަހުގައި އެމްޑީޕީން މަގުމަތީގައި އަތުރާލަން ޖައްސަމުންދާ ސްޓަންޓުތައް އިނގޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވަނީ އާއްމު ނިކަމެތި ރައްޔިތަކު ޖަލު ގޮޅިއަށްދޫކޮށްލާފައި ވެރިން ގޮތުގައި ތިބޭ މީހުން އަރާމްކޮށް ދާން ތަކުގައި ނިދަން ތިބޭތަން ކަމަށެވެ.

''މީގެ ކުރީގެ ހުރިހާ މުޒާހަރާތަކެއްގައިވެސް އެމްޑީޕީ ވެރިން އެންމެ ފަހުގަޑީގައި ފިލާނެ. އަދި ނަތީއްޖާ ނުކުންނަނީ އާއްމު ނިކަމެތި ރައްޔިތުން މީހާ ޖަލަށްދާ ގޮތަށް"، ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފިޑިބައެއްތީ..

    ތިވެރިންނަށް ހަޖަމް ނުވެގެން ފެށުނަވެސް ނުދިނީތާ... ނިކަން ކެރެންޏާ ޖަލްސާއެއް ބާއްވަން ބޮޑުތަނެއްދީބަލަ... ތިޕިންކީސް ލަދުގަންނަވާލާނަން.

    • މިއީ އަހަރެމެންގެ ގައުމު މިގައުމަށް ހެޔޮވާގޮތަށް މިގައުމުގެ ސަލާމަތީ ބާރުތަކުން ކަންތައްތައްކުރާނީ

  2. ސިފައިން ގިޔަރުގައި އައިސް ފޮޅާލަކަމައް ވާނަމަ ބަޔަކުނުދަާނެ އަދި ކުރަނީވެސް 12 އަހަރު ޖަލުހުކުމް

  3. އަލީ ހުސޭނާ ކަލޭ ރޮގަ. އެކަމަކު މަމެން ނުދާނަން. މަމެންގެ ގައުމުގެ އަމާންކަން މަމެންނަށް ވަރަށް މުހިންމު

  4. ތަމެން އައްޑޫ ނިޒާރު މެން ފަދަ ދަ ކަންޓްރީ ސައިޑް ސްޕެޝަލީ ސައުތު ސައުތު ކަންޓްރީ ސައިޑޭ މެން ދައްކާ ވާހަކަ ތަކަށް ހެއްލޭނެ މީހަކު މިފުރަ މާލެ އަކުން ނުވާނެއޭ ތަމެން ޖެހޭނީ ތިޔާ ކަން ހަނދާން ނައްތާލާ ފުރަތަމަ ތަމެންގެ ރަށުގައި ތިބި ޑްރަގް ލޯރޑުން ހިފާ ހައްޔަރު ކުރެވޭތޯ ބެލިއްޔާ މާ ތާހިރުވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ.

  5. ކަލޭމެން ހަޖަމް ނުވެެގެން ބާރުގެ ބޭނުން ކުރީތާ. ނިކަން ޗާންސެއް ދީބަލަ ކުޅިދައްކާލާނަން.

  6. ރައީސް ޔާމީން ރައްޔިތުން ނަށާއި އިސްރައްވެހިން ނަށާއި ދިވެހި ގައުމުގެ ޒުވާނުންނަށް ކޮއްދެއްވާ ކަންކަން ހަޖަމުނުވެގެން ތިއުޅެނި ??? އެމްޑީޕީ މީހުންނަށް ކިތައްމެ ވަރެއް ކުރިުަސް ރައީސް ޔާމީން ވެރިކަމުގެ 5އަހަރު ހަމަކުރާނެ އިރާދުކުރެއްވިޔާ އަދި 2018 ބާއްވާ ރިޔާސީއިންތިހާބުވެސް ކާމިޔާބުކުރައްވާނެ އިންޝާﷲ ސާބާސް ރައީސް ޔާމީން ތިކުރައްވާ ހިއްވަރަށް ????ތި ހަމަ ބެސްޓު ރަޢީސް ޔާމީން

  7. އީދީކޮޅު މުޒާހަރާ ވެގެން މީދީޔައީ ޖަމަލު ފޮޑީއައް..

  8. .ބައިގިނަކަން ދައްކާލާނީ ވޯޓުން. .ޔާމީން އަދި ނަޝީދެއްވެސް ނުހޮވޭނެ ހޮވޭނީ މުޅިން އެހެންމީހެއް.

  9. އެކައްޗެއްވެސް އިނގޭތަ؟ އެއްވުމަށް ދިޔައިންތަ؟ 1000 ވަރަކަށް ރައްޔިތުން ދިޔައޭ! ގުނަން ދަސްކޮށްބަލަ!

    • ތީހަމަ ބުހުތާނު ދޮގު. އަޅުގަނޑުގެ ގެޔަކީ މޑޕ ޖަގަހަޔާ ވަރަށް ކައިރި. މީހުން އިހުތިޖާޖު ކުރަން އެއްވި އެކަން ދޮގު ކުރާކަށް ނެތިން. ބަޓް އަ 1000 ޕުރޮޓެސްޓާސް. ދެޓް މައި ފްރެންޑް އިޒް އަ ހޯކްސް އެންޑް ޕިޔޯ އެގްޒެޖަރޭޭޝަން އެންޑް އަ ފެބްރިކޭޓަޑް ލައި.އިންޝާﷲ ދަ ގުޑް ހޫ ޖެނުއިންލީ ވަރކް ފޯ ދަ ބެޓަރމެންޓް އޮފް އަވަރ ނޭޝަން އެންޑް އިޓްސް ޕީޕަލް ވިލް ޕްރިވެއިލް ވިކްޓޯރިއަސް ބައި ދަ ގްރޭސް އޮފް ގޯޑް އޯލް މައިޓީ ﷲ. ޕީސް މައި ބްރަދާސް އެންޑް ސިސްޓާޒް. މޭ ވީ އޯލް ސީ ބެޓަރ ޑޭޒް ބައި ދަ ގްރޭސް އިފް އޯލް މައިޓީ ﷲ.

  10. ރައީސް ނަސީދު

    މުހައްމަދު ނަސީދު ކެރެންޏާއި ނިކަން ރާއްޖެ އާދެބަލަ. ހިއްވަރެއް ނެތްކަން އެއިންގެނީ. ބޭރު ތަންތާނގަ ހުރެ ފޮނި އަނގަ ތަޅަން އެނގޭނީ އެކަލޭގެއައް

  11. އަޅުގަނޑަކީ ރައީސް ނަޝީދު ގެ ވެރިކަން ވައްޓާލާ، މުޒާހަރާ ތަކަށް ނުކުމެ ރައީސް ޔާމީން ހޮއްވަވަން ވަރަށް މަސައްކައި ކުރި މީހެއް،.
    އެކަމަކު ދެނެއް އަޅުގަނޑު އަދި އަޅުގަނޑު ގެ ޢާއިލާ ވެސް ރައިސް ޔާމީން އަކަަށް ވޯޓް އެއް ދެވޭކަށް ނެތް....

  12. ސައިބޯނި ބޮކީގެ ހާލުގަ މިހާރު ތިބި މީހުން އެކަކަށް ވެސް ނޯޅޭނެ. ކޮންމެ ދުވަހަކު ނޫސްވެރިން ގެންގޮދް ފިތުނަފަސާދަ އުފެދޭފަދަ ވާހަކަ ދައްކާނި އެކަހަލަ މީހުން. މިސާލަކަށް އަދުރޭ ކަދުރޭ ބަނަސްބެ ބަތްޕެންބެ..