ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަވީރު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

އެމަނިކުފާނު ގައުމާއި މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 17:30 ގައެވެ.

ރައީސް ޤައުމާއި މުޚާތަބު ކުރައްވާނެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެމަނިކުފާނު ގައުމާއި މުހާތަބު ކުރައްވަނީ ކޮވިޑް-19އާ ގުޅިގެން ކަމަށެވެ.

ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާއިރު އެމަނިކުފާނު ވަނީ މިދިޔަ މަހުގެ 23 ވަނަ ވަނަ ދުވަހުގެ ރޭވެސް ގައުމާއި މުހާތަބު ކުރައްވާފައެވެ. އެރޭ ރައީސް ގައުމާއި މުހާތަބު ކުރައްވާފައި ވަނީ، ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެންނެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 15 ވަނަ ދުވަހުވެސް ރައީސް ވަނީ ކޮވިޑް-19 އާ ގުޅިގެން ގައުމާއި މުހާތަބު ކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 527 އަށް ވަނީ އަރާފައެވެ. އަދި އެ ބަަލި ޖެހުނު 18 މީހަކު ރަނގަޅުވެފައިވާއިރު، އެ ބަލި ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާދިރާ

    ހެޔޮ ތިކަން ނުކުރިޔަސް. ބޭކާރު.

    27
    2
  2. މާމީ

    ވަގުތު ފާއިތު ވެއްޖެ. ދެންދައްކާނެ ވާހަކައެއް ނެއް.

    15
  3. ވަކިންވީ

    ބޮއްސުންލީ ދެއްތޯ

    15
  4. ކާފަބޭ2020

    މިބޭޅުންނަށް އަޅެފަހެމެންދުރުފަސްނުވަނީސް ގައުމާމުޚާތަބު ކޮށްލާނެވަގުތެއްވެސްނުވަނީތަ! ނޫނީ މެންދުރުފަސްނުވަނީސް މޫނުދެއްކުންމަނާކޮށްފައޮތީތަ! ކިތަންމެވަރަށްފިލަންއުޅުނަސް