މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގައި (އެމްއޭސީއެލް)ގެ ސޭފްޓީ އެންޑް ކޮޕްލައިންސްގެ ޑެޕުޔިޓީ ޗީފް އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ މުހައްމަދު ޞާލިޙް މިއަދު އަވަހާރަވެއްޖެއެވެ.

ޞާލިޙް އަވަހާރަވީ ހާލުކޮޅު ގޯސްވެގެން ރޭ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނެވެ.

އުމުރުން 63 އަހަރުގައި ޞާލިޙް އަވަހާރަވިއިރު، އޭނާައަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

އެއާޓްރެފިކް ކޮންޓްރޯލަރުން ޓްރެއިނިންއަށް ބެންގކޮކްގައި އެއް އަހަރުގެ ޓްރެއިނިންގ ހަދާފައި އައިސް، އެއާޕޯޓުގައި މަސައްކަތް ކުރަން ފެށިގޮތަށް ހުއްޓުމެއް ނެތި 41 އަހަރު ވަންދެން އެއާޕޯޓުގައި ވަޒީފާ އަދާކުރެއްވި ޞާލިޙް އަކީ އެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ޞާލިޙް އެއާޕޯޓުގައި ވަޒީފާ އަދާ ކުރަން ފެއްޓެވީ 6 އޮކްޓޯބަރު 1979 ގައެވެ.

ޞާލިޙް ޓްރެއިނިންގ ނިންމާފައި އައިސް އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައި ވަނީ އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ގޮތުގައެވެ.

ޞާލިޙްއަކީ އެއާޕޯޓްގެ ތަރައްގީގައި ވަރަށް ގިނަ މަސައްކަތްތައް ކުރި ބޭފުޅެކެވެ. އެއާޕޯޓްގެ އާ ޓަވަރު އެޅުމުގައާއި، ރާޑަރތައް ގެނެސް އަދި އެ ނޫންވެސް ކަންކަމުގައި ޞާލިޙްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޗާރާ

    މާތްﷲ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. މިތިބީ ގައުމީ އަބްތާލުންނަކީ. ގައުމަށްޓަކައި ވަތަނަށްޓަކައި ޖާނު ދުއްވާލާ މީހުންނަކީ. ސެލިއުޓްކުރަންވީ މިފަދަ ހިތްވަރުގަދަ ހިތްމަތްތެރި ހީވާ ބޭފުޅުންނަށް. މަގުމަތީގައި ލަޓޯފަޓޯ ހެދިފައި އަކުންބަކުން ކުޅެން އުޅެފައި ނާޗާރުބިޗާރުވެގެން ބާރަށް ހަޅޭއްލަވަމުން ގޮސް ސިޔާސީ މޮޔައަކަށްވެގެން ސިޔާސީ މަގާމުތަކަށް އަންނަ މުރައްކަބުޖާހިލުންނަކަށް ނޫން.

    55
  2. އަހުމަދު

    ވަ ރަށް ހިއްހެޔޮ ރަނގަޅު ވެ ރިއެއް.