އިދިކޮޅު ފަރާތް ތަކުން ކޮންމެ އަހަރަކުވެސް މޭޑޭ މުޒާހަރާއަށް ނިކުންނަ އިރު މިފަހަރު މޭޑޭ މުޒާހަރާއަށް ނިކުންނާނެ ބަޔަކު ނުވި ކަމަށް ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް މޭޑޭ އަކީ އިދިކޮޅުން ކޮންމެވެސް ކަހަލަ މަގުމަތީ ހަރަކާތެއް ހިންގާ އަހަރެކެވެ. ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަތް އިދިކޮޅު ފަރާތްތަށް އޮތީ ވަރަށް ބޮޑަށް މި ފަހަރު ހިމޭން ވެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން ކޮންމެ އަހަރަކުވެސް މޭޑޭ މުޒާހަރާއަށް ނިކުންނަ އިރު މިފަހަރު މޭޑޭ މުޒާހަރާއަށް ނިކުންނާނެ ބަޔަކު ނުވީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ރާއްޖޭގެ ތަރައްގީވަމުން މިދާ ސްޕީޑަށް ބައްލަވާފައި ދެން އިތުރަށް ނިކުމެ މުޒާހަރާކުރާނެ ރައްޔިތުންނެއް ދެން ނުވާނެކަން އިދިކޮޅު ފަރާތް ތަކަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

" އެބަ ފެނޭ ދުވަހެއް ދުވަހަކަށް އިދިކޮޅު ޖަލްސާތަކަށް މީހުންދާ މިންވަރު މަދުވަމުންދާ މަންޒަރު. އަސްލު ހަގީގަތުގައި ރައްޔިތުން މިއަދު ބޭނުންމެއް ނުވޭ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން" ޖަމީލް އުސްމާން ވިދާޅުވިއެވެ.

މިގެކުރިން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުވެސް މޭޑޭ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތައް ފުރާލާފައިވެއެވެ. ނަމަވެސް ސަރުކާރު ވައްޓާލަން ދިމާކުރުމުން މުޒާހަރާ ވަނީ ރޫޅާލާފައެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ އެއް ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އެދުވަސް ބަންދު ދުވަހެއް ގޮތުގައި ހަމަޖެއްސީ ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަކަށްވާތީ އާއި، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ރާއްޖޭގެ އެކިފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މެއި މަހުގެ އެއް ވަނަ ދުވަހަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ރަސްމީ ބަންދު ދުވަހެކެވެ. އަދި އެދުވަސް ވެފައިވަނީ މައްސަކަތްތެރިންގެ އެމީހުންގެ ހައްގުތަށް ހޯދަން ބޮޑެތި މުޒާހަރާތަކެއް ކުރާ ދުވަހެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަފުޞާ / މާލެ

    ތިމަރަފުށިގޮނޑިން ބަންޑުން ވެއްޓުނު މުޞްޠަފާ ބުނި މިފަހަރުގެ މޭޑޭގައި ތިރީސްހާސް ނުކުންނާނެޔޭ!

  2. ހައިހޫނު

    ތިމަރަމުސްތަފާ އެހެދީތެދު ތިރީސްހާސްހިނި އެދުވަހު ހޮރުންނިކުތް.