ތ. މަޑިފުށީގައި ރުކަކުން ވެއްޓި މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ދިވެއްސެކެވެ. ނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ހަސަން ފަޔާޒް ކަމަށް އެރަށު ކައުންސިލުން "ވަގުތު" އަށް ވަނީ ވިދާޅުވެފައެވެ.

އެ މީހާ ރުކުން ވެއްޓުނީ މިއަދު 14:00 ހާއިރު ކަމަށް އެރަށު ކައުންސިލުގެ ރައީސް އިސްމާއިލް ހިލްމީ ވަނީ ވިދާޅުވެފައެވެ.

ހިލްމީ ވިދާޅުވިގޮތުގައި، އެ މީހާ ވެއްޓިފައި ވަނީ އެރަށު ބަނދަރު ސަރަހައްދުގައި ހުންނަ ގާތްގަނޑަކަށް 50 ފޫޓާއި 60 ފޫޓު ދިގުމިނުގައި ހުންނަ ރުކަކުންނެވެ. އޭނާ އެ ރުކުން ވެއްޓުމުން ގެންދިޔައީ އެރަށު ސިއްހީ މަރުކަޒަށް ކަމަށާއި، އެ މީހާ ނިޔާވީ އެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހިލްމީ ވިދާޅުވިއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި ރުކަކަށް އަރާ އުޅުނު ފިރިހެނަކު ރުކުން ވެއްޓިފައިވާ ކަަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ އެރަށު ސިއްހީ މަރުކަަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުހައްމަދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    69
    1
  2. ސިޒޫ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    55
    1
  3. މާމިގިލީ މީހާ

    ސަހީދު މަރެއްތީ. މާތްﷲ މިމަރުހޫމާޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ، އެ އާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން.

    39
    3
  4. މާމިގިލީ މީހާ

    ސަހީދު މަރެއްތީ. މާތްﷲ މިމަރުހޫމާޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ، އެ އާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން..

    22
    4
  5. ާައަލީ

    މަރުހޫމަށް ސުވަރުގޭގެދާއިމީ ނިއުމަށް މިންވަރު ކުރަށް ވާށި

    45
  6. ސޭޙް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  7. ލައިލާ

    މިމީހާ ކޮވިޑަށް ޓެސްޓް ނުކުރޭތަ؟

    7
    7
  8. ޙަގސގ

    ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި..އާމީން..