ރާއްޖޭގެ އެއްވެސް ނޫހަކަށް އަދި ރާއްޖެއަށް ނިސްބަތްވާ ވެބްސައިޓަކަށް ކުރިން ނުލިބޭވަރުގެ ކުރިއެރުމެއް ވެބްސައިޓްތަކުގެ ރޭންކިންގައި "ވަގުތު" އަށް ލިބިއްޖެއެވެ.

"ސިމިލާވެބް" ގެ ރޭންކިން ދައްކާ ގޮތުން މިހާރު "ވަގުތު" އަކީ ހަތަރު ވަނަ އަށް އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓެވެ. އަދި މިހާރު ވެސް އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓެވެ.

"ވަގުތު" އަށް ވުރެ ގިނައިން ދިވެހިން ވަންނަން ވެބްސައިޓްތަކަކީ ގޫގުލް، ޔޫޓިއުބް އަދި ފޭސްބުކެވެ. މި ތިން ވެބްސައިޓަށް ފަހު ދެން އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓަކީ "ވަގުތު" އެވެ.

މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެބްސައިޓަކަށް ހަތަރު ވަނަ އަށް ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓްގެ މަގާމު ލިބިފައެއް ނުވެއެވެ. ނަމަވެސް މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ފަސް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓްގެ މަގާމު "މިހާރު" ނޫހަށް ލިބުނެވެ.

"ވަގުތު" އިން ފަސް ވަނަ އަށް ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓްގެ ގޮތުގައި އޮންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

"ވަގުތު" އަކީ އެންމެ އަވަހަށް ކިޔުންތެރިންނަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެވެ. މިހާރު ދުވާލަކު އެވްރެޖްކޮށް ދެލައްކަ އަށް ވުރެ ގިނަ މީހުން "ވަގުތު" ވެބްސައިޓަށް ޒިޔާރަތް ކުރެއެވެ.

މިހާރު ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓްތަކަށް ބަލާއިރު މިހާރު ނޫސް އޮތީ ރޭންކިންގެ ހަވަނައިގައެވެ. ސަން އޮންލައިން ދިހަ ވަނައިގައި އޮތް އިރު އަވަސް އޮތީ 11 ވަނައިގައެވެ. 26 ވަނަ ރާއްޖެ އެމްވީ އަށް ލިބޭއިރު 29 ވަނައިގައި އޮތީ މިއަހަރު ޚަބަރުތައް ގެނެސްދޭން ފެށި ދެން އޮންލައިން އެވެ. 34 ވަނަ ސީއެންއެމް އަށް ލިބޭއިރު 35 ވަނަ ލިބެނީ މިއަދު ނޫހަށެވެ. ވަން އޮންލައިން އޮތީ 41 ވަނައިގައެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ނޫހެއް އެންމެ ގިނައިން ދިވެހިން ޒިޔާރަތް ކުރާ 50 ވެބްސައިޓްގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    ސާބަހޭ އެންމެންގެ ވަގުތު

    97
    17
  2. އައި

    ސާބަހޭ ތި ވަރެއް ހަމަ ނެތް......ހީވާގި މެނޭޖްމަންޓް ހުރިހާ ސްޓާފުން ފަށްފަށުން ޝުކުރިއްޔާ؟؟؟

    71
    11
  3. ހަމަހަމަ ކަމާއި ތެދުވެރިކަން

    ވަކިކޮޅަކަށް ވަކިކުލަޔަ ކަށް ނުބަލައި ތެދުވެރި ކަމާއިއެކު މަސައްކަތް ކުރާކަމުގައި ވަނީނަމަ މާﷲ ކާމިޔާބާއި ކުރިއެރުން ދެއްވާނެއެވެ. ކުރިޔަށް އޮތްދުވަސް ތަކުގައި "ވަގުތު"ގެ ނޫސްވެރިންނަށް މާތްﷲ ތާއަބަދުމެ ކާމިޔާބާއި ކުރިއެރުން ދެއްވާށި އާމީން

    80
    16
  4. ހުޅުމީހާ

    ވަގުތު ނޫސް ބަރާބަރު ، ދިވެހީންގެ ނޫސް މުސްލިމުންގެ ނޫސް

    68
    18
  5. ވަގުތު ފޭން

    ވަގުތު މީ ހަމަ 1 ވަނަ

    73
    19
  6. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    " ވަޤުތު " ނޫހުގެ ހިންގުންތެރި މެނޭޖްމެންޓަށާއި މުރާލި ނޫސްވެރިންނަށް އައްސަރިބަހާއި ސާބަސް ވެދުން ކުރަމެވެ.

    62
    14
  7. ހުވަދު އަތޮޅުން: ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙްމަދު އާބެ

    ވަގުތު ނޫހަށް އަދަށްވުރެން ފެހި މާދަމާއެއް ދައްކަވާށިއެވެ. ކުރިއަށް ވަގުތު ނޫސް

    56
    13
  8. ޖދސސސސ

    ބޮޓުން ބޭުނުން ކޮށްގެން ހިޓުސް ހެދޭނެ ބޭނުން ވަރަކަށް... ކޮސް ނުގޮވަ..އަމިއްލަ ހަބަރު އަމިއްލަ ކޮމެންޓުކޮށްލަ ކޮށްލަ ތިޔަ ތިބެނީ..

    33
    51
    • ހށނރ

      ތީވެސް ވަގުތުން އަމިއްލައަށް ކޮއްފައި އޮތް ކޮމެންޓެއް؟ މޮޔަ ގޮވުނުމީހާ އެނގިއްޖެ؟

      22
      13
    • އަބްދުއްލަޠީފު

      ދޮގެއްވެސްނޫން. ދެން އެހެން އޮންލައިން ނޫސްތަކަށްވެސް ހަމަ އެފުރުޞަތު އޮންނާނެނު. ހިތުން މޮޅު އެއްޗެއްބުނެލާނަމޭ ހިތާ ދޯ ތިއުޅުނީ؟ ހަހަހަހހަހަަަހަަހަަަަހަހހހަަހހަަަަ ޕަކާސް. ހަމަ ވަގުތު ވަރެއް ނެތް.

      8
      7
  9. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    - ވަގުތު ނޫސް ވުޖޫދުވީއްސުރެން ވެސް އަޅުގަނޑުމެންނަކީ ވަގުތު ނޫހުގެ ޚަބަރުތައް ތާޒާކަމާއެކު ގެނެސްދޭކަމުންނާއި ، ދިވެހި ބަހުގެ ހަމަތަކާއި ޤަވާޢިދުތައް ހިފަހައްޓަން ވަގުތު ނޫހުގެ މެނޭޖްމެންޓާއި ނޫސްވެރިން މަސައްކަތް ކުރަމުންދިޔުމާއެކު ވަގުތު ނޫހަށް ވަރަށް ބޮޑަށް ތަރުޙީބުދޭ ބަޔަކީމުއެވެ. ވަގުތު ނޫހުން ނިކަމެތި ދިވެހިރައްޔިތުންނަށް އަވަސްކަމާއި ހަރުދަނާކަމާއެކު ޚަބަރުތައް ގެނެސްދެއްވާ ކަމަށްޓަކައި ޝުކުރުވެރިވަމެވެ. އަދި ވަގުތު ނޫހަށް ކުރިއެރުމާއި ފާގަތިން ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރައްވާށިއެވެ!

    40
    8
  10. އަޙްމަދު ޝިފާން ޢަބްދުލްޢަޒީޒް

    ވަގުތު ނޫހުން އަބަދުވެސް ދިވެހިރާއްޖޭގެ ނަންބަރު - 1 ގައި ހިފެހެއްޓޭތޯ ގަދައަޅައި ހިތްމަތާއިއެކު މިނަތްކުރާކަން ފާހަގަ ކުރަމެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ވަގުތު ނޫހަށް ކުރިއެރުމާއި ފާގާތިކަން މިންވަރު ކޮށްދެއްވުމެވެ.

    32
    11
  11. މީމު ޔާ

    ވަގުތު ނޫހުން ތިކުރާ މަސައްކަތައް މަރުހަބާ ވަގުތު ނޫހުގެ އެންމެހާ ނޫސްވެރިން ތި ކުރައްވާ މަސައްކަތް ތަކައް އައްސަރިބަހާއި ސުކުރު ދަންނަވްމެވެ. ސުކުރިއްޔާ

    30
    9
  12. ވަގުތީ ދުނިޔެ

    ރެޔާއި ދުވާލު ވަގުތު ނޫހުގެ މުވައްޒިފުން ވަރުބަލިކަމެއް ނެތި ކަށަވަރުކަމާއެކު ޚަބަރުތައް ތާޒާކަންމަތީ ގެނެސްދޭ ކަމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

    32
    8
  13. މީމު ޔާ

    ވަގުތު ނޫހަށް އަދަށްވުރެން ފަހި މާދަމާއަކަށް އެންމެންގެ ނޫސް ވަގުތު ނޫސް

    32
    8
  14. މަހާ ކަލަމެންޖާ

    ރާއްޖެއާއި ބޭރުގެ ޚަބަރުތަކަށް އެންމެ ތާޒާކަމާއެކު ފޯރުކޮށްދެނީ ވަގުތު ނޫހުން ކަމާއިމެދު ކުޑަވެސް ޝައްކެތް ނެތެވެ. ވަގުތަށް ފާގަތި މުސްތަޤްބަލެއް ދެއްވާށިއެވެ!

    34
    9
  15. ޓަކިބޭ ދައިތަ

    ވަގުތަކީ މިދީބުގެ އެއްވަނަ ނޫސް ކަމަށްވުމީ ލިބުނު އުފަލެއް

    21
    6
  16. އަންދާ ޤާނޫނު

    ޤާނޫނު ހަދާ މަޖިލީހުގެ ޚަބަރުތަކާއި ދައުލަތުގެ ނޫސްކޮންފަރެންސްތަކުގެ ޚަބަރުތަކާއި ޝަރްޢީ ނިޒާމުންދޭ ޚަބަރުތައް ރައްޔިތުންނާއި ހަމައަށް ހޫނު ޚަބަރު ގެނެސްދޭ ކަމަށްޓަކައި ވެދުން ދަންނަވަމެވެ. ވަގުތު ނޫހަށް ކުރިއެރުމަށް އެދެމެވެ.

    20
    6
  17. މިނިކާ ދައިތަ

    ސާބަހޭ ވަގުތު ނޫސް. ސާބަހޭ ވަގުތު ނޫސް. ކުރިއަށް ވަޑައިގަންނަވާ. ބާރަށް ކުރިއަށް.

    20
    7
  18. ޖިންނި

    އަޅުގަނޑު ބުނާނީ ވަގުތުން ވަރަށްގިނަ ފަހަރު ދޮގު މަައުލޫމާތު ފަތުރާފައިވޭ. މިފަދަ ކަންކަން ނުކުރުމައް ނަސޭހައިތެރިވަން. އޭރުން އަދި މާބޮޑައް ވެސް ކުރި އަރައި ދާނެކަން ޔަގީން. ރައްޔިތުން ޔަގީންކަން ކަށަވަރުވީ ދުވަހަކުން ވަގުތު މީހުންނައް ކުރި އަރައި ދެވޭނެ. ވީމާ ތެދު ހަބަރު ލިޔުމައް އާދަކުރައްވާ. އޭރުން ?

    13
    26
  19. އިސްލާހަށް އެދި

    ވަގުތު ނޫހަށް އަދަށްވު ރެ ފަހި މާދަމާއަކަށް އެދެން.
    ބައެއް ފަހަ ރު، ފު ރަތަމަ ހުޅުވާލާވަގުތު ފުލްސްކު ރީނަށް އިސްތިހާ ރު އަ ރާފައި ގިނައި ރުވާތީ ވަ ރަށް އުނދަގޫވޭ!(ފޯނުން)

    22
    7
  20. މިވަގުތު

    ރާއްޖޭގައި މިހާތަނައް އެންމެ ގިނަ ދޮގު ހަބަރު ފެރުތި ނޫހަކައްވެސް ވަގުތު ވާނެ

    19
    29
    • Anonymous

      ކޮސްވާހަކަ ނުދައްކާ

      8
      10
  21. ާއަނިޔާދު

    ޢަލްޙަމްދުލިﷲ. ތިޔައީ ހިއްވަރާއެކު ތެދުވެރިކަމާއެކު ކުރެވުނު ބުރަ މިންނަތް މަސަތްކަތުގެ ފޮނި މޭވާ. ފޮނިކަމާއި ކިބުރުވުވެރިކަން ދޫކޮއް ތިޔަގޮތުގަ ކުރިޔައް ދެވެޔޭތޯބަލާށެވެ.

    22
    7
    • މީ

      މާޝާﷲ

      9
      2
  22. ޭހާލުގެ ދުލުން

    ތަޙުނިޔާ ވަގުތު ނޫހުގެ ހުރިހާ ނޫސްވެރިންނަށް ކާމިޔާބަކީ ހިތްވަރާއެކު މަސައްކަތް ކުރާ މީހުންގެ ޙައްޤެއް

    8
    5
  23. އާދަމް ނަބީހް ބިން ސަޢީދް

    ވަގުތުގެ އެންމެހާ ހިންގުންތެރީން ނާއި ނޫސްވެރިންނަށް މަރުޚަބާ. ދަންނައެ.
    ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި މަލާމާތް ކުރުމުން އެއްކިބާވެގަނެ ސަލާމަތްތެރި ހިތަކާއިގެން ޢާއްމުން ނަށް އިންސާފުވެރި ތެދު ޚަބަރުތައް ކުރިޔައް އޮތް ތަނުގައި ވެސް ގެނެސްދޭނެ ކަމައް އުންމީދު ކުރަމެެވެ.
    ނޫސްވެރިން ނަށް ދޭން އޮތް ހެޔޮ ނަސޭހަތަކީ
    ނަމީމާތަކާއި ޔޯލަ ވާހަކަތައް ޝާޢިރު ނުކޮށް ޚަބަރުގެ ދޮގު ތެދު އޮތް މިންވަރު ވަޒަން ކޮށް ނުދަންނަ ޚަބަރުތަކުން ބަރީޢަވެ ބުރަދަންހުރި ސައްޚަކަން ބޮޑު ޚަބަރުތައް ގެނެސްދިނުމެވެ. މިކަން އެންމެހާ ބޭކަލުން ދަންނާށެވެ.
    އަދިވެސް ބައިވަރު ވާހަަކަ ހިތުތެރޭގައި ވެއެވެ. އެެހެނަސް ވަގުތު ގެ އަގަށް އިޚްތިރާމް ކުރުމުގެ ގޮތުން އެ ވާހަކަތައް އެއްފަރާތް ކޮއް ވަގުތު ނޫހައް ފާގަތިކަން އެދެމުން ވަކިވެލަމެެެވެ.
    ޝުކުރިއްޔާ. ވައްސަލާމް.

    8
    4
  24. ދިވެހިން

    ވަގުތު ނޫހަކީ އެންމެއަވަހަށް ޚަބަރާއިމައުލޫމާތު ދިވެހިންނަށް
    ގެނެސްދޭ އޮންލައިންނޫހެވެ އަދި ވަކިފަރާތަކަށް ބުރަނުވެ
    ނުފޫޒެއްނެތި ސީދާ ބަސްމަގު ފާޅުކުރުމަކީ އެތައްގޮތަކުން
    ވަގުތުނޫހުގެ އުފެއްދުންތެރިކަން އިތުރުވެގެންދާ ކަމެކެވެ
    ވަގުތުގެ މެނޭޖްމަންޓަށާއި ލިޔުންތެރިންނަށް ހައްގުވެގެން
    ވަނީ ސުކުރާއި ތައުރީފެވެ.

    8
    4
  25. މީ އަހުރެން

    މަރުހަބާ

    11
    4
  26. މިހާރު

    ވަގުތު ގަދަ! މިހާރު އަކީ މިހާރު "ހާރު"، މުޅިން ލަސްވެ އަދި ސްލޯ ވެެއްޖެ!

    5
    3
  27. އަރެންގެ ވަގުތު

    އްހަރެންވެސް މިހާރު ލެޕުގަ އަބަދުވެސް "ވަގުތު" ނޫސް ހުޅުވާފަ ބައިންދަނީ، ދުވާލަކު 7 ވަރަކަށް ފަހަރު ރިފުރެޝް ކޮށްލެެެވޭ، ހުރިހާ ހެޑްލްއިނެއް ކިޔޭ، މުހިންމު ޚަބަރުތައް ކިޔޭ،

    3
    1
  28. އަހަންމަދޭ

    ސާބަހޭ ޓީމު!

  29. މީހާ

    އަޅުގަނޑަކީ 17 އަހަރުގެ ކުއްޖަކީމެވެ.އަޅުގަނޑު ވަގުތު ގެ ނޫސް ވެރިއެއް ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވަމެވެ. ސެލެރީ ނުލިބޭ ގޮތަށް ވެސް މިދުވަސް ކޮޅު މަސައްކަތް ކޮއްދެވިދާނެއެވެ.
    ޝުކުރިއްޔާ!

  30. ވިސްނާ

    ހެޔޮނިޔަތުގައި ތެދުވެރިކަމާއެކު ކުރާކަންކަމުގައި މާތްﷲ ބަރަކާތްލައްވާނެ
    އެކަމުގެ ހެއްކެތްވަގުތުނޫހަށްލިބުނުކަމަށްދެކެން މިހެންދެކެންޖެހުނީ ރާއްޖެއާ
    ރާއްޖޭންބޭރުޚަބަރުތައް އަދި ކޮމެންޓްތައްޖެއްސެވުމުގައިވެސް ސިޔާސީވެލައްވާފައިވާކަމަށް ނުފެންނާތީ އަދި ބުރައުފުއްލަވާތާޒާކަމާއެކު ރަށްޔިތުންނަށް މަޢުލޫމާތުގެނެސްދެއްވާތީ މަރުޙަބާ ވަގުތުނޫހުގެ އެންމެހާ
    ބޭފުޅުންނަށް ތިގޮތުގައި ދެމިތިއްބަވާ ﷲ ގެ ރަޙުމަތްފުޅު ލިބޭނެ ހިގާ
    ކަމެއްގެގޯސްކަން ބަޔާންކޮށްދެއްވުމަކީ ސިޔާސީވުމެއްނޫން އެއީ ގޯސްކަންތައް ރަަގަޅުކުރުމަށް އެޅޭބާރެއްކަން ހަނދުމަފުޅުބަހައްޓަވާ