ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފެކެވެ.
އެ ކުންފުނީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ ކުންފުނީގެ ވިލިނގިލި އޮޕަރޭޝަންގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް ކަަމަށެވެ.
އޭނާ ކޮވިޑް19 އަށް ފައްސިވިކަން ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދިއުމުން އޭނާ ބައްޔަށް ޓެސްޓުކުރުމުންނެވެ. އޭނާ ފްލޫ ކްލިނިކަށް ދައްކަން ދިޔައީ ރޭގެ ވަގުތެއްގައެވެ.
އެ އޮފިޝަލް ވިދާޅުވީ، ފައްސިވެފައި ވަނީ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޓާމިނަލްގައި ފުރަބަންދުގައި ހުރި މުވައްޒަފެއް ކަމަށެވެ.
"އޭނާ ފައްސިވި ގޮތެއް އަދި ނޭނގެ، ކޮންޓެކްޓް ޓްރޭސިންގއެއް ހެދީމަ އިނގޭނީ،". އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގޭގައި ހުއްޓާއެވެ. އަދި ރޭގެ ވަގުތެއްގައި ފްލޫ ކްލިނިކަށް ދެއްކުމުން އޭނާ، ގެއަށް ދިއުމަށް ފްލޫ ކްލިނިކުން އޭނާއަށް އެންގިއެވެ. އަދި އޭނާ ސުޕަރވައިޒަރަަށް ގުޅާފައި އެކަން ހާމަކޮށް ދިޔައީ ގެއަށް ކަމަށް "ވަގުތު" އަށް ވަނީ އެނގިފައެވެ.
އަދި އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ މިއަދު ހެނދުނު އެވެ.
އެހެންވެ މިހާރު އޭނާއެކު މަސައްކަތް ކުރަމުންދިޔަ ހަތް މުވައްޒަފަކު އައިސޮލޭޓް ކޮށްފައިވާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އަދި އެ ފެރީ ޓާމިނަލް އާއި ފެރީ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަންވެސް އޮފިޝަލް ވަނީ ފާހަގަކޮށްފައެވެ. އަދި އެ ތަނަށް އާ މުވައްޒަފުން ލައިގެން އޮޕަރޭޝަންތައް ކުރިއަށްދާނެ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 618 އަށް އަރާފައެވެ.
ދޮހޮޅި ސަރުކާރު
ބަލިވެސް މިއީ ސަރުކާރުން ، ކުރާކަމެއްތަ؟ މިންވަރަށް ޝުކުރުކުރުމާއި އަމިއްލަ ޒިންމާ އަދާކުރަންދަސްކުރަންވީ އެއްނޫންބާ؟ ކޮމެންޓް ކުރާބައެއްމީހުންގެ ބުއްދި މި ހުންނަނީ ކިހިނެއްބާ؟ ސަބަބުތަކުގައި ހިފާ ﷲ އަށް ދުއާކުރުން ގިނަކުރަންވީ ނޫންތޯ؟
ގަބޫލުކުރިޔަސް ނުކުރިޔަސް މިގައުމު ފުރަބަންދަކަށް ދާން ޑަކުޓަރުން ގޮވަގޮވާތިއްބާ އެކަން ނުކޮށް ގިނަފައިސަހޯދަން ރިސޯޓްތަކަށް މީހުން ގެނުވީ. މިގައުމު ފުރަބަންދުވީ ދުނިޔޭގެ އެންގައުމުތައް ފުރަބަންދުކޮށް މިގައުމަށް ދެން އަންނާނެ ފަތުރުވެރިއަކުނުވީމަ އަމިއްލައަށް ފުރަބަންދުވީ. މީފެންނަންހުރި ހަގީގަތް. އިޓަލީ ފަތުރުވެރިޔާ ފައްސިވިހިސާބުން ފުރަބަންދުކުރިނަމަ މިއަދު ބޮޑެތިހަރަދުތަކެއްކުރާކަށް ސަރުކާރަކަށްވެސް ނުޖެހުނީސް. އެއިރުވެސް އިނގޭ މިރާއްޖޭގަ ނެތްކަން މިގައުގެމިބަލިފެތުރިއްޖެނަމަ ފަރުވާދޭން ކޮޅުކޮޅަށް ދުވާނެހާ ޑަކުޓަރުނާއި ނަރުހުންނެއް. މިހާރު ފެތުރުނީމަ ފަރުދީޒީންމާއޭ ކިޔާ ކޮންމެމީހަކު އަނގަފުޅާކުރަނީ. މިހާލަތަށްދިޔައިމަ ރައްޔިތުން ފަރުދީ ޒިންމާ ނަގަންމިޖެހެނީ. މިހާލު ނުޖެހުނީސް ޒިންމާނަގަންތިބިމީހުން ކުރިން ނަގަންޖެހުނު ޒިންމާނެގިނަމަ. މިހާރު ޑަކުޓރުންގެ ވާހަކައިންވެސް އިނގޭ މާޔޫސްވެ މިކަމުގަ ދެން މާކަބޮޑަކަށް ކުރެވޭނެކަމެއްނެތްކަން. އެހެންނަމަވެސް ތއްޔިތުންނަށް ކޮށްދެވެން އޮތްކަމެއް ކޮށްދޭނެތާ. ޝުކުރިއްޔާ ގައުމު.
ދޯހަޅިނޫން ސަރުކާރެއް ދައްކަބަލަ. ހުސް އަމިއްލައެދުމަށް ފޯވެފަ ތިބި ބައެއް ސިޔާސީވެގެން އުޅެނީ. ރަނގަޅު އެކަކުވެސް ނެތް. އެކަންއިގެއެއްނު ވޯޓާއި ކައިރީވީމަ ދައްކާވާހަކައާއި މަގާމުލިބުނީމަ އަމަލުހުންނަގޮތް ފެނުނީމަ. ހުސް ދެބޯގެރިން