ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކައިވެންޏެއް ކޮށްފިއެވެ.

ރާއްޖޭގައި ވީޑިއޯ ކޮންފަރެންސްކޮށް ކައިވެންޏެއް ކޮށްފައި މިވަނީ މާލެއިން ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު އަދި މާލެ ސަރަހައްދު ލޮކްޑައުން ކުރަން ޖެހިދާނެ ފަދަ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ކަމަށްބުނެ ފެމެލީ ކޯޓުން މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެކުލަވާލި އުސޫލުގެ ދަށުންނެވެ.

އޮންލައިން ކޮށް ކައިވެނި ކޮށްފައިވަނީ މިއަދު ހަވީރުއެވެ. އެއީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކައިވެނި ކުރިޔަށްދިޔައިރު އެއްވެސް ވަރެއްގެ ޓެކްނިކަލް މައްސަލައެއް ކުރިމަތި ނުވާ ކަމަށް ފެމެލީ ކޯޓުން ބުްނޏެވެ.

ފެމެލީ ކޯޓުން ނެރެފައިވާ އުސޫލުގައި ކައިވެނިވާ ދެފަރާތުންނާއި ވަލީވެރިޔާއާއި ހެކިވެރިން ސޮއިކުރުމަށްފަހު ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިގްރާރު ކޯޓަށް ފޮނުވަންޖެހޭނެއެވެ.

އުސޫލުގައިވާ ގޮތުގައި ކައިވެނިވާ ފިރިހެނާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި، އެކަން ޝަރުއީ މައުޒޫނު ކަށަވަރު ކުރަންޖެހެއެވެ.