ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ބައްޕާފުޅު ޝެއިހު ހުސައިން ޔޫސުފް އަވަހާރަވެއްޖެއެވެ.
ޝެއިހު ހުސައިން ޔޫސުފް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ. ޝެއިހު ހުސައިން ޔޫސުފް އަވަހާރަވީ މިރޭގެ ވަގުތެއްގައި އިންޑިއާގައި ކަމަަށް މައުލޫމާތު ލިބެއެވެ.
ޝެއިހު ހުސައިން ޔޫސުފަކީ ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރު ކަމާއި ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާ ވަނީ ރައީސް އޮފީހުގައިވެސް ގިނަ ދުވަސްތަކެއް ވަންދެންވެސް މަސައްކަތް ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން އެންމެ ފުރަތަމަ ހައްޖަށް ފޮނުވި ޓީމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޝެއިޚް ހުސައިން އެވެ.
މަދީނާ އިން ކިޔަވާވަޑައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން ޝެއިޚް ހުސައިން ވަނީ ދަރިވަރުންނަށް ތަޢުލީމު އުނގަންނަވައި ދެއްވުމުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. މިގޮތުން ބ. ހިތާދޫގައި ޝެއިޚް ހުސައިން މަދަރުސާއެއްވެސް ހުޅުއްވައިދެއްވާފައި ވެއެވެ.
ޝެއިޚް ހުސައިން އަކީ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޕާޓީ ޕްރޮމޯޓުކޮށް މެމްބަރުން އިތުރު ކުރުމަށްވެސް މަސައްކަތް ކުރައްވާފައި ވެއެވެ.
ބ. ހިތާދޫ އަށް އުފަން ޝެއިޚް ހުސައިން އަވަހާރަވިއިރު އުމުރުފުޅުން 78 އަހަރެވެ. އަދި އަވަހާރަވިއިރު ދުނިޔޭގައި ހަތް ދަރިކަލުންނާއި އަނބިކަނބަލަކު އެބަހުންނެވިއެވެ.
މަރުހޫމްގެ ފުރާނަފުޅަށް މާތް ﷲ ގެ ހެޔޮ ރަޙުމަތް މިންވަރު ކުރެއްވުން އެދި ދުއާކުރަން...ކުރަން..
އުސްތާޒާހިސާނަށް ތަޢުޒިޔާދަންނަވަން ދުނިޔެދައް ކާޙަޤީޤަތަ ކީ ތިޔައީ މަރްޙޫމަށް ރަޙްމަތްލައްވާށި!އާމީން!
މަރްޙޫމަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ އާމީން.
وﷲاعلم
إنّاللّه وإنّاإليه راجعون.
ޝެއިޚް އަކީ ވ. ހިތްހެޔޮ ބޭފުޅެއް. މަރްޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި، ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ.
މަރުހޫމަށް ހެޔޮތަހުމަތް ލައްވާށި އާމީން ، ހިސާންގެ ވިޔާނުދާގޮތްދޫކޮށްލާ ބައްޕަ ފަދަ ހެޔޮލަފާ މީހަކަށްވާން ބޭނުންނަމަ ކެނެރީ އާއިލާޔާ ދުރަށްދާންޖެހޭ މެންބަރުކަން ލިބުމަށްފަހު ދާއިރާގެ މީހުން ގުޅިޔަސް ފޯނުނުނަގާކަން ފާހަގަކުރަން މިފުރުސަަތުގައި....