ޕީޕީއެމްގެ ހުރިހާ ވެސް އަމާޒަކީ މިހާރު ރިޔާސީ އިންތިޚާބު ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، މިހާރު ޕީޕީއެމްގެ މުޅި ފޯކަސް އޮތީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށެވެ.

ބައިނަލްއަޤުވާމީ ފްރެންޗައިސްތަކުން ރާއްޖޭގައި ޚިދުމަތް ދިނުން އިތުރުވެފައި ވާތީ އެކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ ބައިންގ ކެޕޭސިޓީ އިތުރުވެފައިވާކަމަށާއި، ގިނަ ފްރެންޗައިސްތަކުން ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާކަަމަށެވެ. އަދި ރާއްޖޭގައި ބޮލަކަށް ޖެހޭ ޖީޑީޕީ އަދަދުވެސް މަތިވެފައިވާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރުގެ ކުރިން މީހުންގެ ގާތުގައި އަހައިފިނަމަ ޕިއްޒާ ހަޓްވެސް ރާއްޖެއަކަށް ނާންނާނެ ކަމަށެވެ. އެއީ އެ މީހުންނަށް ބޭނުންވާ ކްރިޓިކަލް މާސްއެއް ރާއްޖޭގައި ނެތުމުން ކަމަށެވެ. އަދި ބައިންގ ޕަވާވެސް އެ ހިސާބަށް ނުދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

"އެކަމަކު މިދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް އަބްދުﷲ ޔާމީންކޮށްދެއްވި ކަންތައްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ސީދާ ދިރިއުޅުމާއި ގުޅިފައި ހުރި ކަންތައްތައްކުގައި ވާހަކަ މި ދަންނަވާލީ" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މީގެ ކުރިން ރަށްރަށަށް ދާތަނުން ސުވާލު ކުރަނީ ފެނާއި ނަރުދަމާގެ މައްސަލަތަކެއް ޖެހިފައި ހުރި ވާހަކަ ކަމަށެވެ. ނަމަވެސް މިހާރު އެ އަޑުތައް ނީވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގައި ހުރި އެކަން ހަމަޖެހިފައިއޭ. އެކަމަކު ބޮޑެތި އާބާދީ ހުރި ތަންތާގައި މައިގަނޑު މިކަހަކަ ކަންތައް ހުރީ ގާތްގަނޑަކަށް ހަމަޖެހިފައި. އެހެންވީމަ މިހާރު މި ބޭނުންވަނީ އޭޓީއެމްއެއް. އެއީ އިންކަމް ލިބެން ފެށީމަ ރަށްރަށުގައި ތިބެގެންވެސް ވަޒީފާތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް އިންކަމް ލިބެން ފެށީމަ މިހާރު މީހުނަށް ބޭނުންވަނީ އޭޓީއެމް މެޝިނެއް". ޒަމީރް ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ، މިދިޔަ ދުވަސްތަކަކީ ރައީސް އަބްދުﷲ ޔާމީންއަށް ދަތި ދުވަސްތަކެއް ކަމަށާއި، މިއަދަކީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ދިމާވި އެންމެ ބޮޑު ހާދިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރިދަމް

  މުޅި ފޯކަސް މިއޮތީ ރިޔާސީ އިންތިހާބަށް، ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް ޕާރޓީގެ ޑެޕިއުޓީ ލީޑަރުން ވިދާޅުވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާކަމެކޭ. ހޯއް ހޯއް އޮއޮއޯ އޮއޮއޯ އޮއޮއޯ މަމެން އެއިޓީން މޫން ސީންގް ރޭސް ޖަހަން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުން އަންނަނީއޭ. ޖަސްޓް ކޫލްޑް. ވީއާރ ޑާންސިންގް ތްރޫ ދަ ނައިޓް ޑާންސް ތްރޫ ދަ ނައިޓް. ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް،.

 2. މަހަށްދޭބަލަ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ރާކަނި މަސް ކެވުނުތޭ. ތަމެން ދެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަހަށް ދޭބަލަ ދެން.

 3. އަލްޖިބްރާ

  ހުރިހާ އަމާޒެއް އިންތޚާބަށް ކުރިއަސް ސައްހަ ވޯޓެއްލުމަށް ރައްޔިތުންނަށް ޖާގަދީފިނަމަ ޔާމީނު ބަލިވާނެ ! ކެރޭނެތަ ؟

 4. ބައްޓޭ

  ޔާގީކަން އޮތް ބަޔަކު ކީއްކުރަން ކުރާ ކަމެއްތީ؟

  • ޔޫސުބު

   ކަލޭމެންނަށް ޔަގީންކަން އޮވެގެންތަ ރައީސް ދުރުކޮށްފަ ވޯޓަށް ދާން ހާސަރު ދަމަނީ

 5. އޭއެމް

  އަމާޒުހުރީ ރަށެއްނުވަތަފަޅެއް ވިޔަސް ބޮޑުައަގުގަވިއްކާލެވޭތޯބެލުން

  • ޔޫސުބު

   ކަލޯ ވިއްކާގެންވެސް އޭގެން ރައްޔިތުންނަށް ލިބެންވާ މަންފާ ހޯދައިދޭނެ މިރައީސް...އެ ހިކުމަތްތެރިކަން މި ރައީސް ކިބައިގައި އެބަހުންނެވި....ވިއްކޭނީވެސް ވިއްކަން އެނގިގެން އަދި ގަންނާނެ މީހުންވެސް ހޯދަން އެނގޭ މީހުންނަށް....އިނގިއްޖެތަ؟

 6. ފޭލީޔާސް

  ޕީޕީއެމައް އެއްވެސް އީންތީޚާބެއް އަދީ ކާމީޔާބެއް ނުވޭ.. ދެން ކޮން އީންތީޚާބެކޭ ކީޔާކައް..

  • ދަބަދާ

   ތަމެން ރަންރީނދޫ ޓްވިޓަރޭ ބޮޑު ކުބުހާއޭ ނުކިޔާތި އިނގޭތޭ. ބަދާ ބަދާ ކަޅަ ބަދާ ވަލި ބަދާ ރަތް ބަދާ..