ކޮވިޑް-19 އާ ގުޅިގެން ރަށް ރަށަށް އެރުން މަނާކޮށްފައި އޮއްވައި، އއ. ރަސްދޫ ޓާސްކް ފޯސްގެ ހުއްދަ ނެތި އެ ރަށަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ އަށް ދޯންޏެއްގައި މަސް ކިރަން ދިޔަ ދޯނީގެ ފަޅުވެރިއަކު، ހުޅުމާލޭގައި ހުންނަ އެމީހާގެ އާއިލާ މީހުންގެ ގޭގައި އެއް ރޭ މަޑުކުރުމަށް ފަހު، ރަސްދޫ އަށް ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ރަސްދޫ އަށް ދިޔައީ އެޗްޕީއޭ އާއި ރަސްދޫ ޓާސްކް ފޯސްގެ ހުއްދަ ނެތި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ރަސްދު އަށް ދިޔަ މީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު، އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ރަށްރަށަށް އެރުން މަނާކޮށްފައި އޮއްވައި، ބައެއް މީހުން ސިއްރުން މީގެކުރިން ރަށްރަށަށް އެރި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އަދި ކަރަންޓީނަށް ދިއުމަށް ދެކޮޅު ހެދި ބައެއް މީހުންނާއި ސާމްޕަލް ދޭން ދެކޮޅު ހެދި މީހުންގެ މައްޗަށް ކޯޓު އަމުރު ނެރެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހަމަސާބަސް އަޅެމިމީހުންގެ ކަންފަތްނެތީތަ؟ ކެއްތެރިކަމުގެ ކަންފުޅެއްވެސް ހަމަނުވަނީތަ މިހާރު މޮޅުތަކެއްވެއްޖެތާދޯ އެއްމެންގެ ސަލާމަތާ ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކަށް ނޯނުލެބޭނަމަ ދެން އެމީހަކަށް ކޮންކަމެއްތޯ ކުރެވޭނީ ...

  2. ރަސްދޫ ޓާސްކްފޯސް

    ރަސްދޫ ޓާސްކްފޯސް ފެއިލްޑް . ޒިންމާ ނުނަގާ ގޭގަ ނިދާފަ ތިބެނީ.