ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް އުދަ އަރަން ފަށައިފިއެވެ.

މެޓް އޮފީހުން މިއަދު މެންދުރު ނެރުނު ހުދު ސަމާލުގައިވެސް ވަނީ ދެކުނުގެ ބައެއް ރަށްތަަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދު ހިމެނޭ ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަަމަވާނީ މިއަދު ހަވީރު 17:30 ގައެެވެ.

ގދ. މަޑެލިވި ރައްޔިތަކު "ވަގުތު" އަށް ބުނެފައި ވަނީ އެރަށަށް މިހާރު އުދަ އަރަމުން ދާ ކަމަށެވެ. އަދި މިހާރު ރަށު ތެރެއަށްވެސް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށް އެ މީހާ ބުނެފައި ވެއެވެ.

މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވާގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެން ވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

އަދި މީގެ އިތުރުން، ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.