ރާއްޖެއިން ކޮވިޑް-19 އިން ރައްކާތެރުވުމުގެ ގޮތުން ބޯޑަރު ބަންދު ކޮށްފައި އޮތް އޮތުން ޖުލައި މަހު ނިމުމަކަށް ގެނައުމަށް ވިސްނާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސިއްހީ މާހިރުންގެ ލަފައާ އިރުޝާދުތަކަށް ބަލާ، އަދި އެފަރާތްތަކުން ހުއްދަ ދީފި ކަމަށްވާ ނަމަ ޖުލަައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖުލައި މަހުގެ ތެރޭގައި ބޯޑަރު ހުޅުވާލި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅެން ދުވަސް ނަގާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސޯދަށް ހީނަރުކަން ލިބިފައި އޮތުމުންނެވެ. އެހެންކަމުން މިނިސްޓަރު ފައްޔާޒު އަންދާޒާ ކުރައްވަނީ ރާއްޖޭގެ އިގްތިސޯދާއި ފަތުރުވެރިކަން ވެސް ހަމައަކަށް އެޅުމަށް އަހަރެއް ނުވަތަ ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޓޫރިޒަމް އެނބުރި އަންނާނެ ކަމަށް. އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން ޓޫރިޒަމް އެއްކޮށް ދިޔައީ ކަމަކަށް. ވެކްސިނެއް ފެނުނަސް ޓްރީޓްމަންޓު ފެނުނަސް އަދި ވެކްސިނެއް ޓްރީޓުމަންޓެއް ނުފެނުނަސް ޓޫރިޒަމް ކޮންމެވެސް ސިފައެއްގައި ކުރިޔަށް ދާނެ. އަޅުގަނޑުމެން ދިރިއުޅޭ ގޮތް ނުވަތަ ވިޔަފާރި ކުރާ ގޮތްތަކަށް ބަދަލުތަކެއް އައިސްދާނެ. އަނބުރާ ޓޫރިޒަމްގެ ނަފާ ހޯދޭ ހިސާބަށް ދަންދެން އިގްތިސޯދު ހިފަހައްޓަންޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދައުލަތެއްގެ ހައިސިއްޔަތުން "އިންޓަވީން" ކުރަން ޖެހޭ ދަނޑިވަޅު ކަމަށެވެ. އަދި 10 ވަރަކަށް ބިލިއަންގެ ސްޓިއުމިލިއަސް އެއް ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ބޭނުންވާ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އެއީ އެތައް ހާސް ވިޔަފާރިއެއް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށާއި އަދި ވަޒީފާތައް ގެއްލިގެން ނުދިއުމަށް ބޭނުން އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓިއުމިލިއަސް ގެންނަ ގޮތުން ދައުލަތުގެ ދަރަނި ބޮޑުވެދާނެ ކަމަށާއި އަދި އިންފްލޭޝަން ރޭޓު މަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަވުމަށާއި އިގްތިސާދީ އަދި އިޖުތިމާއީ ހާލަތު އާރާސްތު ކުރުމަށް ގައުމީ ޓާސްކް ފޯސްއެއް އުފެއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.

މި ޓާސްކްފޯސްގެ މަގްސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީއަކަށް ހާސިލްވެ އިގްތިސާދީ ދުވެލި އާރާސްތު ކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޝްރޭ

    ކަލޭމެން ޕްރެޝަރ ކޮއްގެންވެސް ހުޅުވާނެ.. ކޮންޓްރޯލް ނެއްޓިފައި އޮއްވާވެސް

    46
    1
    • ފަތުހުﷲ

      މިހާރު ކޮމެންޓްތަކުން އެގެނީ ، ވައިރަސް ބައްޔައްވުރެ ފިތުނަބަލި މާ ބޮޑުހެން ، ޖަލުން ނެެރެން ގޮވަނީތަ، ކޮވިޑްގެ ވެކްސިން؟؟؟؟ ބޮޑުވަގު ނެރެން ވާނީ ކުދިކުދި ވައްކަންތަކުގެ މީހުންވެސް ނެރޭނަމަ...؟؟؟؟ މަސްވަރާކުރަން ނެރޭވަރު ވަގެއް ޖަލަކުނެތް!

  2. ސަހަރޯ

    ބޯޑަ ރު ހުޅުވިޔަސް އަންނާނެ ޓުއަ ރިސްޓުންނެއް ނުތިބޭނެ މަދު އަދަދެއް ފިޔަވާ. ހަމަ ރިސޯޓުތަކުގެ ގިނަ ތަންތަން ހުސްކޮއް އޮންނާނީ. ދެން މިތާގަ ޖެހޭނީ ދުވަސްކޮޅަކު ޖިންނި ޓޫ ރިސްޓުން ބައިތިއްބަން.

    24
    1
  3. ހުޅުލޭ ބޮޑުމީހާ

    ހުރިހާ ސިއްހީ މާހިރުން މިވަގުތު ބޯޑަރު ހުޅުވަން ދެކޮޅުހެދުމަށް އެދެން..އެކަމަކުވެސް ބޮޑުވަޒީރާއި ޖާނުން ބޮޑެތި އެހެން ބައެއް ވަޒީރުންގެ ނުފޫޒުންވެސް ހުޅުވާނެ..ބޯޑަރު ބަންދު ކުރަންވެސް ސިއްހީ މާހިރުން ގޮވަމުން ދިޔައިރުވެސް ސަރުކާރުން އެއަށްދިނީ ބީރު ކަންފަތެއް.

    27
    1
  4. Anonymous

    ނާޤާބިލް މިނިސްޓަ ރެއް.

    27
    1
  5. ޤައުމު

    ޤައުމު ހަލާކު ކުރާނެ ގޮތެއް ނެތީތަ!

    27
    2
  6. ހާފިޒް އަބުދުލް ގަނީ

    މިހާރަކައްއައިސް ސަރުކާރުގެ ވެރިން މުޅިންހެން މިފެންނަނީ މަލަމަތި މަރުވެފަތިއްބާ އެހެންނޫންތޯ ވާނީ ބަޑުހުސްކޮއްގެން ވެރިކަމައް އެރީ ބަޑުފުރާލަން އުޅެނިކޮއް ބޭރަހިގުން މާއި އެޖެންޑާ19 ކޮވިޑް19 މިގައުމު ބަލިމަޑުކަމެއް ފެތުރެންފަށާފި މިކަމުން ގައުމު ޢޮޔާދަނީ ވަލެއްވެސްނެތް އައްސާލާނެ ގޮތްހުސްވަނީ ހެންހީވަނީ ފެންނަ ފެނުމައް........

    22
    3
  7. މޮޔަސޮރު

    ކަލޭބުނި ބޭރުމީހުން ފޮނުވާނުލެވިއްޖެއްޔާ އިސްތިއުފާ ދޭނަމޭ ހުސްދޮގާމަކަރު ކަލޭ ތިހުރީ ފެއިލް ވެފަ އިސްތިއުފާދީ

    24
    1
  8. ދަބަރޭ

    2021 ގެ ސެފްޓެންބަރ މަހުގެ ކުރިން ރާއްޖޭގެ އެއަރޕޯޓްތައް އާއްމުދަތުރު ތަކަށް ހުޅުވާލާއިފި ނަމަ ދެން ރާއްޖެއަށް އަރާނީ މިނިކާރާޅެއް ވ ވ ނުރަށްކާތެރިކަމެއް މިކަން ވިސްނާ ފިކުރު ކުރާމީހުންނަށް އިބްރަތެއް ކަމުގާއިވާނެ

    19
    3
  9. ާައަހުމަދު

    މި ގައުމުގެ ރައީސް އަކީ ކޮންބޭފުޅެއްބާ؟ މިހާރު ހީވާގޮތުން މީނަމީ ރައީސްބާ؟

  10. ސަމާ

    ބޭފުޅާ ގެ އުމުރުވެސް އޮޅުނީދޯ. އެހެންވާނެ ބޮލަކަށް ހާހެންހާ ޑޮލަރު ނުލިބެންފެށީމަ އަދި ބަނޑުގަ ހުޅުރޯވީމަ. އަންނި މާދަން ބުނާނެ ވީހާވެސް ގިނަބަޔަކު ގެންނަންވާނޭ

  11. ބާރީ

    ޢިކޮނޮމީ ހަލާކުވީ ސިއްހީ މާހިރުންގެ ހުއްދަ ނުލިބުމުން ... ސަ ރުކާ ރުން ފަހުން ބުނާނެ

  12. ޖިންނި

    ފެއިލްޑް ފްރޮމް ޓޮޕް ޓު ބޮޓޮމް

  13. އިބްރާހިމް

    ސިއްހީ މާހިރުންނާއި ދީނީ ޢިލްމުވެރިން ގޮވަގޮވާ ތިއްބާނޫންތޯ އެއަރޕޯޓް ބަންދުނުކޮށް ތިބީ؟ ފޭލިވެފައިވާ ސަރުކާރެއް . އަވަހަށް އިސްތުއުފާ ދެއްވާ.

    9
    1
  14. ރޯނު އެދުރު

    ހަނގުރާމައެއް ކުރަންޔާ މީހުން ވެސް މަރު ވާނެ. އޭގެ މާނައެއް ނޫން އެންމެން ވީ ފިލާ ތިބޭށޭ. ކެރިގެން ކުރިމަތިލީމަ މޮޅު ވެވޭނީ، ދެވަނަ ބޮޑު ހަނގުރާމަ ނިމުމުގެ އަސްލު ކމުގައިވާ އެޓަމް ބޮމްބް ވެސް އުފައްދަން އެތައް އަހަރެއް ނެގި. އެ ބޮމްބް ޖަޕާނައް އެޅުމާ އެކީ އޭގެ ނުރައްކާ ކަން ޖަޕާނަށާއި ޖަރުމަނައް އެނގި ސަރަންޑާ ކުރީ. އެކަމަކު ބޮން އުފެއްދެން ދެން އެލައިޑް ފޯސް ގެ މީހުން ފިލާ ތިބީ އެއް ނޫން. އެތައް ހާސް ބަޔަކު މަރުވަމުން ދިޔަ އިރު ވެސް ކުރިމަތި ލަމުން ދިޔައީ.

  15. އުދަމުދިމ

    ރާއްޖޭގައި އުޅޭ ބަނގުލާދޭޝް 1500 މީހުން ފޮނުވާލާފައި 15000 މީހުން އަލުން ނުވަތުބުރަކުން އެތެރެކުރަންވީތޯ އެއީނޫންތޯ ޓީވީތަކޮން އެގޮވާ މިތެއް ޓުވަރިސްޓުންނެއް މިއަދު ރާއްޖެޔައް ޒިޔާރައްކޮއްފިއޭ ޓުވަރރިޒަމް ދަނީ ކުރިޔަށޭ ކިޔާ ފަލަސުރުޙީޔައް އަރުވާލަންތޯ ވީތޯ އަނެއްކާ