"ވަގުތު" އިން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ހަދިޔާ ދިނުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތުގެ ދަށުން ބައެއް ނޫސްވެރިންނާއި މިހާރު ހަދިޔާ ހަވާލުކޮށް، މިހާރު ހަދިޔާ ނުދެވި ތިބި ނޫސްވެރިންނާއި ހަދިޔާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ވަގުތު" ގެ މާކެޓިން އެގްޒެކެޓިވް ޒަހީން އަބްދުﷲ ވިދާޅުވީ ރަމަޟާން މަހުގެ ކުރިން ހުރިހާ ނޫސްވެރިންނާއި ހަދިޔާ ހަވާލު ކުރަން މަސައްކަތް ކުރި ނަމަވެސް މާލެ ފުރަބަންދު (ލޮކްޑައުން) ކުރުމުން ހުރިހާ ނޫސްވެރިންނަށް ހަދިޔާ ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ.

"މާލެ ފުރަބަންދު ކުރިއިރު އަވަސް، ސަން، ޗެނަލް-13، ޕީއެސްއެމް، ދެން އޮންލައިންގެ ނޫސްވެރިންނާއި ވާނީ ހަދިޔާ ހަވާލުކޮށްފައި. މިހާރު އެހެން ނޫސްވެރިންނާއި ހަދިޔާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. މި ހަދިޔާ އަތޮޅުތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ވެސް ލިބޭނެ. އައްޑޫ ސިޓީއަށް ވެސް މިހާރު ވަނީ ހަދިޔާތައް ފޮނުވާފައި. އަންނަ ހަފްތާގައި އައްޑޫގެ ނޫސްވެރިންނަށް ހަދިޔާ ލިބޭނެ." ޒަހީން ވިދާޅުވިއެވެ.

ޒަހީން ވިދާޅުވީ އަތޮޅުތަކުގައި މަސައްކަތް ކުރާ ބައެއް ނޫސްވެރިންގެ ކޮންޓެކްޓް ނުލިބުމުން ހަދިޔާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށާއި އެހެންކަމުން އެފަރާތްތަކުން "ވަގުތު" ގެ ނަމްބަރ 7999681 އަށް ގުޅުވައިގެން ހަދިޔާ އާއި ހަވާލުވުމުގެ ކަންކަން އިންތިޒާމް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ވަގުތު" އިން ނޫސްވެރިންނަށް ދޭ ހަދިޔާގެ ތެރޭގައި ހިމެނެނީ ކޮސްމެޓިކްސް ސާމާނާއި، ލޭންސްލޭ ކޮފީގެ އިތުރުން ކަދުރެވެ. ކޮންމެ ނޫސްވެރިޔަކަށް ވެސް 250-500 ރުފިޔާ އަށް ވުރެ އަގުހުރި ހަދިޔާ ދޭނެއެވެ. އަދި މީޑިއާތަކުގެ އެޑިޓަރުންނަށް ދޭ ހަދިޔާ ވަނީ އިތުރަށް ހާއްސަކޮށްފައެވެ.

ޒަހީން ވިދާޅުވީ ނޫސްވެރިންނަށް ހަދިޔާ ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ނޫސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ނޫސްވެރިންނާއި ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. "އަދި އަޅުގަނޑުމެން އެންމެނަށް ދިމާވެފައި މިވާ ދަތި ވަގުތުގައި ނޫސްވެރިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުން އެއީ ވެސް އެއް ސަބަބު." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ މަގުބޫލް އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އިން މީގެ ކުރިން ވެސް ވަނީ އިޖުތިމާޢީ ޒިންމާއެއް ކަމުގައި ދެކިގެން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ވެސް "ވަގުތު" އިން މަސައްކަތް ކުރާނެ ކަމަށް "ވަގުތު" މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކުރީގެ ނޫސްވެރިއެއް

    ވަރަށް ސަޅި ކަމެއް. ނޫސްވެރިންގެ އަގު ވަޒަންކުރާ ބަޔަކުވެސް ތިބިކަން އެނގުމުން ވަރަށް އުފާވެއްޖެ.

    34
    7
  2. ނޫސްކިޔާމީހާ

    އެންމެ ގިނައިން ވަގުތު ނޫސް ވެބްސައިޓަށް ވަންނަ ފަރާތަކަށްވެސް ހަދިޔާ ދީބަލަ

    18
  3. ސާބަހޭ"ވަގުތު"

    ވަރަށް އުފާވެއްޖެ ވވވަރަށްބޮޑަށް "ވަގުތު"ނޫހަށް ޝުކުރިއްޔާ

    10
  4. ބަކުރުބެ

    މަށަކައް ނުލިބެ، ކީއްވެތަ، މަ އުޅެން ރާއްޖޭގެ ހުރިހާ ނޫހެއްގަ، ނުކިޔާ އެންމެ ނޫހެއްވެސް ނުހުންނާނެ، މަށަކީ ނޫސް ލިޔާ މީހެއްނޫން، ނޫސް ކިޔާ މީހެއް، ހަދިޔާ ދެންޔާ ދީ، ނުދީފުއްޔާ ހައިކޯޓައްވެސް މައްސަލަ ލާނަން

    19
    1
  5. މަނާލް

    ގަވާއިދުން ނޫސް ކިޔަން ، އަގުވަޒަން ކުރަން ވީނުން ، ކޮމެންޓް ވެސް ކުރަން

    13
    2
  6. ބުއްޅަ އެކްސް

    ކޮންމެ ދުވަހަކު ވަގުތު ނޫހަށް ވަދެވޭ ވަރުވެސް ބުނަން ނޭގެ އަހަރުމެންނަންވެސް ހަދިޔާ ދޭންވާނެ

    9
    2
  7. ???

    ރަނގަޅު ކަމެއް އެކަމަކު ގައިދުރު ކުރުން ރަނގަޅު

    4
    2
  8. ކާފަ

    ގާއިދުރުކރައްވާ

  9. މީހާ

    އަޅުގަނޑަކީ 17 އަހަރުގެ ކުއްޖަކީމެވެ.އަޅުގަނޑު ވަގުތު ގެ ނޫސް ވެރިއެއް ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވަމެވެ. ސެލެރީ ނުލިބޭ ގޮތަށް ވެސް މިދުވަސް ކޮޅު މަސައްކަތް ކޮއްދެވިދާނެއެވެ.
    ޝުކުރިއްޔާ!

    1
    2
  10. މުޙައްމަދުބެ

    ޙަޤީޤީ ޚަބަ ރުތައް ޙަޤީޤަތާއި އެއްގޮތަށް ގެނެސްދޭ އެންމެ އަވަސް ނޫހަކީ ވަޤުތު.އަސްލު ނޫސްވެ ރި ކަމުގެ ހަގީގީ ބޭނުން އަހަންނަށް ދަސްކޮށްދިނީ ވަގުތުން ސާބަސް ވަގުތު .ކު ރިޔަށްވަގުތު.

  11. ނަޟީދު ( ރައީސް)

    ނަގޫ ގޮއްޖެހޭނީ އެބޭފުޅުން އެބޭފުޅުންނާ.. މި ވަރުގެ ހިތަވަރުގަދަ ނޫހެއްނެތް. ރާއްޖެ އެމްވީ އާއި ދެންހުރި މަޖައްލާތަކުން ވިސްނަވާ