ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރަން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާ އިރު ކޮންމެ ދުވަހަކު ހެން ގާތްގަނޑަކަށް 300 މީހެއްގެ ގައިން ބަލި ފެނުމުގެ ފުރުސަތު އޮތް ކަމަށާއި ރާއްޖޭގައި ޓެސްޓް ކުރެވޭ މިންވަރު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށް ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވެފައިވާތީއެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެސެޖްއަކީ "ޓެސްޓް، ޓެސްޓް، ޓެސްޓް" ކަމަށްވީ އިރު، ފަންނީ މާހިރުން އެދޭ މިންވަރަށް ޓެސްޓް ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގައި ވީ ލަސް މިކަމުގައި ނުވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

"ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ފެންނަނީ މާހިރުން އެދޭ ވަރަށް، ނޫނީ ސަސްޕެކްޓެޑް ކޭސްގެ މަދުވެގެން 1،000 ޓެސްޓް ދުވާލަކު ހެދޭ ވަރަށް އިތުރު ކުރަމާތޯ؟ ބޯޑަރު ބަންދު ކުރުމުގައިވީ ލަސް މިކަމުގައި ނުވަމާތޯ!،" ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނުތާ މިއަދަށް 62 ދުވަސްވީ އިރު، މާލެ އިން ބަލި ޖެހިފައި ހުރި މީހަކު ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ކޮންމެ ދުވަހަކު ހެން، ބަލި ޖެހޭ މިންވަރު ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ރާއްޖެ އިން މިހާތަނަށް 648 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ.

މާލޭގައި ބަލި ފެތުރެން ފެށުމާ އެކީގައި ޓެސްޓް ކުރަމުން އައީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވޭ މީހުންނެވެ. އޭރަކު ރެންޑަމް ޓެސްޓިން ނުވަތަ ބަލި ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކޮށްގެން ޓެސްޓެއް ނުކުރެއެވެ. އެކަމަކު، ފަހުން އެޗްޕީއޭ އިން ވަނީ ރޭންޑަމް ސާމްޕަލް ނަގަން ފަށައިފައެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެނީ 300-400 ދެމެދުގެ ސާމްޕަލެވެ. އެއީ އައިޖީއެމްއެޗުގެ ދެ މެޝިނާއި ފުލުހުންގެ ލެބޯޓްރީގައި ހުންނަ މެޝިނަކުންނެވެ.

ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ޝީނާ ރޭ ވިދާޅުވީ ރާއްޖޭގައި އެކަށީގެންވާ ވަރަށް މިހާރު ޓެސްޓް ކުރެވޭނަމަ ކޮންމެ ދުވަހަކު 300 މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ޓެސްޓިން ސްޓްރެޓަޖީ ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ޝީނާ ވިދާޅުވިއެވެ.

ޝީނާ ތަކުރާރުކޮށް ވިދާޅުވީ ޓެސްޓް ނުކުރެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

"ޓެސްޓް ނުކުރެވޭތީ އަޅުގަނޑުމެންނަށް ބަލި މީހާ މި ލިބެނީ ވަރަށް ހާލު ބޮޑުވާފަހުން. ހާއްސަކޮށް ހައި ރިސްކް މީހުން. އެހެންވީމަ، ޓެސްޓް ކުރާ އެއްޗެހި ލިބުމުގައި ވެސް ވަރަށް ގިނަ ދަތިތަކެއް އެބަހުރި. އެކަމަކު ޓެސްޓް ކުރެވެން ނެތީމަ އޭގެ މާނައަކީ ސައިލެންޓްކޮށް އެބަ މި ބަލި ސްޕްރެޑްވެއޭ." ޑރ.ޝީނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ޓެސްޓް ކުރުމުގެ މެޝިނާއި އެހެން ވެސް ވަސީލަތްތައް ހޯދަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ކިތަންމެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހުނަސް، ތައްޔާރަށް އޮތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ ކަހަަލަ ގައުމަކަށް މިކަހަލަ އެއްޗެހި ހޯދުން ވަރަށް އުނދަގޫވެފައިިވާ ކަމަށާއި އެ ތަކެތި ލިބެން ހުރި ބައެއްގެ އަތުން ގަންނަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެމަންޖެ

    މުއިއްޒު ތިވާހަކަ ނުދައްކާ މިސަރުކާރުގަނެތް ތިވަރުކުރެވޭނެ ބައެއް، މިއައްވުރެ ގޯސް ހަލަތަކަށް ގޮސްފިއްޔާ ވަރަށް ރަނގަޅުބަޔަކައްވާން ތިކަން ނުކުރާނެއެކޭނު.

    22
    13
  2. މޮއިޒް

    ނުލިބިގެންންެއުޅެނީ ހޯދަދޭންވީނުންތޯ...

    11
    41
    • ކުރު ގާސިމް

      ތަކެތި ހޯދޭނެވަރު ބަޔަކާ ގައުމު ހަވާލުކުރަންވީނުން.

      52
      16
      • އަދުރޭ

        ހަވާލު ކުރީމަ ހުރިހާ އެއްޗެއް ކާލައިގެން ޖަލުގަ އެބަ އިންނެވި

        9
        32
        • ހހހަ

          ????????????????

          4
          26
  3. Anonymous

    ޓްރަމްޕް ވީ ތައްޔާރީތަށް މިގައުމުން ވެސްއޮތީ ކޮވިޑާ ދެކޮޅަށް އަޅާފައި ކަމަށްބުނެ ބިޔަ ބޮޑު ވަޒީރުން ވަނީ ވަރަށް ގަޓުގައި ދޮގުހަދާފައި. ކަމާއި ދަމާއި ލައްވާލި ވަގުތު ކަފުން ފޭލިގަނޑުވެސް ނެތްކަމަށް ވަނީ..

    5
    3
  4. ޙުޢާ

    ޅިބުނު އިރު ނުވިކަމެއް ދެން ގުދޯ ގުދޯ ނުގޮވާ..ގެ އެހުރީ ހެދިފަ...

    14
    16
  5. ހިޔާލު1

    ހިތުހުރިގޮތަކަށް ދަވްލަތުގެ މުދާތަށް ބަަހަ އި ގެދޮރުވެރިންގެ ފޯމުތަކަށްވީގޮތެ އް ބުނެ ދެވުނުނަމަ ކިހާ ރަގަޅުތޯ؟ ފުރުސަތު ލިބުމުން އިޚްލާސްތެރި ކަމާ އިއ އެކު މަސަ އް ކަތް ކުރެވުނުނަމަ ދޯ ގަ އުމު ކުރި އަރުވަން މަސަ އްކަތް ކުރަންވީ ދެވަނަފުރުސަތެ އް ނުލިބުނަސް އެކަމާ ހިތާމަ ކުރަން ނުޖެހޭނެގޮތަށްކަން ވިސްނަންޖެހޭ. ޓެސްޓް ކުރާނެ މެޝެނެ އް ހޯދުނުނަމަތާ ޓެސްޓް ތަ އް ހެދޭނި ދެ އްތޯ.

    6
    3
  6. ޖަޒީރާ

    ޓެސްޓްނުކުރެވުނީމަ ގައުމައްފެތުރުނީ އަލީވަހީދުމެން އޭރު ރައްޔިތުނައްދެއްކީ ފުލޯޓިން ހޮސްޕިޓަލްތަކާ މޮޅެތިކެއުންތައް ތައްޔާރުކަމައް ހަގީގަތަކީ ޓެސްޓްނެހެދޭކަން ގެންގޮސް ބަހައްޓާނެތަނެއް ނެއްކަން ދެންރައްޔިތުން ގެމަޖިލީސް ރައީސްއަދި މެންބަރު ދެއްކީ މީއީއަދާއިގެ ވައިރަލްހުމެއްގެގޮތުގަ ސިޔާސީބޭނުމަކައް ލޯކަލްކައުންސިލް ތަކުގެ އިންތިހާބުއޮތީމަ އޭގެއިންސިޔާސީޕާޓީއެއްގެ އެޖެންޑާ19 ކުރިއެރުވުމައްޓަކާ މިހާރު އެޖެންޑާ19 ދެކެބިރުން އެފޮރުވީ ދެންޓެސްޓްކުރަން ހުރިމެޝިންތަކަކީ މީގެއެތައްއަހަރު ކުރީގެ ތަކެތި މިއާދުނިއޭގެ ބާޒާރުން ލިބެންހުރި އެއްޗަކާ ދިމާވަކަމެއްވެސް ނޭގޭ މިހައްދަނީކަމައްވެސް ވެދާނެ ލިބޭއެހީތަކުން ނޫންނަމަ އައްޑޫ ހޮސްޕިޓަލުންވެސް ހެދޭނެ ކޮއްމެވެސް ދިމާނުވުމެއް އުޅޭތީ ޓެސްޓްތައްނުހެދި ލަސްވަނީ

    5
    1
  7. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    އިބިރިހިމް ބެއްޔާ އަށް ބުނެލަން އޮތީ ކެނެރީގެ ބުއްޅަބެ އާއި ފުރަތަމަ ޤައުމުގެ ވެރިކަން ޙަވާލުކުރީމާ 4.8 ބިލިޔަން ދިވެހިރުފިޔާ މާލިއްޔާއިން ގެއްލިފައިވެއެވެ. އެފައިސާ ވެސް މާލިއްޔާއަށް ވައްދާލަ ބަލާށެވެ. އެއަށްފަހު ކިނބޫ ސަރުކާރުން ޙަވާލުވިއިރު ދައުލަތުގެ ރިޒާވްގައި ހުރި 800 މިލިޔަނާއި ގާތްކުރާ ޢަދަދަށް ފައިސާ ދޮވެލިއިރު، އެކަން ދެނެހުރި މީހަކު ނެތްކަމާއި އާސަންދައިން ބޮލަކަށް ބަހައްޓާފައި އަހަރަކު ހުންނަ 1 ލައްކަ ރުފިޔާ ވެސް ކައި ހުސްކޮށްފި ކަމާއި ބަންގާޅުން ޑިޕޮޒިޓް ފައިސާވެސް ހުސްކޮށްފިކަމާއި 2020 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބިލިޔަން ބިލިޔަން ރުފިޔާގެ ބަޖެޓް ހުސްވި އެޕްރީލް މަސް ނިމުމުގެ ކުރިން ހުސްކޮށް، އަނެއްކާ ކޮވިޑް ބަލި ރާއްޖެ އެތެރެކޮށް ކޮވިޑަށޭ ކިޔާފައި 625 މިލިޔަން ޚަރަދު ކުރިއިރު އަދި 600 މީހުންނަށް ބަލި ނުޖެހޭކަން ވެސް ދިވެހިންނަށް އެނގެއެވެ. ބޭރުޤައުމުތަކުން ހޯދާހާ ފައިސާތައް ބަހާލާ ސަރުކާރުގެ ވެރިން ބައިއަޅަމުން ޖީބުބޮޑުކުރަމުންދާއިރު، ދިވެހިން މިތިބީ މަރަށްތެޅެން ދޫކޮށްލާފައި ކަން އިބިރިހިމް ބެއްޔާއަށް ނޭގުނީތީ އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެންމެ 6 އެމެރިކާ ޑޮލަރަށް ލިބޭ ޓެސްޓް ކިޓް ރާއްޖެ ގެންނާނެ ފައިސާ މާލިއްޔާގައި ނެތްއިރު 5 ލައްކަ މީހުން ޓެސްޓް ނުކުރެވި މިތިބީ މަރުވާން ދޫކޮށްލާފައެވެ. ޔާމީނޭ ކިޔައިން ވާހަކަ ނުދައްކާ ހަނު ހުރިއްޔާ މާތާހިރުވާނެއެވެ. ބިނާކުރަނިވި 5 އަހަރާއި ފަނާކުރި 3 އަހަރާއި އަނެއްކާ ޤައުމު ވިއްކާލާ ރައްޔިތުން ބަލީގައި މަރާލާ 5 އަހަރުގެ ދައުރެއް މިނިމެނީއެވެ.

  8. މަޒް

    ޓެސްޓް މެސިން މި މަހު 17 ގައި އަންނަ ވާހަކަ އިއުލާން ކުރީމަ އެކަމަށް ބޯކޮއްޕާލީ.. ދެން އެ މެސިން މާލެ ގެނައީމަ ބުނާނެ ތިމަންނަ ބުނެގެން ގެނައި އެއްޗެކޭ.. ތިހާ މޮޅު ބައެއް ވެއްޖެޔާ ވެރިކަމުގަ ތިބި އިރު މި މެސިން ކީއްވެ ނުގެނައީ.. މޮޅު ވާހަކަ ނުދައްކާ

    11
    22
    • ޙަހަ

      100 ގެ ވާހަކައެއް

      5
      23
  9. ހިޔާލު

    އަދިވެސް މާލޭގައި ތިބި މީހުން އެހެންތާކަށް ބަދަލުކުރަން އަވަހީތަ؟

    1
    4
  10. އިބްރާހީމް

    މުއިއްޒު ޓެސްޓުކުރާނެ މެޝިނެއް ހަދިޔާކޮށްފަތަ ތިހެން ތިބުނަނީ