ރާއްޖޭގައި އުޅޭ އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ މީހުން ބަލާ އައިސްފައިވާ އިންޑިޔާގެ އަސްކަރީ މަނަވަރު އައިއެންއެސް ޖަލަޝްވާ ރާއްޖެއިން ފުރުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށްޓަކައި ފުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލުންނެވެ. އިންޑިއާ ހައިކޮމިޝަނުން ވަނީ ފުރާ މީހުން ޓާމިނަލްއާ ހަމައަށް ގެނައުމުގެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން އެމީހުން ޓާމިނަލްއާ ހަމައަށް ގެނެސްދެނީ ބަހުގައެވެ. އެމީހުންގެ އިމިގްރޭޝަން ކްލިއަރެންސް ހެދުމުގެ މަސައްކަތް ވެސް ދާނީ ޓާމިނަލް އިންނެވެ.
And the action shifts from airport to port ⚓️!
Pre-embarkation procedures are on in full swing before the passengers board #INSJalashwa.#MissionVandeBharat
Operation #SamudraSetu @MEAIndia @indiannavy https://t.co/pFWMdQHb0j— India in Maldives (@HCIMaldives) May 8, 2020
މިއީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށް ހައިކޮމިޝަނުން ބުނެއެވެ. ހައިކޮމިޝަނުން ވަނީ، މިފަހަރު އެންމެ އިސްކަމެއް ދެނީ މާބަނޑު މީހުންނާއި، ވަޒީފާ ގެއްލިފައިވާ މީހުންނާއި، ތާށިވެފައި ތިބި ފަތުރުވެރިންނަށް ކަމަށް ވިދާޅުވެފައެވެ.
މި ހުރިހާ ފަރާތްތަކަކީވެސް އެނބުރި ގައުމަށް ދިޔުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ފަރާތްތަކެކެވެ.
އަސްކަރީ މަނަވަރެއްވިއްޔާ މަތަނުގައި ތިބި އަސްކަރީ މީހުން ހިހަށް ގެންދޭ! ބޮޑު ނުފޮރުއްޕާނެއް އެ މީހުންނާހުރެ!
މިތަނަށް ގެނެސްފައި އޮތް ދެހެލިކޮޕްޓަރު ދެން އަންނަ ސަރުކާރަކުން ބައު ދަގަނޑަށް ކިރާ ނުލަނީސް އެދޭތި ވެސް ގެންދޭ!
ކިތައް މީހުން ތިޔަ މަނަވަރުގަ ދިޔަތޯ ހާމަކޮށްލިއްޔާ ވަރަށް ރަނގަޅު.
ލޮބްވެތި ރައްޔިތުންނޭ، އަދިވެސް ލަސްނުވެ، ރަގަޅު ޕްލޭންތަކެއްގެ ދަށުން މަސައްކަތް ކުރަންވީ... މިހާރު މުޅިން މިހިގަނީ ޚަރަދު ބޮޑް ދެކޮޅު ނުޖެހޭ މަސައްކަތްތަކެއް... ޤައުމު ފުނޑުމު ކުރިން ދިވެހި ސިފައިންނާއި ޕޮލިހުންނާއި މުޅި ޓާސްކް ހަވާލްކޮށް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން މަސައްކަތް ހިންގަންވީ..އެކި މުއައްސަސާތަކުން މަސައްކަތް ހިންގީމަ މުޅި ދައުލަތުގެ ފައިސާކޮޅު ހުސްވަނީ ..ކަރަޕްޝަން ..ހެޔޮނުވާނެ... ކޮންމެބަޔަކުވެސް މިހާރު ބަލަނީ ވެހޭތަނުގައި ފެންނަގަން...ދިވެހި ސިފައިންނާއި ފުލުހުން ފައިސާއަށް ޚިޔާނާއްތެރި ނުވާނެ... .
އަސްކަރިިީިި މަނަވަރެއްނުގެނެސް ފުލައިޓެއް ގެނެސް ހުރިހާ އިންޑިއާއިން މިތަނުން އަވަހައް ގެންދޭޭ
ކަލޭމެންގެ ސާރޑީންދަޅެއް ކަހަލަ ހެލިކަޕްޓަރުގަނޑުގަ ގެންދޭ..
ޢިންޑިޔާ ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކޮށް މަރާލި.
މަނަވަރުތެރޭ އެކަހަލަ ކަމެއް ނުހިނގާނެކަމަށް އުއްމީދުކުރަން
ދެން ވެލާނާ އެއާޕޯރޓް ގައި ކުރީ ކޮންކަމެއްތޯ؟ ހަމަ ފްލައިޓަކަށް ޗެކިން ވާގޮތަށް އޭވިއޭޝަން ސެކިއުރިޓީން ބޭނުންކޮށްގެ ފޮށި ތަންމަތި ސްކިރީންކޮށް ބޯޑިން ގޭޓް ތަކުން ނެރެގެން އަލުން ބަހަށް އަރުވައިގެން ގޮސް މަނަވަރަށް އެރުވީ.. މިިކަމަކީ އޭވިއޭޝަން އާއި ގުޅުން ހުރި ދަތުރަކަށް ނުވާތީ އޭވިއޭޝަން ސްޓާފުން ލައްވާ ކުރުވި ޒިންމާދާރުކަން ކުޑަ އަމަލެއް!