މާލެ ފުރަބަންދު ކޮށްފައިމި ދަނޑިވަޅުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގެން ހުރި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި ޝަރީއަތުގެ އަޑައެހުންތައް އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން، 15 އެޕްރީލް 2020 އިން ފެށިގެން، ޟަރޫރީ ބޭނުމެއްގައި ހުއްދަ ހޯދައިގެން ނޫނީ ގެއިން ބޭރަށް ނުނިކުމެވޭގޮތަށް މާލެ ފުރަބަންދު ކޮށްފައިމިވާ ޙާލަތުގައިވެސް، އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދުނުކެނޑި 24 ގަނޑިއިރު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެދުވަހުން ފެށިގެން މެދުކެނޑިފައިވަނީ ޝަރީޢަތުގެ އަޑުއެހުންތައް އެކަނި ކަމަށް ކޯޓުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު