ކުޑަކުދިންނަށް ޖިންސީ ކުރާ އެންމެންނާއި މެދު ތަފާތު ކުރުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅައި، އަދަބު ދިނުމުގައި ފަސްނުޖެހުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ރޭވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

ޑރ. މުއިއްޒު ޓްވިޓާ މެދުވެރިކޮށް، މިފަދަ މައްސަލަތަކުގައި އަދަބު ދިނުމުގައި ފަސް ނުޖެހުމަށް ގޮވާލިއިރު، އޭނާ ވިދާޅުވީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރާއި، މުއައްސަސާތަކާއި، އާއިލާ ތަކާއި އަދި މުޅި މުޖުތަމައުގެ ޒިންމާ ވަރަށް ބޮޑު ކަަމަށެވެ.

ރޭ ކުޑަ ކުއްޖަކާއި އެއް ޖިންސުން ގުޅުން ހިންގަނިކޮށް މީހަކު ވަނީ އަތުލައިގަނެފައެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ރޭ ކުޑަ ފިރިހެން ކުއްޖަކާއި އެއްޖިންސުން ގުޅުން ހިންގަނިކޮށް އަތުލައިގެންފައި ވަނީ ހއ. އަތޮޅުގެ ރަށެއްގެ މީހެކެވެ.

އޭނާ އަތުލައިގެންފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށެވެ. އެރަށުން އޭނާ އަތުލައިގަތީ ގެއެއްގެ ތެރޭގައި އެކުއްޖާއާއެކު އެއްޖިންސުން ގުޅުން ހިންގަމުން ދަނިކޮށެވެ.

ރާއްޖޭގައި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުން އަންނައިރު، ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މަދުކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ ބަޔަކު އަންނަނީ ގޮވާމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހhaހަ

  ދެން މިހާރު ގޮވާލާނެ ހުރިހާ ކަމަކަށްވެސް. ?????

  14
  13
 2. އެމަންޖެ

  މުއިއްޒު ތީބޭކާރުކަމެއް މިސަރުކާރުގަ ނުވާނެ އެއްކަމެއްވެސް ރަނގަޅެއް.

  18
  8
 3. އަސްލަމް

  ކޮން ހަރުކަށްޓެއް މަޑުކަށްޓެއްގެ ވާހަކައެއްތޯ.؟ ބައްލަވާ އިންސާނުންނަކަށް އިތުރު ޝަރީއަތެއް ހެދުމުގެ ހައްގެއް އެބައޮތްތޯ؟ އިންސާނުންނަށް އޮތީ ﷲ ބާވައިލައްވާފައިވާ ޝަރީއަތަށް އަމަލުކުރުން ނޫންތޯ؟ ޢެއާއި ހިލާފް ވާނަމަ އެކަމަކީ ކޮންފަދަ ނުބައި ކަމެއްތޯ؟

 4. އާދަނު

  ނޫސްތަކުގެ ފަލަސުރުޚީއަށް އެރޭތޯ އުޅޭ މީހެއް..

  4
  7
 5. ސަަަަަސަ

  ނުންނުންމިސަރުކާރުވަރައްމޮޅުވާނެބާއަޅައް

  4
  2
 6. ޠީ

  މިފަހަރު އެއޮތީ ތިބޭފުޅަ މެނގެ ކުރީސަފުގެ މީހެންތޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  5
  4
 7. ސުވޭސް

  ހަރުކަށި އަދަބެއްގެ ގޮތުން ކުރާނީ ކޮންކަމެއް . މުއިއްޒުމެންގެ މީހެއް ގިޔަވަޅެއް އަޅާއިރަށް އެވާނެ ހާލަތާ ނުބައްދަލު ގިޔަވަޅަކަށް