އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު މާލެ އަށް ފޮނުވާލި ފަހުން ކޮވިޑް-19 އަށް ފައްސިވި މީހާ އެ ހޮސްޕިޓަލްގައި އޮތްއިރު ގަވާއިދާ ހިލާފަށް އެ މީހާއަށް ޒިޔާރަތްކޮށްފައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑޫއިން ކޮވިޑް-19 އަށް ފައްސިވި އެ މީހާ އަކީ ހިތުގެ ބައްޔަކަށް ފަރުވާދެމުން އަންނަ މީހެކެެވެ. އޭނާ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސްފައި ވަނީ އިއްޔެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދަތު ވިދާޅުވީ، އޭނާ އެ ހޮސްޕިޓަލްގައި ޓެސްޓުތަކެއް ހެދުމަށްފަހު، އައިޖީއެމްއެޗްއަށް ބަދަލު ކުރީ އިތުރު ޓެސްޓުތައް ހެދުމަށްޓަކައި ކަަމަށެވެ.

އަދި މި ހުރިިހާ ކަމެއް ވެގެން ދިޔައިރު އެ މީހާގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތަކެއް ފެންނަން ނެތް ކަން އޭނާ ސާތު ފާހަގަކުރެއްވިއެވެ.

ސާތު ވިދާޅުވީ، ބަލި މީހާއަށް ޒިޔާރަތް ކުރުން މަދުކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރި ކަމަށެެވެ. ނަމަވެސް ހޮސްޕިޓަލްގެ އެންގުމާ ހިލާފަށް ގިނަ ބަޔަކު އައިސީޔޫއަށް ވެސް ވަދެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލި މީހާއަށް ޒިޔާރަތްް ކުރުމުގައި ވަރަށް ރެސްޓްރިކްޝަނަކާއެކު ކުރިއަށްދިޔައީ، އެހެން ނަމަވެސް ބަލި މީހާގެ ބަލީގެ ގޮތުން ވަރަށް ގިނަ މީހުން ބޭނުންވެގެން ދޭތެރެއަކުން އަޅުގަނޑުމެންގެ އެންގުމާއި ހިލާފަށް އައިސީޔޫގައި އަދި ވޯޑްގައި ކޮންމެވެސް ވަރަކަށް މީހުން ތިބި" ސާތު ވިދާޅުވިއެވެ.

އަދި ބަލި މީހާ ފުރުވުމަށް ވެސް ބަޔަކު އެއާޕޯޓަށް ދިޔަ ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ކޮންޓެކްޓް ޓްރާސިންގގެ މަސައްކަތްތައް ކުރަމުންދާކަން ސާތު ވަނީ ފާހަގަކޮށްފައެވެ.

އަދި އެ މިހާއާ ކޮންޓެކްޓްވި ކަމަށް ބެލެވޭ ހަތް ޑޮކްޓަރުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 26 މީހުން މިހާތަނަށް އެކަހެރިކޮށްފައިވާކަމަށް ސާތު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބޯގޯސް

  އައިސީޔޫއައް ވަދެވޭތަ ގަދަކަމުންވެސް އެތާ ޕޮލިހުން ތިބއި ރުވެސް ބުނެފަ އިންގޮތުން ހީވަނީ ވަގައް ނޫނީ ގަދަކަމުން އައިސީޔޫ އައް ވަދެގެން އުޅޭހެން ވެެއްދީމަދޯ އެތަނައް ވަދެވޭނި ތިވެސް ސަ ރުކާ ރުގެ ލޮނދިކަން އިތު ރައް ފެނިގެން މިދިޔައީ

  49
  7
 2. ޢެޑްމުންޑޯ

  އައްޑޫ އަކީ ގަދަބާރުން އުޅެން ދަސްވެފައިވާ ތަނެއް ، ގަވާއިދުތަކަށަ ވަރަށް ބޯނުލަބާނެ

  12
  4
 3. ިރިކި

  ދޮގު

  3
  1
 4. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  އޭނަޔަށް ބަލިޖެހުނީ ކޮންތާކުންހޭ؟ މާލޭން އައިމީހެއްތަ ތީ އައްޑޫއަށް؟

 5. އެމަންޖެ

  މުޅި އައްޑޫ ހިފައިގެންނު ތިޔަ މާލެ ދުރުވީ، ދެން އައްޑޫ އެންމެން ގެނޭ މާލެޔައް ޓެސްޓުކުރަން މާލެ ނޫންތާކުން އެއްވެސް ކަމެއްނުވާނެ.

 6. މޫސާ

  ކޮން ވާހަކައެއް ދަކާކަށް އަޑޫގަތިބުނާ ހޮސްޕިޓެލެގެ ތިބޭނެ ސިކުރިޓީން އަބަދުވެސް އަދި ޕޮލިހުން ތިބޭ ބަލި މީހާބޮލުގެ އެވެސް އިލްޒާމެ އަޅުވާނެ ކަމެނެ
  ކަލޭ މެންގެ ނާގާބިލް އަދި ކުފޫ ހަމަނުވާކަން ތިއެގެނީ ދެން ބުނޭ ދެން ބުނޭ ސަރުކާރުން ބާރުނުދެނީޔޭ އެނިމުނީ ހުރިހާކަމެ

  8
  1
 7. ޗައި

  ހަލާކު ވާނީ މިބައިމީހުންގެ ވާހަކަ ދައްކާބައެއް. ﷲ އާ ވަކީލު

  10
 8. ސޮނިފުހޭ

  ތިބާ ﷲއަށް އިތުބާރުކޮށް ކަންކަމުގައި އެދި ދަންނަވާށެވެ އާދަތައް ފޫއަޅުވާލައިފައި މަދަދުތައް ތިބާގެޣާތައް އަތުވެދާނެއެވެ ޢިޚްލާސްތެރި މުސްލިމަކަށްވާށެވެ މުޅި ދުނިޔެ ތިބާޔާ އިދިކޮޅުވިޔަސް ﷲތިބާޔަށްފުދެޔޭބުނެ ވަކީލު ކުރާށެވެ

  11