މޯލްޑިވްސް ކަސްޓަމަސްގައި ވެރިފަރާތުން ހަވާލުނުވެ ގިނަ ދުވަސް ވުމުގެ ސަބަބުން ނައްތާލުމަށް ކަނޑައެޅުނު މުދާ ތަކުގެ ތެރޭގައި ހިމެނޭ ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ފެނިއްޖެއެވެ.

މި މަސްތުވާތަކެއްޗަކީ ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ އެއްޗެއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މިތަކެތި ފެނިފައިވަނީ، ނައްތާލުމަށްޓަކައި ކާގޯ ގުދަނުން އެ މުދާތައް ނެރުނު މަރުޙަލާގައި މެދު ތިން ވަނަ ދުވަހު ކަސްޓަމްސްއިން
ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ކަސްޓަމްސްއިން މި ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިހަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 542 ގްރާމު ހުރިކަމަށް ކަސްޓަމަސް އިން ބުންޏެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 433,600.00
(ހަތަރު ލައްކަ ތިރީސް ތިން ހާސް ހަސަތޭކަ) ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި، އަތުލައިގަނެވެނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮފިސަރ

    ތިޕެކޭޖް އެތެރެކުރި މީހާ ވަރށްސާފުވާނެދޯ...އޭނާ ހައްޔަރުކުރޭ

  2. ހުސޭނުބޭ

    އަނެއްކާ ގަންޖާ ޕެކެޓްތަކެއް ނޫންބާ!

  3. ޞހސހސ

    ކޮންދުވަހުކުންތަ ޕޯސްޓް ލިބެނީ ރަށްރަށަށް