އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) އިން ކޮވިޑް-19 އަށް ފައްސިވި ނަރުސް ނައްސިވެއްޖެ އެވެ.

އެކަން ކޮވިޑް-19ގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ "ވަގުތު"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި ފައްސިވި ނަރުސްގެ ފުރަތަމަ ޓެސްޓުން އޭނާ ކޮވިޑް-19 އަށް ފައްސިވިކަމަށް ދެއްކި ނަމަވެސް، ފަހުން ހެދި ޓެސްޓުން އޭނާ ވަނީ ބައްޔަށް ނައްސިވެފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހަކު ކޮވިޑް-19 އަށް ފައްސިވިކަން ހާމަކޮށްފައި ވަނީ އިއްޔެ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ މެޑިކަލް ޓީމުގެ ފަރާތުންނެވެ.

އެ ނޫސްވެރިންގެ ބައްލުވުމުގައި އައިޖީއެމްއެޗް މެޑިކަލް ޓީމުން ވަނީ، ނަރުހެއްގެ އިތުރުނ ޑޮކްޓަރަކުވެސް ބައްޔަށް ފައްސިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެފަރާތުން ވިދާޅުވެފައި ވަނީ، ޑޮކްޓަރުންނާއި ނަރުހުންނަކީ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ކަމަށްވުމުން، މި ބައްޔަށް އެމީހުން ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އައިޖީއެމްއެޗް އަށް ބަލި މީހުން ގެންދިއުމުން، އެ ހޮސްޕިޓަލުގައި އޮންނަ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޓެސްޓު ކުރެއެވެ. އަދި އެ ހޮސްޕިޓަލަށް ގެންދާ ބަލި މީހުންނާ ހަވާލުވާ ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބެނީ ޕީޕީއީގައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 784 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 258 ދިވެއްސަކާއި 526 ބިދޭސީއެކެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ރަނގަޅުވެފައި ވާއިރު، ބަލީގައި ތިން މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ދިވެހި ދެ އަންހެނަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޝެހޭ

  ތި ޓެސްޓު ކިޓްތައް ތީ ރަނގަޅު ޓެސްޓު ކިޓްތަކެއްކަމާ މެދު ޝައްކު މިހާރު..

  48
  1
 2. ކާށި ބޯޓު ހަސަންބެ

  ސުންކު ނު ވޭތަ؟

  25
  1
 3. ޙުސެން

  ފައްސިވެއްޖެ ނައްސިވެއްޖެ، ތިކިޔާ އެއްޗެއް މީ ހަކަށް އެބަ އެގޭތަ އަޅެ.

 4. ތުންކު

  ސުންކެއްނޫންވީ ސުކުންވީ

 5. ދުންތަރި

  އަޖައިބެއްކަހަލަ ޓެސްޓެއް ސަރުކާރުން މިކުރަނީ ބަލިނުޖެހޭމީހުން ބަލިޖެހުނުކަމަށް ބަލި ޖެހުނުމީހުން ބަލި ނުޖެހޭކަމަށް ހަދައި ބަލިނުޖެހޭމީހުން ގެންގޮސް ކަރަންޓީނުކޮށް ބަލިޖެހުނުމީހުން ދޫކޮށްލާ މީ ކޮންކަހަލަ ޓެސްޓެއް މި ކުރަނީ މިއޮއް ތަރައްޤީ ޒަމާނުގަ ކުރާކަހަލަ ކަންތައްތަމީ މިހާރު މިޤައުމުގަ ބަލިޖެހުނުމީހުނާ ނުޖެހޭމީހުން ވަކިނުވޭ

 6. ކަމަނަގޯތީ އާދަނު

  ވޭދަނަ ވީ.

 7. އައްޑޫ ލެއި

  ހުވާމިބުނީ އިސާހިތަތަކު މަމޮޔަވެދާނެ މީ ކިހިނެއް މިމީހުން ހަދާ ޓެސްޓެއްބާ. މިހާރު ކޮވިޑް19ޔައް ފައްސި ވެފަ ރާއްޖެއިން ތިބި މީހުންނާ ދޭތެރޭވެސް ށައްކު. އަލުން އެމީހުން ޓެސްޓް ހަދަން މަށައް ފެންނަނީ މިހާރު މިވާގޮތުން ހީވަނީ ދެބައިކުޅަ އެއްބައި މީހުން ނައްސި ވާނެހެން. ﷲ ށުކުރު ކުރަން އައިޖީއެމްއެޗް ގެ ނާސް ނައްސިވީމަ.

 8. ކާފަ

  ޓެސްޓްކުރާގޮތް ޓެސްޓްކުރަންވީނު

 9. ރާތާ ބަރި

  ބުއްދީގެ ހަމަތަކައް ބަލާ އިރު ރާއްޖޭގެ ޑޮކޮޓަރަކު އަދި ނަރުހަކު ފައްސި ވުމާކީ ވުން އެކަށޭނެ ކަމެއްނޫން، މިކަންތައް ދިމާވި ފަހުން މާލޭގަ މިހުރިިި ސަރޮކާރު ހޮސްޕިޓަލަކުން ބަލި މީހަކު ބަލަނީ އެއް ނޫން ދެން ކިހިނެއްތޯ؟ އެމީހުން ތިބެނީ ފިިލާފަ.

 10. ޢިޔާބު

  ރާޖޭގައި ކޮވިޑް މުޅިން އާ މަރުހަލާ އަކަށް. ހަވީރު ފައްސި ރޭގަނޑު ނައްސި.. .