ހާޓްއެޓޭކެއް ޖެހިގެން އިތުރު ފަރުވާއަށް މާލެއަށް ގެންދިޔަ އައްޑޫ މީހާ ގައިގައި ކޮވިޑް-19ގެ ބަލި ނެތްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.

އުމުރުން 43 އަހަރުގެ އެމީހާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އައިޖީއެމްއެޗް އަށް ގެންގޮސް ހެދި އޭނާގެ ފުރަތަމަ ޓެސްޓުން ދެއްކި ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އޭނާ މި ބައްޔަށް ނައްސިވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެޗްޕީއޭއިން މިކަން ކަށަވަރުކޮށްދެއްވާފައި ވާއިރު، އެ އޭޖެންސީން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން އައިޖީއެމްއެޗް އަށް ގެންދިޔަ މީހާ ކުރިން ކުރި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވާކަމަށް ދެއްކި ނަމަވެސް މިހާރު އޭނާ މި ބައްޔަށް ނައްސިވެފައިވާ ކަމަށެވެ.

ފުރަތަމަ ޓެސްޓުން އޭނާ ފައްސިވި ނަމަވެސް ބަލީގެ އަލާމާތެއް އޭނާގެ ގައިން ފެނިފައެއް ނުވެއެވެ. އަދި ހިތުގެ މައްސަލައަކާއި ގުޅިގެން އޭނާ އެންމެ ފުރަތަމަ އައްޑޫ ހޮސްޕިޓަލަށް ދިޔައިރުވެސް ބަލީގެ ނިޝާނެއް އޭނާގެ ގައިން ފެނިފައިނުވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ނަމަވެސް މާލެ ގެނެސް ހެދި އޭނާގެ ފުރަތަމަ ޓެސްޓުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އައްޑޫގައި ޖަމާޢަތީ ފެތުރުމެއް (ކޮމިއުނިޓި ސްޕްރެޑް) އެއް އޮވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ރިސޯޓެއްގައި މަސައްކަތް ކުރާ އެ މީހާ އައްޑު އަށް ދިޔައީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ އައްޑޫ އަށް އައީ މި ބަލި ރާއްޖޭގައި އެންމެ ބޮޑަށް މިހާރު ފެތުރެމުންދާ މާލޭގައި ވެސް ދުވަސްކޮޅަކަށް ހުރުމަށްފަހު އެވެ. ކޮވިޑް-19 އައްޑޫގައި ފެތުރިފައި ވެދާނެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވީ އޭނާ އައްޑޫގައި އުޅޭތާ ގިނަ ދުވަސްތަކެއް ވީފަހުން އިއްޔެ އައިޖީއެމްގައި ހެދި ޓެސްޓުން އޭނާ ބައްޔަށް ފައްސި ކަމަށް ދެއްކުމުންނެވެ.

އެ މީހާއަކީ މަރަދޫފޭދޫ އަށް އުފަން، އެކަމަކު ހިތަދޫގައި ދިރިއުޅެމުން އައި މީހެކެވެ. އޭނާ ކޮވިޑް-19 އަށް ފައްސި ނުވާކަން އެނގުމުން، އައްޑޫ އިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް މިހާތަނަށް ފެންމަތި ނުވާކަން ވަނީ ޔަޤީންކުރެވިފައެވެ.

އައްޑޫން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ކުރިން އިދާރާތަކުން އިއުލާނުކުރުމާއި ގުޅިގެން، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް ނޭޅި އޭނާ އާއި ސީދާ ބައްދަލުވި ނަރުހުންނާއި ޑޮކްޓަރުން ހިމެނޭހެން ގިނަ ބަޔަކު އެކަހެރިވެސް ކޮށްފައި ވެއެވެ. އަދި އައްޑޫގައި މީގެ ކުރިން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިވެސް ކޮށްފައެވެ. އެގޮތުން އާންމުން ބޭރަށް ނިކުމެ އުޅުން މަނާކޮށް، އެ އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން އައްޑޫގައި ވަނީ ބޭނުމެއް ނެތި ބޭރުތެރެއަށް އާންމުން ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި ވިޔަފާރިކުރާ ތަންތަން ބަންދުކޮށް ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދެމުން އަންނަތާވެސް ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ހަމައެހެންމެ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ހިމެނޭހެން އެ ސިޓީގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ ހުއްޓުވާފައެވެ.

އައްޑޫ އިން ގެންދިޔަ ބަލި މީހަކު ކޮވިޑް-19 އަށް ފުރަތަމަ ނެގި ސުންކު (ސާމްޕަލް) އިން އޭނާ ފައްސިވުމަށްފަހު، ފަހުން ހެދި ޓެސްޓުތަކުން ނައްސިވެފައި ވާއިރު، އިއްޔެ އައިޖީއެމްއެޗް ގައި މަސައްކަތް ކުރާ ނަރުހެއްގެ ސުންކަށްވެސް މިފަދަ ބަދަލެއް އައިސް، އޭނާގެ ގައިގައި ބަލި ނެތްކަން މިރޭ ހާމަވެފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 785 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 257 ދިވެހިންނާއި 528 ބިދޭސީއެކެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 29 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި ތިން މީހަކު ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ ދިވެހި ދެ އަންހެނަކާއި، ބްންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1521 މީހަކު އެބަތިއްބެވެ. އަދި 719 މީހަކު އައިސޮލޭޝަނަށް ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޗައިނާކިޓް

    ތިޔަ ޓެސްޓް ކިޓުތަށް ކޮންއިރަކު އެންމެފަހުން ދޮވުނީ. މަށަށް ފެންނަނީ އޯމޯލައިގެން ރަނގަޅަށް ދޮންނަން. ފާލު ބެލުން ކަހަލަ ކަމެއް.

    78
    3
    • މުހައްމަދު

      ކޮރޯނާ ވައިރަހާއި ، ކޯވިޑް 19 ތަފާތު ދޭއްޗެ. ކޮރޯނާ ވައިރަސް ޕޮޒިޓިވް ވިޔަސް ކޯވިޑް 19 ނެގެޓިވް ވެދާނެ. އެއީ އެވާގޮތަކީ! ނޫސްވެރިން ވެސް ނިކަން އެ ދޭތި ތަފާތު ހޯދައި އާންމުނަ ލިޔުމެއް ގެނެސްދީބަލަ.

    • ލ

      ބޮޑު ވަރު ތިއީ.... މި ސަރުކާރަށް ރަގަޅަށް އެއްކަމެއް ވެސް ކުރެވޭތަ... ޓެސްޓް ކުރަނީ އެއް ނޫން... ޓެސްޓް ރަގަޅަށް ހަދަނީ އެއް ނޫން...

    • ދިވެއްސެއް

      އެއި ދޮންނަ އެއްޗެއް ނޫން. އެއް ފަ ހަރު ބޭނުން ކޮށްފަ އުކާލަ އެއްޗެއް....

      3
      4
      • ޅޮ

        ޖެއްސުމަށޭ ދޮންނަން އެބުނީ

  2. އައްޑޫ މީހާ

    ސަރުކާރުން ބަލި ނެތޭ ކިޔާފަ، މަކަރުން ތިޔަ އުޅެނީ އައްޑޫގަ ބަލި ފަތުރާންވެގެން...

    62
    27
  3. ސިނެކް

    الحمد لله

    77
  4. މަރީ

    ކިޓްތަކުގެ މައްސަލަ އެބައުޅޭ...... ސަމާލުވޭ

  5. ސައްތާރު

    ރަނގަޅަށް ވިއްޔާ ޕޮޒިޓިވް ކަމަށް ބުނި މީހުންގެ ދެބައިކުޅާ އެއްބައި މީހުން ނެގެޓިވްވާނެ. ތަންކޮޅެއް ޒިންމާދާރުވެބަލަ. މީކީ ކުޅޭ ކުޅިވަރެއްނޫންވިއްޔަ.

  6. ހާދަދެރައޭ

    ތީވަރައްދެރަކަމެއް މިހާރު ތިޔަކުރާޓެސްޓަކުން ވާއެއްނުވާއެއް ނޭންގޭ ހީވަނީ މާގިނައިން މަަަސައްކަތް ކުރަންޖެހިގެން މެޝިންތައް ރުޅިއައީހެން

  7. ޔާމިން

    ތި ޓެސްޓް ކިޓުތަށް ރަގަޅުތަ.

  8. ހަސަނު

    މީކި ހިނެއްވާ ކަމެއްތަ އެއްފަ ހަރު ބުނާނެ ފައްސިޔޭ، ބައްތިޔޭ،ކައްޕިޔޭ. މަށައް ވިސްނޭގޮތުން ތިޓެސްޓު ހަދާ މެށިނެއް ގޯ ހެއްނުވާނެ އޭގައިން ލިބޭ ރިޒަލްޓް ރީޑް ކުރަން ތިބޭމީ ހުން އެކުރާގޮތް ގޯސްވަނީ ހެން ހީވަނީ. އެ ހެންޏާ މެށިނުން ދެފަ ހަރު ދެގޮތައް ނަތީޖާ އާދޭތަ. ތިކަމަށް އެކަށީގެންވާ މީ ހުންލައްވާ ތިކަންކުރަންފެނޭ.

  9. ޒައިނާ

    ޢައްޑޫ މީހާއަށް އަށް ހާދަ ބޮޑަކަށް ތިއެގެނީ.ސަރުކާރަކުން ނޫން ބަލި ފަތުރަން އުޅެނީ.އައްޑޫ މީހުންނަށް މުވައްސަސާ ތަކުގެ އިރުޝާދު ތަކަށް ބޯނުލެބެނީ.. މަށަށް ހީވަނީ ތި މީހާއަށް އަށް ތިހާ އެނގޭއިރު ކީއްވެބާ މިހާދުވަސް ވަންދެން އެއްޗެކޭ ނުބުނެ ތިހުންނަނީ މީހުންނަށް ބަލާފަ ޓެސްޓް ނުކިިޮައްވެސް ތިހާ މޮޅު މީހަކަށް ޕޮޒިޓިވް ވެފައިި ހުންނަ ފެނުނަސް

  10. އަހުމަދު

    ޢަލްހަމްދު ލިﷲ
    ޓިޓެސްޓު ހަދާކުދިން އައްސިވަނީބާ... ނުވަތަ ކިޓް އައްސި ވަނީބާ...؟

  11. ހަސަދު

    މިހާރު ތިޔަވިދާޅުވާ 780 އަދަދަށް ވެސް ޝައްކު. ޓެސްޓު ތަކުގެ އިތުބާރު ގެއްލިއްޖެ. ނަސީބެއްނު ހިތުގެ މައްސަލަ ހުރި މީހާ އަށް ނުބައި ބެހެއްދީގެން ހަލާކު ނުވިކަން. މުޅި ސިސްތަމް ފެއިލް.

  12. އެކްޓަރ

    އަނެއްކާާ ބަލި ޕޮޒިޓިވްވެފަ ކަމަށް ވިދާޅުވި މީހުން ހަމަ 100% ޕޮޒިޓިވްތޯ.... މިއީ ވ ބޮޑް ހާސްކަމެއްގެ ތެރޭ ތިބި ދިވެހިންގެ ކަންބޮޑްވުމެއް..ގިނަ ބޭފުޅުންގެ 14 ދުވަސް ވާއިރުވެސް އެއްވެސް ބަލީގެ ނިޝާނެއްނެތް... އައިސީޔޫގެ ރޭޓް ވަރަށްމަދު.. ވެންޓިލޭޓަރތަކަށް ލެވިފަނެތް.... އަނެއްކާ އެހެން ވައްތަރެއްގެ ވައިރަސް އެއް އުޅެނީބާ....

  13. ކޮކްޓޭލް އަ

    މިހާރު އެނބަ އެނގޭބާ ތިޔަ ވާއެއްޗެއް ނުވާއެއްޗެއް އާބަހެއް ހަދައިގެން ނައްސި އޭ ފައްސިއޭ ކިޔީމަ ކަމަކުނުދާނެ ރައްޔަތުން މިތިބީ ބިރުވެރި ހާލަތެއްގަ ރަނގަޅު މައުލޫމާތު ދެވޭތޯ ބަލާ މުޅިގައުމު ހާސްކަމެއްގެ ތެރޭގަ މީކުޅޭ ކުޅޭ ކުޅިވަރެއްތޯ

  14. އަޝްރަފް

    ހަމަ ކޮންމެ މީހަކުވެސް އެހާ އަވަހަށް 03 ޓެސްޓް ހަދާލާފަ ނަތީޖާ ނެރެނީ ކުރިންވެސް ގެންގުޅޭ އުސޫލުބާ؟ ނޫނީ އައްޑޫ ރައްޔިތުން ހާޑްވެގެން ސަރުކާރު އިސްތިއުފާއަށް ގޮވާފާނެތީ އެއްޗެއް ކިޔާލީބާ؟ ހެޔޮނުވާނެ ދޮގުނުހަދާ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީބަލަ ކަލޭމެން ރައްޔިތުންގެ ފައިސާވެސް ކަނީނުން މަކަރާ ހީލަތުން އެކި ނަންނަމުގަ!

  15. ޢަސްލަމު

    އަނެއްކާ ތިޓެސްޓް ކުރެވުނީ ރަގަޅުމީހާތަ،،ނަންބަރު ޖެހުމުގައި އޮޅުން އެރީބާ،،،

  16. ބައްލަވާ

    ޗައިނާ ގެ މުސްލިމުން މަރާ އަނިޔާކުރާމީހުން ހަދާ ޓެސްޓުކިތަކާއި އިންޑިޔާގެ ގެރިގުޔާއި ހީސް ބޮއެގެން އުޅޭމީހުން ހަދާ ޓެސްޓްކިޓުތަކަށް އިތުބާރުކުރަންވީމާ އަހަރެމެން ދިވެހި މުސްލިމުންނަށް ޖެހޭނީ ފައްސިއެއް އައްސިއެއްނެތި އައްސިވެފަ މިހެންތިބޭށެވެ. މިހެންބުނީމާ މިދެބައިމީހުންގެ ދިވެހި ޢައުވާނުން ބަވާނީ މަށަށެވެ. އެހެނަސް ކަންއޮތީމިހެނެވެ. މިއޮށްފަދަ ރަމަޟާން މަހުޖެހިފައިމިވާ ޙާލަތާއިމެދު ވިސްނާފިކުރު ކޮށްލައްވަބަލާށެވެ.

  17. އަންނި

    މީ މާލެ މީހުން އުފައްދައިގެން އުޅޭ ވައިރަހެއް

  18. ޑައެލޯގް

    އެމްޑީޕީގެ ވައުދުފުރިހަމަވެއްޖެއެވެ. އެމީހުންބުނީ "ކޮރޯނާޖައްސާފައޭ ކާމިޔާބުކުރާނީ" ދެންބުނީ "ޓުވަރިޒަމް ބޯއިކޮޓް ކުރަން" ދެންއަތްޖަހާ ބާރަށް

  19. މޯދީ ގެރިގުއި

    ކޮވިޑް19 ކިޔައިގެން ސަރުކާރުން މިކުޅެނީ ފޭކް ގޭމް

  20. މޫސާ

    ސަރުކާރުން އޮރިޔާން ނިވާ ކުރީ އޯކޭ ވާނެ

  21. ޑީޑީ

    މިއީސަރުކާރުގެ ފެއިލްވުމެއް އެޗްޕީއޭއަކައްއިތުބާރެއްނެތް

  22. އަޅުގަނޑު

    ޓެސްޓް ކިޓް ތައް ނުވަތަ ސާމްޕަލް ނެގުން ނުވަތަ އެނޫންވެސް ޓެސްޓިން އަށް ސީދާ އަސަރުކުރާ ކަމެއްގައި މައްސަލައެއް އުޅެނީބާ؟ ?

  23. ވާނުވާ

    މަށަށް ފެންނަނީ ތިޔަ ޓެސްޓް ކިޓްތަކާއި މެޝިންތައްވެސް ޓެސްޓް ކުރަން. މިހާރު ނޭނގެ އެއްނު އެހެންވީމަ އެޔެއް މިއެއް. މިހާރު ފައްސިވެފަ ތިބި މީހުން އަނެއްކާ އަސްލަށްވެސް ފައްސިކަމާމެދު މިހާރު ޝައްކު.?

  24. ސިރާޖު

    الحمد لله

  25. ޙުސޭ

    ސުންކު ކޯޗެއްކަން ނޭގޭ މީހުން ގިނަވާނީ
    މިހާރު ގިނަކުދިން ބަައްޕަޔައްވެސް ކިޔާނީ ޑެޑީ.

  26. ޔާމިން

    ޓެސްޓް ކިޓު ރަގަޅުތަ.

  27. ޑެއިލް

    އެއިރުން އައްޑޫއަށް ޓެސްޓްކިޓް ނުފޮނުވާ ވެދާނެ. ފައްސިވެއްޖޭ ބުނީވެސް ސަރުކާރުން. މިހާރުތިކިޔަނީ ކީކޭބާ. ތިކިޓުތަކަށް އިތުބާރުނުކުރެވޭ. ނޫނީ ސަރުކާރުން އޮޅުވާލަނީ.