ކޮވިޑް-19 އާއި އެހެނިހެން ބަލިތަކުން ކުޑަކުދިން ރައްކާތެރިކޮށް ދިނުމަކީ އަމާޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އިރު، އެ ބަލިންނާއި އެހެނިހެން ބަލިތަކުން ކުޑަކުދިން ރައްކާތެރިކޮށް ދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
A very happy children’s day to all children. As we battle COVID 19, I want to reaffirm our goal to keep our children safe not only from this disease but also secure a happy future for them by ensuring they have access to good nutrition, education, and protection from violence.
— Ibrahim Mohamed Solih (@ibusolih) May 10, 2020
މީގެއިތުރުން ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ކަށަވަރުކޮށް ދެއްވުމުގެ ގޮތުން އެ ކުދިންނަށް އެކަށީގެންވާ ކާނާ އާއި ރަނގަޅު ތައުލީމު އަދި އަނިޔާއިން ރައްކާތެރިކަން ލިބުން ކަށަވަރުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވައިފައެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނަ އިރު، މި ބަލި ޖެހިފައި ތިބި ކުޑަކުދިންގެ އަދަދު ވަރަށް މަދެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އުމުރުން 10 އަހަރުން ދަށުގެ 13 ކުއްޖަކަށް މި ބަލި ޖެހިފައިވެއެވެ. އަދި އުމުރުން 11 އަހަރާއި 20 އަހަރާއި ދެމެދުގެ 34 މީހަކަށް ބަލި ޖެހިފައިވެއެވެ.
ރާއްޖެ އިން މިހާތަނަށް 790 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ގިނަ އިން މި ބަލި ޖެހިފައި ވަނީ ބިދޭސީންނަށެވެ.
އިބުރާހިމަށް ޝުކުރިއްޔާ .. މިއުޅޭ ދަތިހާލާމެދު އެއްވެސް ވަރަކައް ވިސްނާނުލާ ތިހުންނަނީ ބޮނދަނައެއްހެން ފިލާ.
ބޮޑެތި ޤައުމުތަކުގެ ރައީސުން ކޮވިޑް އާއި ގުޅިގެން އެ ސަރުކާރު ތަކުން ބާއްވާ ޕެރެސްގައި ބައިވެރިވެ ރައްޔިތުންނަށް ހިއްވަރުދެއްވާ ބައިވެރިވެވަޑާއިގެންނަވާ ބައްލަވާ އެމެރިކާ، އޮސްޓްރިއާ، ރޫމެއިނިޔާ އެކަމުގެ ރާއްޖޭގެ ރައީސު ފިލާ އޮވެ ތިން ހަފްތާއިން އެއްފަހަރު ހޮރުން ނުކުމެ ރައްޔިތުންގެ ކުރިމަތީގައި ރޮއި ރޮއި ފަ ހޮރަށް ވަދެ ފިލާ އޮންނަނީ. ރޮނީވެސް ސަރުކާރުގެ ނާޤަބިލް ކަމާއި ހެދި ރައްޔިތުން ރުޅި އައިސްދާނެތީ ރައްޔިތުންގެ ހަމްދަރުދީ ހޯދަން.
ހަމަ އަސްލުވެސް ތެދެއް
ކޮސް މުގޮވާ އިސްތިއުފާ ދީފަ ގެއަށް ކުޑަކުދިން ހިމާޔަތް މިވަރަށް ކުރި ސަރުކާރެއް އަދި ނާދޭ.ލަދު..
ވެރިކަމަށް އައި ފަހުން އިނގިރޭސި ބަސް ދަސް ކުރެއްވީ ދެއްތޯ. އެކަމަކު އިނގިރޭސި ބަސް އިހަކަށް ދުވަހު ދަސްކުރިޔަށް ދިވެހީން ނާއި އަދި ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ޓުވިޓް ކުރާ ވަނީ ދިވެހި ބަހުން ލިޔެގެން. މިހާރު ޓުވިޓާރ ގައި ވެސް ދިވެހި ފޮންޓުން ލިޔެވޭ. ތި ދެން ބޮޑުވަރު އިނގިރޭސި ބަސް އިހަށް ދުވަހު ދަސްކުރިޔަށް. ކީކޭ ބުނާނީ..
ޕޮސިޓިވް ވެފައިވާ 30 ބަންގްލަދޭޝް މީހުން ފިލައިން މުޖުތަމައު ތެރޭގައި އުޅޭ ކަން ސިއްރު ކުރަނީ ތޯ؟
ކިހިނެއް ގަބޫލު ކުރާނީ.. ތީ ހަމަ ބުނެލާ ބުނެލުމެއް... މީގެ 3 މަސް ކުރިން ވެސް ރައްޔިތުން ހައްދާލާފަ ބަޖޭޓް ބަހާ ބަނޑުއަޅާލީ.. އަދިވެސް ކަނީ.. ކުރެވޭ ކަމެއް ހަމަ ހާރާމް... ރައްޔިތުން ތިކަން ދަންނާނެ ...... އޭރުވެސް ބުނި އެތައް ޕްލޭން އަކާއެކީގަ އެތައް މިލިއަން އެއް ހަރަދުކޮށްފަ ރެޑީ އޭ .. 20 މީހުން ޕޮސިޓިވް ވިތަނާ އަތައް ގޮވީ ހެދިހާ ދޮގުތައް
ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ.... ތީބޮޑު އަނގައެއް....
މީނަމީ ހޯރަ އިއްބެ ކުޑަކުދިންނާއި ބެހުމުން އޭނަގެ އަދަބު ލުއިކޮށްދިން މީހެއް. މީނަގެ އަމަލުން އެނގެނީ މީނަގެވެސް ކުޑަކުދިންނާއި ބެހޭފިކުރު ހުރިކަން. ކުޑަކުއްޖަކާއި އެކު މީނަފެނުމުންވެސް މީނަގެ ފަކުރުކަން ފެނޭ،
މީ ތަނެއްގަ ހުރިހަމަ ބުރާންޗެއް؟
ޑރ. ފައިސަލް ވިދާޅުވީ މުޅިން އެހެން ވާހަކައެއް!
ތިކަހަލަ އަމާޒުތައް ނެރުމުން އެނގެނީ ރައީސްއަށް އަދިވެސް މިކަމުގެ ތެރެއަށް ނުވަދެވޭކަން. އިޤްތިސާދުވެސް ނޭގޭކަން. ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވެކްސިނެން ލިބިފަިއިވެސް ނެތިސް މައިން ވަކި ސަލާމަތް ނުކޮށް ޅަދަރިން ސަލާމަތް ކުރާނެ ފޯމިއުލާއެއް އަދި ނެތް، މާތްﷲ ގެ ތަނަވަސް ރަޙްމަތްފުޅުން އަޅަމެންގެ ދަރިން ރައްކާތެރިކޮށްދެއްވާށި.
ރައީސް މީގެ ކުރިން ބުނެފައިވޭ، މިއީ ދަތުރުކުރުމުގައި އުޅޭ ތާއްޓެކޭ، ބޭންކުތަކުގައި ލާރިއެބަހުއްޓޭ. އެހެން ވިދާޅުވިއިރު ދުނިޔޭގެ އެހެން މިޙުން ބުނަނީ ތަފާތު ވާހަކައެއް. މިޔަދު ދިވެހި ޤައުމުން މިއިވިނީ ރައްޔިތުންގެ އަތުގައިވާމާލު ހުއްވެ، ފެންޝަން ފައްޑުން ނަގާވާހަކަ.
ޒިންމާދާރުކާމާއެކު ވާޙަކަ ދެއްކެވުން މުހިއްމު.
ﷲ ގެ އެއްކައުވަންތަ ކަމާމެދު ސުވާލު އުފައްދާ އިސްރާއާއި މިޢްރާޖަކީ މުސްލިމުން ދައްކާ ފުލޯކު ވާހަކައެއްކަމަށްބުނެ ކީރިތި މޫރިތި ޤުރްއާނަށް މަލާމާތްކޮށް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މާތް ﷲ ފޮނުއްވި ކީރިތި މާތް ރަސޫލާއަށް ޖޯކުޖަހާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރި ލާދީނީ މީހުންގެ މައްޗަށް ޤާނޫނު ނުހިންގާ ފިޔަވަޅުނާޅާ އަދަބުނުދިނުމަކީ ވެސް " އަމާޒެއް " ކުޑަކުދިން އުރާލުމަކީ މި ސަރުކާރުގެ " އަމާޒެއް "
ވެރިކަމަށް އައި ފަހުން އިނގިރޭސި ބަސް ދަސް ކުރެއްވީ ދެއްތޯ. އެކަމަކު އިނގިރޭސި ބަސް އިހަކަށް ދުވަހު ދަސްކުރިޔަށް ދިވެހީން ނާއި އަދި ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ޓުވިޓް ކުރާ ވަނީ ދިވެހި ބަހުން ލިޔެގެން. މިހާރު ޓުވިޓާރ ގައި ވެސް ދިވެހި ފޮންޓުން ލިޔެވޭ. ތި ދެން ބޮޑުވަރު އިނގިރޭސި ބަސް އިހަށް ދުވަހު ދަސްކުރިޔަށް. ކީކޭ ބުނާނީ..
މީނަ އަމާޒުކޮށްގެން ރަނގަޅަށްދިޔަ ކަމެއް އެބައޮތްތަ؟
ޙުސްފޮނި އަމަލެއް ނެތް.
ރައީސް ކޮސްނުގޮވާ އިސްތިއުފާދީ ލަދުން ސަލާމައްވުމައް ތިކޮސްމިހާރު އަޑުއަހަނީ މަދު ބައެއް ވީވައުދުތައް ކިއްލިޕެކެޓްގަބަންދުކޮއްލާ
ފޯޓޯ އަބުދު. އަގައިން ހުރިހާކަމެއްވެސް ކުރައްވާ. ކަން ހިނގަނީ ދިމާ އިދިކޮޅަށް.
އިބުރޭގެ އަމާޒު އޮރިއެއްނު.. މަގޭ ގޭގަ އެބަ އުޅޭ ޑިއުޓީ ކުރާ ޕޮލިހެއް... އޭނާ ޑިއުޓީގަ އުޅެއުޅެފަ އައިސް އެވަންނަން ޖެހެނީ އޭނާގެ ކުޑަ ދަރި އަދި ހަކުރު ބަލި ހުންނަ މަންމަ ދިރިއުޅޭ ތަނައް.އެފަކީރަށް ނިދާނެ ތަނެއްވެސް ނުދޭ.. ދެން ޓީވީއަށް އަރާ ފޮނިތިކަނޑަނީ.. ނުވިތާކަށް އެމްސީ ހަމީދު ދުވަނީ ރާބޯން... ކޮން އަމާޒެކޭ ކިޔާކަށް..
ތާރީޚުގައި ކުޑަކުދިންގެ ޙައްޤުތަކަށް މިވަރުގެ އިހުމާލެއްވި ސަރުކާރެއް ދިވެހިން ދެކެފައެއް ނުވޭ. ޤައުމު ހިންގަވަން ހިތަކަށް ލިބިވަޑައިގަތީމާ ވެސް ޤައުމެއް ވެސް ނުހިންގެވުނުކަން ދިވެހިންނަށް ކަށަވަރު ވެއްޖެ. އަވަހަށް އިސްތިއުފާދެއްވާ!
ސެލްފީ ނެގުމުގައި ތާއަބަދު. އިސްތިއުފާ ދޭން ފަސްޖެހެންވީ ކީއްވެ. ކޮސްވާހަކަ ނުދައްކާ. ދިވެހިން މިކަހަލަ ވެރިކަމެއް ބޭނުމެއް ނުވޭ. އެންމެން މިދަނީ ބިކަވެ ބަލިޙާލުގައި ބަނޑަށް މަރުވެގެން.
ކުދިން ހިމާޔައްކުރާނީ ކޮތަރުހިމާޔައް ކުރިހެންތަ ކޮތަރުވެސްހިމާޔައްކޮއްފަ ކާނެއެއްޗެއްނުލިބި މަރުވަނީ