ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗެހި ނިރުބުވެރި (ޓެރަރިސްޓް) ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ތިބީ ޓެގް އަޅުވާފައި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެ ބިދޭސީންނަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން މިނިވަންވެފައިވާ ކަން ފުލުހުން ރޭ ވަނީ ކަށަވަރުކޮށްދީފައެވެ.
އެ ބިދޭސިންނަށް ހަމަލާދިނީ ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހެކެެވެ.
ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅޭ މީހުން މިނިވަންވީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އެމީހުންގެ މައްޗަށް ދައުވާ ނުއުފުލުމުން ކަމަށެވެ.
"ހުޅުމާލޭގައި ތިން ބިދޭސީންނަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ބަންދުކުރެވިފައި ތިބި މީހުންގެ ތަޙްޤީޤު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"މިމައްސަލައިގައި ފުލުހުންގެ ތަޙްޤީޤަށް ހޯދާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ ނިންމެވުމާއި ގުޅިގެން މިމައްސަލައިގައި ބަންދު ކުރެވިފައި ތިބި މީހުން ވަނީ ބަންދު ދޫކުރެވިފައި." ފުލުހުން ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، އިއްޔެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ސީނިއާ ފުލުހުންނާއި، ރައީސް އޮފީހުގެ ގާނޫނީ ވަކީލުންނާއެކު އެ މައްސަލައާ ގުޅޭގޮތުން ވާހަކަދެކެވިގެން ދިޔަ ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގަށް އެކަށީގެންވާ ހެކި ހޯދަން ކުރި މަސައްކަތް ރަނގަޅު ކަމަށްވެސް ހަމީދު ވަނީ ފާހަގަކޮށްފައެވެ.
އަދި މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް ގުޅިގެން އިތުރު ގޮތްގޮތުން ހުރިކަންކަން ބަލަމުން އަންނަ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އަދި އެމީހުން ދޫކޮށްލާފައި ތިބޭ މުއްދަތުގައި މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހައިކޯޓުން ނެރެފައިވާ މޮނިކޮމް ޢަމުރުގެ ދަށުން އެމީހުން މޮނިޓަރ ކުރެވެމުންދާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އަދުލުއިންސާފު ގާއިމް ކުރެވިއްޖެ. ކޯޓުތައް ހަމަމަގަށް އެޅުވިއްޖެ ޕީޖީ އިންސާފުވެރިވެއްޖެ. ޖުދިޝަރީ އިސްލާހުކުރެވި ނިމިއްޖެ. ކުށްކުރާމީހުންގެ މައްޗަށް ދައުވާކުރެވޭނެ ގޮތެއް ނުހޯދުނު.
ސީޕީބުނި ހަނދާންވޭ ޕީޖީން ދައުވާ އުފުލޭވަރަށް ޕީޖީއާގުޅިގެން އެމީހުން ދޫނުވާނެހެން ފުރިހަމަ ތަހުގީގެއް ކުރާނަމޯ. ކޮންތާކުމިޖެހުނީ. އަނެއްކާ އެއީ ޕާޓީގެ ކުދިންކޮޅެއްބާ؟؟؟؟
ޓެގް އަޅުވަބަލަ .... އެހެންވީމާ އުމަރުކިހާ ފައްކާ.
މިހާރުވެސް ކާއެތިކޮޅު ހޯދަން ފިހާރައެއްގެ ކިއޫގަޖެހިގެން ހުއްޓާ ޕޮލިހުން ދީފަ އޮންނަ އެއްގަޑި އިރު ހަމަވެއްޖެ ފިހާރަ އަށް ނުވަދެވޭ އެހިސާބުން ގަވާއިދާ ިިިިިޚިލާފުވީ ޖުރުމައިނާ ސްލިޕް ލިބުނީ ކާއެތިކޮޅުވެސް ނުގަނެވި ދާންޖެހުނީ މިހާރު މަގުމަތީ އުޅޭ ޕޮލޮހުންގެ ހާލު.
ބިދޭސީންނަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން މިނިވަންވެފައިވާ ކަން ފުލުހުން ރޭ ވަނީ ކަށަވަރުކޮށްދީފައެވެ
.ނައިޓް ކްލަބެއް ކަމަށް ބެލެވޭ ތަނެއްގައި ގިނަ ބަޔަކު ބަނގުރާ ބޮމުން ދިޔައިރު އެތަނުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ހުންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ކަމަށް ބުނެ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
އެހެރަ ފެންނަ ނަސީދުގެ ފައިގަ އެއްޗެއް އަޅުވަބަ ހޮޔޮނުވާނެ އެވެސް ނުލާހިކު ދޫވިހަ ނުލަފާ އެއްޗެއް
މޮނިކޮމް އަމުރު މިހާރު އޯކޭތަ؟..ފަ ޑިޔާރުގެތަށް ވަރަށް ރަގަޅަށް އިސްލާހު ކޮށްފި.
މީންދެ އެތި ގައިގަ ޓެގް އަޅުވާބަލަ
ޓެގު އަޅުވަބަލަ ހަމީދު ފައިގައި ދެން ބުއްޅަ ނަޝީދު ފައިގައި
މިނިވަންވި ބައެއްގެ ފައިގަ ގޮންގޮތަކުންތޯ ޓެގުއަޅުވަނީ އެކަށީގެންވާވަރައް ހެކިނުލިބިގެން ދަޢުވާނުކުރެވުނީމާ އެއޮތީ ފެއިލްވެފާ
ރާބޮއެ ކުލަބު ކުރާމީހުނަކަށް އަހަރެމެން ނުކުރަން އިތުބާރެއް