ބަނގުރާ ބޮަމުން ދިޔަ ތަނެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހުންނެވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމާބެހޭ ފަރާތްތަކުގައި އެދެން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ ރޭ ވިދާޅުވެއްޖެއެވެ.

ބަނގުރާ ހުރި ތަނެއްގައި ދިވެހިންގެ ބަޔަކު އެ ތަކެތި ބޭނުން ކުރާ މަންޒަރުތަކެއް އެކުލެވޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ އިރު، އެ ތަނުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވެސް ހުންނަވައެވެ. އެކަމަކު، އެއީ ކޮން އިރެއްގެ ފޮޓޯތަކެއް ކަމެއް ފޮޓޯތައް އާންމު ކުރި "އެނޮނިމަސް" އިން ބުނެފައެއް ނުވެއެވެ.

މި ފޮޓޯތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަދި ސަރުކާރުން ވެސް ވަކި އެއްޗެއް އަދި ނުބުނެއެވެ. މި ފޮޓޯތަކާ ގުޅިގެން ހަމީދަށް ވަނީ ފާޑު ކިއުން އަމާޒުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ހަމީދުގެ އިސްތިއުފާ އަށް ގޮވާލައި ބަޔާނެއް ވެސް ނެރެފައެވެ.

އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިސް ކޮމިޝަނަރާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރުގެ ހުވަޔާ އެއްގޮތަށް އިމްރާން އަމަލު ކުރަން ވާނެ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށް ވިދާޅުވިއެވެ.

އުމަރު ވަނީ އޭނާގެ ވަޒީރު ކަމުުގައި ހިނގައިދިޔަ ބައެއް ކަންކަމާއި ގުޅިގެން އޭރު ހުންނެވި ފުލުސް ކޮމިޝަނަރުގެ މައްސަލަ ބަލަން ވެސް ފޮނުވި ކަމަށް ވިދާޅުވެފައެވެ.

"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެނޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ގާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައި. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތައް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފައި،" އުމަރު ނަސީރު ލިޔުއްވާފައިވެއެވެ.

އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ކަން ކުރެއްވުމަކީ ތޯތޯ ކަމެއް ނޫން ކަމަށާއި ގާނޫނުގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވައިދޭން ވާނެ ކަމަށެވެ. އެހެންވެ، އިމްރާން ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ވެސް އުމަރު ވަނީ ގޮވާލައްވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހޯ ގުޅާ---

    ގޯތި ބޮޑު އަގުގައި ކުއްޔަށްދީ ގެން އެލިބޭ ލާރި ހުސްކުރަން ނު ބޯ މީހެއް އެބަހުރިބާ؟

    25
    12
  2. ޙައްގުބަސް

    އުމަރު ނަސީރަކީ ޙަގީގަތުގައިވެސް ވަރަށް ވިސްނުން ތޫނު ވަރަށް ހަރުދަނާ ސިޔާސަތު ތަކެއް ގެންގުޅުއްވާ ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވޭ!! އޭނާ އަކީ އެއްގޮތެއްގައި ހުންނަ މީހެއް!! ބޯވައެއްހެން އެއިރަކު ނެގެން އޮތް ފައިދާއެއް ނެގޭގޮތަށް އޭނާގެ ސިޔާސީ ވިސްނުން ބަދަލުކުރާ މީހެއްނޫން!! އޭނާގެ ސިޔާސަތުތަކަކީ ވަރަށް ގައުމީ ސިޔާސަތުތަކެއް!! ގައުމުގައި އިސްލާމްދީން މަތިވެރިކުރުވަން ބޭނުންވާކަން ހާމަކޮށްދޭ ސިޔާސަތުތަކެއް!! ގައުމީ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާ އެއާ އެހެން ބަޔަކު ކައިރިވިޔަ ނުދިނުމުގެ ސިޔާސަތު ތަކެއް!! ކޮންމެ މީހަކާ މެދިވެސް ފިޔަވަޅު އަޅާނެކަން ހާމަކުރާ ސިޔާސަތުތަކެއް ގެންގުޅުއްވާތަން ފެނޭ!! އެއީ ޕީޕީއެމްގެވެސް ފިކުރު!! އެފިކުރު އަބަދު އެގެންގުޅުއްވަނީ!! ޔާމީންގެ ދައުރުގައިވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެގޮތަށް ފިޔަވަޅު އަޅަމުން އުމަރު ގެންދެމުން!! ޔާމީން އަސްލު އުމަރަށް ފުރުސަތުދީގެން އުޅުނުނަމަ ވެރިން އަދިވެސް އޮތީސް!! ޔާމީންގެ ވެރިކަން ނިމުމަކަށް އައީ އެންމެ މީހަކަށް މާބޮޑަށް އިތުބާރު ކުރެވުމުން!! އެއީ އަދީބުއަށް!! އޭނާ ބުނާ ކޮންމެ ވާހަކައެެއް ކުރާ ކޮންމެކަމެއް އޯކޭވެގެން ދެލޯމަރަައިގެން ޔާމީނަށް ހުރެވުމުން ޔާމީންގެ ގާބިލް މުޅި ޓީމު އޮޔާދިޔައީ! ޕޫބެއަރ އަޑީގައި ހުރެގެން ކާނަލް ނާޒިމް ދުއްވާލީ!! ޕޫބެއަރ އަޑީގައި ހުރެގެން އުމަރުގެ ފިޔަކޮށާލާ ބޭރުވާން މަޖުބޫރުކުރުވީ!! އުމަރާ ނާޒިމާ ދިޔަ ހިސާބުން ދެން ޕޫބެއަރ އެއްކޮށް ހިންދެމިލީ!! އުމަރަކީ މިގައުމުގެ ހޯމް މިނިސްޓަރުކަން ކުރަން ހަމަ ވަރަށް ރަގަނޅު މީހެއް!! އޭނާ މަސައްކަތްކުރަން އުޅުނުގޮތަށް މަސައްކަތްކުރެވުނުނަމަ މިގައުމުގައި މިއަދަކު ގޭންގެއްވެސް ނޮއޮންނާނެ!! އެހެން އެތައް ކަމެއް ރަގަނޅުވީސް!!

    10
    2
  3. ލަކީ

    ހެހެ މޮޔަގޮވަން ފެށީ ހަމަ ދޯ

    9
    36
  4. ނާދިރާ

    މޭޑޭގަ ތިޔަ އިމްރާން ދެއްކި ދޮގުވާހަކަތައް އޭނަޔަކީ ކިހާވަރެއްގެ މީއްކަން ހެޔޮވިސްނޭ ބަޔަކަށް އަންގައިދީފި

    57
    3
  5. ޙުއްތު

    މައްސަލަ ބަލައި ނިމިއްޖެ ނިމުނު ގޮތަކީ މައްސަލައިގައި އުމަރު ކުއްވެރިވާކަމަށް އަދި 1 އަހަރަށް ހއ.އުލިގަމަށް އަރުވާލުމަށް

    25
    8
  6. ބެއްޔާ

    ނުޖެހޭ އަންގާކައް!

    5
    40
    • އަހަންމަދު

      ކޮބައިތަ ރައީސުލް ޖުމްހޫރިއްޔާ. ނަގޫ ފިތިފަ ހުރިކަމަށް ބެލެވެނީ. އެހެންވިއްޔާ ނައިބު ރައީސް
      ކޮބައިތަ. އޭނަ ހުރީ ކޮންތަނެއް ފިތިފަކަމެއް
      ނުވެސް އެގޭ. ލަދުން ހަލާކު. މިކުރަނީވެސް
      ވެރިކަމެއްދޯ.

  7. ހުސޭނުބޭ

    ތި މައްސަލަ އިމްރާނަށް ބެއްލެވެންއޮތީ ހަމައެކަނި ލޮލުން. އެނޫންގޮތަކަށް ބަލަން ދިމާކުރިއްޔާ ބުއްޅަބޭ ކޯފާވާނެ! ބުއްޅަބޭ އިގިލި ތަޅުވާލިޔަސް އިމްރާނުގެ މިނިސްޓަރުކަން ގެއްލޭނެކަން ޔަޤީން! އެފަކީރު ބުއްޅަބޭދެކެ އެހައި ބިރުގަނޭ!

    61
    2
  8. ޏ

    ޥާވާ ކިޔާބާތުހޭ. ޢުމަރުޜަޢިސް

    24
    5
  9. ޙަަރުން

    ޢިމްރާން ކައިރި ބުނޭ ނެޕީ ބަދަލުުކުރާށޭ..މެމީ ޕޮކޯ ޕޭންޓްސް...ވަގުންގެ ހިމާޔަތުގަ ދެގޮތެއްނުވާ އިހްލާސްތެރިއެއް އެއީ...

    44
    1
  10. ޙަބީބު.

    މަ ރުހަބާއުމަ ރުނަސީ ރު މަނިކުފާނައް މި ރާއްޖޭގެ ވެ ރިކަން ހަވާލުކު ރަން ވަ ރައްބޭނުން ތިފަދަ އަޒުމެއްހު ރި ދަ ރިޔެއްބޭނުމީ

    42
    3
  11. މވމސ

    ރާއްޖެއަކު ވެރިކަން ހަވާލުކުރާވަރު އިތުބާރުހުރި އިޚްލާސްތެރި އަދި ދީންވެރި އެކަކުވެސް ނެތް ހެން ހީވޭ.. މިއީ ގައުމަކައް ލިބޭނެ އެންމެބޮޑު ނިކަމެތިކަން..

  12. ސޮމެޮނެ

    ސައިބޯނި ލައިގެން އަތްޕުޅު ދޮންނެވިންތޯ ؟؟؟

    1
    2
  13. އަލްޖިބްރާ

    ބަގުރާ ބޯތަނެއްގައި މީހަކު ހުރެގެން އެމީހާގެ މައްސަލަ ބަލަން ޖެހޭނަމަ ރާއްޖޭގެ ހުރިހާ ރެސޯރޓެއްގައި އުޅޭ ދިވެހިންގެ މައްސަލަ ވެސް ބަލަންޖެހޭނެ !

    4
    24
  14. ައަލި

    ޝޭހަކީ ސޭކެއް

  15. ސަޓޯ

    ނުބުނާނެ... ނުކުރާނެ... އޭރުން އިމްރާން ޖެހޭނީ ގޭގަ މަޑުކުރަން...

    10
  16. އަބްދުއްލަޠީފު

    މިނިސްޓަރުކަމުގެ ލައްޒަތާހުރެ ތިޔަކަމެއްނުވާނެ ދޯ އިމްރާނޫ؟ ހާދަ ހޫނު ގޮޑިއެކޭ ވާޒީރު ކަލޭގެ ގޮނޑިޔަކީ؟ އެހާފަސޭހައިން ގޮނޑިގަޑު އެއްލާލެވޭތަ؟ ހަދައިގެން ހުރި ޑިގްރީ އާ އެއްފެންވަރުގެ މުސާރަފުޅެއްލިބޭތާ އަދި 2 އަހަރުވެސް ވީކީނޫނިއްޔަ ދޯ އިމްރާނޫ؟