ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަރީފަށް ވަކީލަކު ހަމަޖައްސަން ދެ ދުވަސް ދީފިއެވެ.

ވަކީލަކާއި އެކު ޝަރީޢަތަށް ވަޑައިގަންނަވަން އަރީފަށް ދެ ދުވަސް ދީފައިވަނީ އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ޢަމަލެއް ހިންގަން އުޅުމުގެ ދަޢުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ދާދި ދެންމެއަކުއެވެ.

އަރީފްގެ މައްޗަށް ނިރުބަވެރިކަމުގެ ޢަމަލެއް ކުރާން އޫލުމުގެ ދަޢުވާ އުފުލާފައިވަނީ، ކޮމިޝަނަރ އޮފް ޕިލިސްގެ މަޤާމުގައި ހުންނަވައިގެން އިތުރު ބަޔަކާއި ގުޅިގެން، 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤާނޫނީ ސަރުކާރު، ޤާނޫނާއި ޚިލާފަށް ވައްޓާލުމަށްޓަކައި މަޤާމުގު ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، މަޤާމުގެ ބޭނުންކޮށްގެން ފުލުހުންތަކެއް ލައްވައި ޑީއުޓީގައި ތިބި އިތުރު ފުލުހުންނާއި ކުރިމަތިލައްވައި، ޤައުމުގެ އަމާންކަމާއި ސުލްޙަ މަސަލަސްކަން ނަގާލައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭފަދަ ޢަމަލުތަކެއް ހިންގުމަށް މަސައްކަތްކޮށްފައި ވާތީއެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ ސުޕްރީމް ކޯޓުން މިއަހަރު ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ނެރުނު އެ ކޯޓުގެ އެއް ނަމްބަރު އަމުރު ނެރުމުގެ ކުރިން، އެ އަމުރު ތަންފީޒުކުރުމަށް ތައްޔާރުވެ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮޕަރޭޝަނަށް ކުއްލި ބަދަލުތަކެއް އަރީފް ގެނެސްފައިވާކަންވެސް ދަޢުވާގައި ފާހަނގަކޮށްފައި ވެއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދަޢުވާ އިއްވުމުން، އަރީފް ވިދާޅުވީ ދަޢުވާ ސާފުނުވާ ކަމަށާއި މައްސަލައާއިގެން ކުރިއަށްދާން ބޭނުންވަނީ ދިފާޢީ ވަކީލަކާއިއެކު ކަމަށެވެ. މިކަމާއި ގުޅިގެން ގާޒީ ވަނީ، މައްސަލައިގައި ހަ ވަކީލަކު އައްޔަންކޮށްފައިވާކަން އެނގެން އޮތްއިރު އެ ވަކީލުން ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ގާޒީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަރީފް ވިދާޅުވީ، އޭނާ ހުންނަވަނީ ބަންދުގައި ކަމަށާއި، ވަކީލުން ވީތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް ދެ ދުވަސް ފަހުން ބާއްވާނެ ކަމަށާއި، ވަކީލުންނާއި އެކު މައްސަލައަށް ޖަވާބުދާރީވާން ތައްޔާރުވެގެން ވަޑައިގަތުމަށް އަރީފަށް ދަންނަވާކަމަށެވެ.

މި ދަޢުވާ އަރީފްގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއަށް އެއް އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

މި ދަޢުވާ އަރީފަށް ކޮށްފައިވާއިރު، އަރީފްގެ އިތުރުން ސިޔާސީ ބައެއް ބޭފުޅުންނަށްވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހަށްމަހަށް

    އަމުރާއި ހުކުމް ނެރެންވާ ގޮތް އަންގަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ކަމަށް ލީކް ކޮށްލި ބަޔާން ތަކުން އިނގެން އޮތުމުން މިއެގިގެން ދަނީ ފެބް އެކެއްގެ ކުރިން ވެސް ބޮޑު ދެ ހުކުމޭ މެން ދަ ނަހަލާލު ހުކުމް ނެރެން އެމެން ކަޓް ޖައްސާފައިވާ ކަން ބޮޑު ސޭޓް އަތުން ލާރޖް ކޮށް. އަދި އެމެން ރައީސް ވިދާޅުވިއޭ ކިޔައިގެން ބޮޑެތި ގޭސް ގަނޑު ގަނޑު ނޫންތޭ މަދަނީ ކޯޓް ގައި އެނބުރީ ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މިއަދު ބޮޑު ދެ ހުކުމޭ މެން ސަލާމަތް ކުރަން ނިކުތުމުން ތަމެންގެ ލަދު ހަޔާތް ކޮބައިތޭ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީ ނޫންތޭ ތަމެންގެ. ތަމެން ޖަސްޓް މަހަށް ދޭބަލަ ދެން. ޖަސްޓް މަހަށް ދޭބަލަ..