ފަތުރުވެރިކަން އަލުން ފަށާއިރު މިހާލަތުން ލިބޭ ފުރުސަތުތަކަށް ވިސްނަން ޖެހޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެގެ ފަތުރުވެރިކަން އަލުން ފަށައިގަންނަ އިރު މިހާރަށް ވުރެ ކަންކަން ރަނގަޅުކުރަން ލިބޭ ފުރުސަތަކަށް އެކަން ހެދުން މުހިންމު ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ވިސްނައިގެން ނޫންކަމަށާ، ޑޮލަރު ފޮއްޗެއްގެ ބޭނުމުގައި ރާއްޖެގެ ބޯޑަރުތައް ހުޅުވާ ނުލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ކްރައިސިސްގެ އޮޕޮޗިއުނިޓީ ނަގަންވީ ވަގުތު. މިއީ އަލުން ފަތުރުވެރިކަން ފަށައިގަންނަ އިރު ދިވެހިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، އެ ދާއިރާ ރިފްރެޝްކޮށް ރިމޯޓްކޮށްލަން ލިބުނު ފުރުސަތަކަށް ވެސް އަޅުގަނޑުމެންނަށް ހެދިދާނެ. އަޅުގަނޑުމެން މި ދަނީ ކޮވިޑް-19 އާއި ގުޅިގެން ސަރކާރުން ގާތްގަނޑަކަށް ދަންނަވަންޏާ މިއޮތީ ހަމަ ކޮވިޑަށް ޚާއްސަވެފައި. އެހެން މަސައްކަތްތައް މިހުރީ މަޑު ޖެހިފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އިން ރައްކާތެރުވުމުގެ ގޮތުން ބޯޑަރު ބަންދު ކޮށްފައިވާއިރު، ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހަކު ހުޅުވާލާނީ ވިޔަފާރިވެރިއަކަށްޓަކައި ނޫން ކަމަަށާއި، ބޯޑަރު ހުޅުވާލާނީ އާއްމު ރައްޔިތުންނަށްޓަކައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ގެއްލުނު މީހުންގެ ކަންކަންވެސް ވަރަށް ކައިރިން ބަލަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ގެއްލުނު މީހުން އުޅޭ ކުންފުނިތަކަށް ސަރުކާރުންދޭ ސްޓިމިއުލަސް ޕެކޭޖް ނުލިބޭނެކަން މީގެ ކުރިން ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮކްޓޭލް އަލ

    އެއީ ކޮންތާކުންގެންނަ ދިވެހިންނެއްތޯ ކުއްލިޔަކައް ރޯގާފިލާއިރައް މިއުޅެނީ ނަރުހަކުވެސް ނުލިބިގެން ކީކުރަންތޯ މަހައްފަރައް އެންމެ ކުޑަމިނުން މަސައްކަތެއްކޮއްލާނެ ދިވެއްސަކުވެސް ނެތް މިއަދު މިގައުމުގެ ބޮޑު މުސީބާތަކައް ވެގެން މިއުޅޭ ބިދޭންސީ މިވަރައް މިއޮތީ މިގައުމުގައި ދޭތެރެ ދުރުކުރިކުރީނުން 3 ޖީލު ނައްތާލުމުގެ ހިތިނަތީޖާ އެއޮއްކިޔަނީ ސިޔަރަތުގަވެސް ފަގީރު ވެދާނެކަމައް ހީކޮއް ދަރިން ނުމަރާށޭ އެކުދިންނައްވެސް ތިޔަބައިމީހޮންނައްވެސް ރިޒިގް ދެއްވަނީ ތިމަން ސުވާމީންގެޔޭ މާތް ﷲ އެވެ މިކަން އަހަރުމެންނައް ކާބަފައިން ވަނީ ތެދުކޮއްދީފައި އެއޮއްތަދުޒަމާނުގަވެސް ވަޒީފާއެއް އެއްކަމެއް ނެއްއިރުވެސް 8 ކުދިން 10 ކުދިން ބަލާ ބޮޑެތިކޮއްފައިމިޔޮތީ މީ ހަގީގަތަކީ ސުންނަތައް ގޮންޖަހާފައި ތިމާމެން ނަކީ މާމޮޅުބަޔެއް ކަމައް ހީކުރުމުގެ ހިތިނަތީޖާ ވިސްނާ މީހަކައް ފަހުމްވާނީ

    17
  2. ނާނު

    ބަލަ އައްޔާ މޮޔަނުގޮވާ ހުރެ ކަރާއިނީ ފެޅިފަ ރަހަވެސް ގޯސްވެފަ ގަންނާނެ މީހެއްނެއް ކިތަށްމެވަރަކަސް ރަނގަޅޭ ކިއެއްކަމަކު

    12
  3. ޤައުމު

    މީނަޔައް ބަޔަކުމީހުން “ލަދު”ދައްކާލަދީބަލަ ހެޔޮނުވާނެ!
    ބަލަމީކަލޭމެންގެ % 100 އިހުމާލު އެނގިއްޖެތަ! ނުކުޅެދޭ ސަރުކާރު!!!
    ބޫންބޫން ލާފަ ޓވ އަރާފަބުނީ އެއަރޕޯރޓް ބަންދެއް ނުކުރާނަމޭ،ޓޫރިސްޓުން އައުން ނުހުއްޓާނަމޭ،
    ޑޮލަރުފޮތިހޯދަން. މީނޫންތޯ ރިއަލިޓީއަކީ !!
    ނުކުޅެދޭ ގުންޑާސަރުކާރު ރައްޔިތުންނަށްޓަކާ އިސްތިއުފާދީ ޕްލީޒް.

    15
    1
  4. ރައިޔަތުން އަހުމަދު

    ދިވެހީންގެ ޓޫރިޒަމަށްވާނީ..

    99 ރިސޯޓުތައް ވަކި އާއިލާތަކަކަށް ދިނީ ދިވެހީން އެ މުއްސަނދީންގެ ޢުލާމުންނަށް 99 އަހަރު ފަގީރުކޮށް ބައިތިއްބަން ނޫންތޯ..؟
    އެމީހުންގެ މުވައްޒަފުން އަބަދު ތަހައްމަލު ކުރާ ޙަޤީޤަތް : ވަޒީފާގެ ބިރު، މުސާކުޑަކުރުން، ދިވެހީންނާއި ބޭރު މީހުންގެ ތަފާތު، މިފަހަރުވެސް ހާލުގަ ޖެހުނުވަގުތު އެދީ ހަމަ އެހެން، ދިން އޮޕްޝަނަކީ؛ ކުޑަމުސާރައިގަރުހިގެން ތިބޭ.. ނޫނީ ކަނޑާލާނީ!
    ކޮބައިތޯ ދައުލަތުގެ މިފަދަ ރިސޯސްތަކުގެ މަންފާ ދިވެހީންނަށް ލިބިފަ؟ ޓުރިޒަމް ޕްރޮމޯޓުކުރަން ފައިސާ ދެނީ ޓެކްސްފައިސާއިން: އެކަމަކު ކަންމަތީ ފިހާރަ ޕްރޮމޯޝްން ދައުލަތުން ނުކުރޭ: ޓެކްސް ޕޭކުރަނީ އެއްވަރަކަށް.

    ވީމާ، ރިސޯޓުތަކުގެ %30 ދައުލަތަށް %30 މިހާރު ހިންގާ ފަރާތައް %40 ރައިޔަތުން ދޫކުރާ ޕީއެލްސީ ތަކަށް ހުރިހާ ރިސޯޓު ތައްހަދަންވީ ވަގުތު މިހާރު މިއޮތީ އައިސްފަ!
    ދިވެހީންގެ ރިސޯޓުތަކުގެ މަންފާ ދިވެހީންނަށް ލިބެންޖެހޭ ކޮންމެވެސް ހިސާބަކުން، މިކަމާއި އެއްބަސްވާ މީހަކު ދެންފަހަރަކު މަޖިލިސް ވޯޓު ހޯދުމަށް އާދޭ.. ޕްރޮޕޯސަޒަލް ހިފައިގެން.. އޭގައި ސޮކޮށްފަ ނޫނީ ދެން ވޯޓެއް ނުދޭނަން..

  5. ރައިޔަތުން އަހުމަދު

    ދިވެހީންގެ ޓޫރިޒަމޭ..؟ 99 އަހަރަށް ރިސޯޓުތައް ވަކި އާއިލާތަކަކަށް ދިނީ ދިވެހީން އެ މުއްސަނދީންގެ ޢުލާމުންނަށް 99 އަހަރު ފަގީރުކޮށް ބައިތިއްބަން ނޫންތޯ..؟
    އެމީހުންގެ މުވައްޒަފުން އަބަދު ތަހައްމަލު ކުރާ ޙަޤީޤަތް : ވަޒީފާގެ ބިރު، މުސާކުޑަކުރުން، ދިވެހީންނާއި ބޭރު މީހުންގެ ތަފާތު، މިފަހަރުވެސް ހާލުގަ ޖެހުނުވަގުތު އެދީ ހަމަ އެހެން، ދިން އޮޕްޝަނަކީ؛ ކުޑަމުސާރައިގަރުހިގެން ތިބޭ.. ނޫނީ ކަނޑާލާނީ!
    ކޮބައިތޯ ދައުލަތުގެ މިފަދަ ރިސޯސްތަކުގެ މަންފާ ދިވެހީންނަށް ލިބިފަ؟ ޓުރިޒަމް ޕްރޮމޯޓުކުރަން ފައިސާ ދެނީ ޓެކްސްފައިސާއިން: އެކަމަކު ކަންމަތީ ފިހާރަ ޕްރޮމޯޝްން ދައުލަތުން ނުކުރޭ: ޓެކްސް ޕޭކުރަނީ އެއްވަރަކަށް.
    ވީމާ، ރިސޯޓުތަކުގެ %30 ދައުލަތަށް %30 މިހާރު ހިންގާ ފަރާތައް %40 ރައިޔަތުން ދޫކުރާ ޕީއެލްސީ ތަކަށް ހުރިހާ ރިސޯޓު ތައްހަދަންވީ ވަގުތު މިހާރު މިއޮތީ އައިސްފަ!
    ދިވެހީންގެ ރިސޯޓުތަކުގެ މަންފާ ދިވެހީންނަށް ލިބެންޖެހޭ ކޮންމެވެސް ހިސާބަކުން، މިކަމާއި އެއްބަސްވާ މީހަކު ދެންފަހަރަކު މަޖިލިސް ވޯޓު ހޯދުމަށް އާދޭ.. ޕްރޮޕޯސަޒަލް ހިފައިގެން.. އޭގައި ސޮކޮށްފަ ނޫނީ ދެން ވޯޓެއް ނުދޭނަން..

  6. ޢަލިފް

    ކޮވިޑް-19 އަށް ވެކްސިނެއް ނުލިބެނީ އާދައިގެ ދިރިއުޅުމަކަށް އަނބުރާ ނުދެވޭނެ ކަމަށް ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ އެންމެ އިސް އެއް ސައިންސްވެރިޔާ ކަމަށްވާ ޕީޓާ ޕިއޮޓް ވިދާޅުވެއްޖެއެވެ.

  7. ފެކްޓް

    ފަތުރުވެރިކަން އަލުން ފަށާއިރު ރާއާއި އޫރުމަސް ނުލާ ފަށަން އަދިވެސް ނުވިސްނަނީތޯ!