މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ފެއިލް ވެއްޖެ ކަމަށާއި، ސަރުކާރަށް އަމިއްލައަށް އެކަން ޤަބޫލުވެސް ކުރެވޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް އަދުރޭ ވިދާޅުވީ، ބޮޑުތަނުން ސަރުކާރު ފެއިލްވީ ކަމަށް އަމިއްލައަށް ޤަބޫލު ކުރެވުމުން، ސަރުކާރުން ހަދާ ގޯސްތަކާއި އިހުމާލުތަކުގެ ވާހަކަ ދައްކައި، ޖަވާބުދާރީ ކުރުވާ ފަރާތްތައް އަނގަބަންދު ކުރަން އުޅުނަކަސް އެކަމެއް ނުވާނެ ކަމަށެވެ.

"ބޮޑުތަނުން ސަރުކާރު ފެއިލްވީ ކަމަށް އަމިއްލައަށް ޤަބޫލުކުރެވުނީމަ، ސަރުކާރުން ހަދާ ގޯސްތަކާއި ސަރުކާރުގެ އިހުމާލުތަކުގެ ވާހަކަދައްކާ ސަރުކާރު ޖަވާބުދާރީ ކުރުވާ ފަރާތްތައް އަނގަބަންދު ކުރަން އުޅުނަކަސް އެކަމެއް ނުވާނެ. މި ސަރުކާރުގެ ހުރިހައި ސިޔާސަތެއް މިވަނީ ފެއިލްވެފައި،" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި، ހޯމް މިނިސްޓަރ، އިމްރާން އަބްދުﷲގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ގެންގުޅޭ ސިޔާސަތައް ހިމެނޭހެން ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް އޭނާ އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް ތާޢީދުނުކުރާ ކަމަށެވެ.

"ވަރަށް ސާފު، ތެޅުނު ވަރަކަށް ދާނީ ހުޅުނބު. މިއީ ލައްކަ ވާހަކަ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ސިޔާސީ އެކި ޕާޓީތަކުން ވެސް އެ މަސައްކަތް ބަލައިގަންނަ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް ޓީމުތަކުގައި ސިޔާސީ ގޮތުން އެކި ބަޔަށް ނިސްބަތްވާ ބޭފުޅުން ތިއްބަވާ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޗާލު

    ސާބަހޭ. ތިކަންމާކުރިން ރައްޔިތުން ގަބޫލުކޮށްފި. ވަރަށްދޯހަޅި. ރައީސް ޔާމީނު ކޮށްދިންކަމއެއް ފިަޔަވައި އިތުރުކަމެއް މިސަރުކާރަކަށް ވެފައެއްނެތް. އަތޮޅުތެރޭ ރަށެއްގަ ނެތޭ މަސްކެއްހާ މިންވަރުވެސް. އެކަމަކު އެންމެން މާސްކް އަޅަށް ސަރުކާރުން ގޮވަނީ. ވަޒީރުން ވައްކަންކުރުމަގަ އަވަދިނެތި ކޮވިޑާ ގުޅިގެން އެކަމުގަ ހިޔަލުގައި ދައުލަތް ދަވަމުންދަނީ.

    33
    11
  2. ފޭރޭ

    ސާބަހޭ އަދުރޭ އެންމެ ފުކެއްވެސް މިބުރާންތިންތަކައް ދޫނުދެއްވާތި ތީހަގީގީ ލޭހިގާ ދިވެހި ދަރިން

    33
    12
  3. ނަައީމް

    މިސަރުކާރުގެ މި ދޯހަޅިސިޔާސަތަށް މިހާރަކު ގިނަ ރައްޔިތުންނެއްތާއިދެއްނުކުރޭ އަދިވެސް ރައްޔިތަކަށް އެހީއެއްވެސް ނުލިބޭ އެމީހަކާޖެހުނު ތާކުން ޕުރެސްދީފަ މޮޔަވާހަކަ ދެއްކުން ....ކޮމެންޓޮކުރަންވެސް ފޫހި

    19
    3
  4. ޖިހާދު

    ފެއިލްވެފަ ތިތިބީ ކަލޭމެން ކަލޭމެންގެ ވާހަކަ ގަބޫލު ކުރާނެބަޔަކު މިހާރަކުނެތް ވެރިކަންބޭނުމިއްޔާ އިންތިހާބު އަންނަންދެކައް ކެއްކޮއްލާ އެވެސް އިންތިހާބަކުން މޮޅުވަންދެކައް

    20
    33
  5. Anonymous

    ތިއީ ހަމަ ތެދެއް. ޕާޓީ ކުރާ ކުދިން ހައްޔަރުކުރަން ގޮވާލުމުންވެސް އެބުނަނީ ހަލަބޮލި ކުރަނީއޭ. އިމްރާނަކށް ނޭނގުނު ގާނޫނުލް އުގޫބާތުގައި އެއީ ކުށެއްކަމަށް ކަނޑައެޅިބަޔާނކޮށްފައިވާކަމެއްވެސް. އެވަރަށްދޯ ފެއިލްވާނީ.

    28
    6
  6. ކެޔޮޅު

    "ވަރަށް ސާފު، ތެޅުނު ވަރަކަށް ދާނީ ހުޅުނބު. މިއީ ލައްކަ ވާހަކަ" ތީ ތެދެއް ޓިނު އަދުރޭ...

    16
    16
  7. ހޫދު

    މިސަރުކާރު ހިނގާ ގޮތަކީ ސަރުކާރުވެ މަތީމީހަކު މުޖުރިމަކަށްވާނެފަދަ ކުށެއް ފަޅާއެރުމާއެކު " ހަރުކަށި ފިކުރު" ކިޔައިގެން ދިވެހި މުސްލިމް ރައްޔިތުންނަށް ފުރައްސާރަ ކުރަން ފަށުމުން ދެން މިނުބައިވެރިކަމުގައި ކުރާ ކުށްތަކުގެމަތިން ހަނދާން ނުވާނެގޮތުގެމަތިން އަމަލުކުރުން. ﷲ ގެ ރަހުމަތުން މިގައުމުގައި މިތިބަ ފާސިގުންތައް ހަލާކުކުރައްވާ ނެތިކުރައްވާނެ. އިންޝާ ﷲ އެދުވަސް ކައިރި މުސްތަގްބަލެއްގައި ދައްކަވާނެ.

    19
    3
  8. އޭދަފުށީ މުހައްމަދު

    އަހަންނަކީ ޕީޕީއެމް މެންބަރެއް. އެކަމަކު އަދުރޭ އަކީ ޕީޕީއެމް އާއި ޕީއންސީއަށް ތެދުވރި މީހެއްކަމަށް އެއް އިރަކުވެސް ގަބޫލެއް ނުކުރަން. މީ ލައްކަ ވާހަކަ.

    15
    29
  9. ހަބީބީ

    އަދުރޭ ސަރުކާރާ އަޑިން ގުޅުން މިބާއްވާ މައްސަލަ ވ. ބޮނދާއޮވެ ބަލަންވާނެ. މީގަ ނުބައެއް އުޅޭހެން ހީވަނީ. އަދުރޭމެން މިހާރު އަސްލު ބޭނުމެއްނުވޭ ރައީސް ޔާމީން ސަލާމަތް ކުރާކަށް.

    8
    16
  10. އަލްޖިބްރާ

    ކަލޭ ކިތަންމެ ވަރަކަށް ހަޅޭއްލެވިއަސް ޔާމީން ދުލެއް ނުކުރާނެ !

    10
    20
  11. އއ

    ސާބަހޭ އަދުރޭ! އަދުރޭ ބުންޔަސް ތެދެއްވާނީ ތެދަކަށް.

    22
    6
  12. ވަގު ޔާނު

    މިވެސްވަގެއްތަ

    9
    18
  13. ކޮހިނޫރު

    ރައްޔިތުން ކުރިމަތީ ފެއިންވި ހުރިހާ ކޮހިނޫރުތަކަށް ތިތިބީ ރައްޔިތުން ބޯކޮށް ނޫނެކޭ ޖަހާފަ ފެއިލްކޮއްލާފަ! އަދިވެސް ރައްޔިތުން ގުނބޯހެއްދޭނެކަމައްތޯ ތިޔައުޅުއްވަނީ!

  14. ހަސަނު ތުޑު

    ލާދީނީ ބަޔަކަށް މާތް ﷲ ކާމިޔާބީއެއް ނުދެއްވާނެ. އެބައިމީހުންނަށް ކުރިމަތި ކުރުވި އިމްތިހާން އިން އެބައިމީހުން ވަނީ ފެއިލްވެ، ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ވަނީ ފޮނުވާފަ

  15. އަވަސް

    ވަގުވޯޓަކުން ވެރިކަން ކުރަމުންދާ ލާދީނީ ސަރުކާރު އެއްފަރާތް ކުރަން ރައްޔަތުން އެބަނިކުންނަން ޖެހޭ!

  16. އަސުމާ

    ރައީސްޔާމީން ނަށް ވަގަށް ގޮވާކޮންމެ ހަމަ ކޮންމެ މީހަކީ ވަގެއް ވަގުންގެ ފޮށި ބާރަށް ބަންނާނެ އަސްލު ވަގުން ނަކީ ކޮންބައެއްކަން ރައީސް ޔާމީން އަށް ވަގަށް ގޮވާ ވަގުން ނަކީ އަސްލުވަގުން!

  17. ގޮށްރީ

    ރީނދުލުގެ ނުރަށްކާ މުޅިޤައުމު ފަނާވުން!

  18. ހަޖަމް

    ކަލޭތީ ވަގެއްދޯ އެހެންވެ ތިހާވަރަށް ރައީސްޔާމީންގެ ތަރަށްގީ ހަޖަމްނުވެގެން ތިއުޅެނީ ކީއްކުރާނީ ކުރަންބޭނުމަސް ބަޑުއަޅާފައި ރައްޔަތުނަށް ކަމެއްކޮށްދޭނެ އެއްޗެއް ނޯވޭވިއްޔަ ދެން ނޭގޭ ކަމަށްހަދާފައި އަތްޖަހަ ޖަހާތިބޭ ވާނުވާ!