ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު ބިލު ދިރާސާ ކުރުމުގެ މަސައްކަތް ލާމަރުކަޒީ ކޮމެޓީން އަންނަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020 އަށް އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ ބިލަށް އެއްވެސް ހިޔާލެއް އޮތް ނަމަ މި މަހުގެ 18ވާ ހޯމަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް ލިޔުމުން ފޮނުވައި ދިނުމަށް އެދޭ ކަމަށެވެ.
ބިލަށް އާއްމުންގެ ހިޔާލު ހޯދާއިރު އެ ބިލަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ހިޔާލުވެސް ކޮމެޓީން މިހާރު ވަނީ ހޯދާފައެވެ. އެގޮތުން ބަންޑާރަ ނާއިބު ވަނީ ކޮމެޓީއަށް އެމަނިކުފާނު ބިލާއި މެދު ދެކިވަޑައިގަންނަވާ ގޮތް ސިޓީއަކުން ހުށަހަޅުއްވާފައެވެ. އޭޖީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއެވެ.
އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.
ބިލްގައި ވަނީ ކައުންސިލްތައް ދެމިއޮންނަ މުއްދަތުގައި ގާނޫނުއަސާސީ އާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދޭ އެންމެހައި ބާރުތައް އެއްވެސް އިސްތިސްނާއެއް ނެތި، އެ ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ ބާރުވެރިކަން ލިބިގެންވާ އަދި އެ ނިންމުންތަކަށް ކައުންސިލްތަކުން ޒިންމާވާން ޖެހޭނެ ނިންމުންތަކެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.
ދަންމާކަށް ނުފެނޭ(.) ސަބަބަކީ ގިނަ ކައުންސިލަރުންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބޭ(.) ނުލިބޭތާ މިހާރު މިހާލަތު ޤަބޫލުކުރަނީ އެބޭފުޅުން ޗުއްޓީ ހޭދަކޮށްލާ ފްރީކޮށް ލާރިލިބޭ ދުވަސްތަކެއްގެ ގޮތުގައި(.) މިކައުންސިލަރުން މަދުވުމުން ސަރުކާރު ބަޖެޓަށްވެސް ވަރަށް ލުއިވެގެން ދާނެ(.)
މިހާރި ތިބި ކައުންސިލަރުންގެ ދަރު ދެންމުމަކީ މިވަގުތަށް ގާނޫނު އަސާސީ ތަންދޭ ކަމަކަށް ނުވުމާއި، މިފަދަ ކަމެއް ކުރުމުން ތަފާތު އެހެންކަންކަމަށް ތުހުމަތު ކުރެވިދާނެތީއާއި އެކު ދަންނަވަމެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު އެފަރާތްތައް އައްޔަންކުރެވުނު 3އަހަރު ހަމަވާ ހިސާބުން ނިންމާލުން އެދެމެވެ. އަދި މި މަރުޙަލާގައި ކޮންމެ ކައުންސިލެއްވެސް ހިންގާނީ އެ ކައުންސިލެއްގެ ޑިރެކްޖެނަރަލް ނުވަތަ ޑިރެކުޓަރ ނުވަތަ އެސިސްޓެންޓް ޑިރެކުޓަރެއްގެ ގޮތުގައި ސިވިލްސާރވިސް އިން ހަމަޖައްސަވާފައިވާ އެންމެ އިސްފަރާތެއް އިސްވެ ހުރެގެން ނެވެ. ބައެއް ކައުންސިލްތަކުގައި ވަގުތީ ސެކްރެޓެރީ ޖެނެރަލްއެއް އައްޔަން ކޮށްފައިވާނަމަ ކުރިންދެންނެވި ފަރާތަށް އެހީތެރިވާ ފަރާތެއްގެ ގޮތުގައި އެ ސެކްރެތަރީ ޖެނެރަލް ހަމަޖެއްސިދާނެއެވެ.މިގޮތަށް ހެދުމުން ކުރިޔަށް އޮންނަ އިންތިޚާބަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބެއްކަމަށްވެސް ވެގެން ދާނެއެވެ. އަދި މިހާރުގެ ކައުންސިލްގެ ދައުރާއި ދެން އިންތިޚާބުވާ ކައްުންސިލްގެ ދައުރާއި ދެމެދަކީ ބަދަލުވާ އިންތިޤާލީ މުއްދަތެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. އޭރުން އެއީ މިހާރު ކުރިމަތިލާފައިވާ އައު ކެންޑިޑޭޓުންނާއި ކުރިއްސުރެ މަޤާމުގައި ތިބެ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ގާނޫނީ އެއްވެސް ތަފާތެއް ނެތި ކުރިޔަށްދާ ދިޔުމެއްގެ ގޮތުންވެސް ފެނިގެންދާނެއެވެ.
ދަންމާކަށްމަށެއް ގަބޫލެއް ނޫން ސަރުކާރު އިތުރަށް ބަނގުރޫޓު ވާނެ ގިނަލާރި ޕަވަރުގެ ބޭނުންކޮށް ވޭސްޓުކުރާނެ.
ކޮން އެއްޗެއް ދަމަންތޯ ޤާނޫނު ހަދަންޖެހެނީ މީ ހާއްސަ ހާލަތެއް މިހާލަތުގަ ދުސްތޫރީކަންކަމުގަ ހައްލަކީޤާނޫނު އަސާސީން ވަކިފަރާތަކަށް މަތިކޮށްފަވާކަމެއް ހުރހާ ކަމެއް ކެނެރީމަޖިލީހަކުންނޫން ކުރަންޖެހޭނީކީ މުޅި ޤައުމުގެ ހުރިހާބާރެއް އަތްދަށުލައި ރިޔާސީ އިންތިޚާބު ދަންމަން މަކަރުވެރި 19 ގެ ދަށުން ހާދަ ކަމެކޭކުރަން ތިޔަ އުޅެނީ؟ ތީދެން ފުކެއް ބޮޑުވަރު
ރަގަޅުވާހަކަ އެއް . ދަންމާނެ އެއްވެސް ބޭނުމެއް ނެތް.ރައްޔިތުންގެ ފައިސާ ކައިގެން ތިބެ ކޮންކަމެއް ކުރަނީ. އެއަށްވުރެ މާރަނގަޅު ރައިސުލްޖޫމްހޫރިއްޔާ ކޮންމެ ރަށަކަށް ވަކި މީހަކު އައްޔަން ކޮށްފަ ބެހެއްޓުން މިހާލަތުގަ ޚަރަދުވެސް ކުޑަވާނެ.
ބަންޑާރަ ނައިބު ވިދާޅުވާ އެއްޗެއް އަޑު އަހާކަށް ބޭނުމެއްނުވޭ. މީހުންގެ ވަގުތު ބޭކާރު ކުރުވަން އުޅުއްވާނެ ކަމެއްނެތް. ތިކަން ނިންމާނީ އަންނި ބޭނުންގޮތަކަށް. ލަސްނުކޮށް މާދަމާ އިއުލާންކޮށްލާ.
ކޮއްމެ ރަސެއްގަވެސް އެއްމެ އިސްމީހާ ފިޔަވައި ދެންތިބި މީހުން ވަކި ކުރުން ފެނޭ ، ވަކި ކުރާ މީހުންނައްވެސް ސަރުކާރުން މަހަކު 5000 ދޭކަމައްވަނީ އެހެންވީމަ ވަރައް ރަނގަޅު ގޮތެއްހެން ހީވެ. އަދި މަޖިލީސް އެއްކޮއް އުވާލަން ފެނޭ އެމީހުންނައްވެސް 5000 ލިބޭނުން ، ރައީސް އިބޫ އެކަނި ބަހައްޓާ.
މި ޙާލަތުގައި ވޯޓްލާނީ ކިހިނެށް ބު ރޯ ނަޝީދު
އާންމުންގެ ހިޔާލުހޯދަީ އެއީ ނަޝީދު ބޭނުންގޮތަށް އެކަން ކުރަންވެގެން. އެހެން ބިލްތަކާގުޅިގެން އާންމުންގެ ހިޔާލެއް ނުހޯދާ. ތިތާ ތިތިބެނީ އާންމުން ތަމްސީލުކުރާ މީހުން ނޫންތަ. މުޅިންވެސް އޮޅުވާލުމާ ދޮގުހެދުން. ޤާނޫނުގަ އޮންނަ އެއްޗަށް ނުބަލާނެ. ޤާނޫނަކީ އައްނި. އެއީ މިގައުމުގެ ރާނީކަމަށް ހެދިގެން ހެދިގެންއުޅޭ މީހެއް. ދޮންކުދިންއުޅޭ ގޮތަށް އުޅުނީމަ ކާމިޔާބުލިބޭނީ
ދަންމާކަށް ނުފެނޭ(.) އައްޔިތުންގެ ވޯޓަކުން ހޮވާފަ ތިބިބަޔަކު ގާނުހަދާ މަޖިލޫހުގެ މަދު ރައްޔިތަކަށް ދައްމާލެވުމަކީ ރައްޔިތުންގެ ހައްގު ސީދާދާދާ ނިގުޅައިގަތުން މި މަރުހަލާގަ އިސްވެރިޔާ އާއި އޮފީސް ހަވާލުކުރެވިދާނެ
ދަންމާކަށް ނުފެނޭ(.)ރައްޔިތުންގެ ހަމައެކަނި ހައްގު