މާލޭގެ ލޮނުޒިޔާރަތް މަގުން ހުއްޓުވި ޓެކްސީއެއްގައި މިރޭ ބަނގުރާ ފުޅި ތަކެއް ގެންދަނިކޮށް އަތުލައިގެންފި އެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ 20:12 ހާއިރު ލޮނުޒިޔާރަތް މަގުން ހުއްޓުވި ޓެކްސީއެއްގެ ތެރެއިން 19 ބަނގުރާ ފުޅު ފެނިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ޓެކްސީ ދުއްވަން އިން ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްދައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އަޝްރަފް

    މިހާރު ބަންގްލަދޭޝް ބޭފުޅުންނަށް ޓެކްސީ ކުރުމުގެ ހުއްދަވެސް އޮންނަނީތޯ؟

    107
    1
  2. ސަމި

    އެމީހުން މިހާ ރު ޓެކްސީވެސް ދުއްވަނީތަ ކިހާ ބޮޑުވެއްޖެ ކަމެއް

    92
  3. ބޮއްބެ

    ޓެކްސީ ދުއްވަން ބަނގްލަދޭޝްގެ ފިރިހެނަކު. ކިހިނެއްހަދާނީ. މިތާކައިރީ މިއޮތީ އިންޑިޔާ. ދިވެއްސަކު 100 އިންޑިޔާ މީހުންނާ އިނދެގެން އުޅުނަސް ލާހިކެއްނޫން އިންޑިޔާގެ މަގެއްގެ މަތީގަ ޓެކްސީ އެއް ދުއްވާލާކަށް. ކުޅަދާނަ އެއްނޫން. އެމީހަކު ހުރިއްޔާ ބުނެބަލަ. އުމުރުގަ ބާކީ އޮތްތަނުގަ ފަޓުލޫނުގެ ޒިބު އަޅުވާނީ ފުރަގަހަށް.

    92
    1
    • ޑިމޮކްރަޓިސްޓް،ރ.ވާދޫ

      އެމީހުނަށްވެސް އެނގޭ މި ދިވެހިރާއްޖެއަކީ އެއްވެސްކަމެއް ވާ ސަރުކާރެއް އޮތްތަނެއް ނޫންކަން. އެހެންވީމަ ބޭނުންގޮތަކަށް އުޅެލަނީ. ލާސާނީ ކަންމަތީގަޔާ، ޒިކުރާމިސްކިތް ކުރިމަތީ އެއްވެސް ލިޔެކިޔުމެއްނެތް ނުގަވައިދުން އުޅޭ އެތައްބަޔަކު އެތާ އެއްވެ މަސައްކަތްހޯދަން ތިބެނީ އެއްވެސް ބިރަކާނުލާ. އެމީހުނަށް ޔަގީންކަން އޮވޭ އެއްވެސް ބިރެއް އެމީހުނަށް ނެތްކަން. ދުނިޔޭގެ އެހެން ގައުމެއްނަމަ އަތުޖެހިއްޖެއްޔާ އިށިފުށަށް ހަންދަމާނެ. އެހެންވީމަ އެހެން ގައުމުތަކަކު ބޭނުންވާގޮތަކަށް ނޫޅެވޭނެއެއްނު.

      80
  4. ޙަަަސަނު

    ޢެއީ އެބުނާ މިނިވަން ފިކުރުގެ މީހުން ތި ކަމާ އެމް ޑީ ޕީ ގެ ރޫހާނީ ލީޑަރު ވަރަށް ރުޅި އަންނާނެ

    95
  5. ?????????????????

    18
    4
  6. ބެއްޔާ

    ބަންގާޅީންނަކީ ދުނިޔޭގަ ތިބި އެންމެ ލަދުޙަޔާތް ކުޑަ މީހުން. "އެމީހުން ގެ "ގައިގެ ހަމަށް ތަދު ނުވާހާ ހިނދު އެމީހުން އެތިބީ ޤަވާއިދުން" އެއީ އެމީހުންގެ ވިސްނުމަކީ. ބަންގާޅީންގެ އުނދަގުލުން ސަލާމަތްވެވޭނީ ވަރަށް ހަރުކަށި ވެގެން. މީހާ ހެންވޭރުގަ ނަގޫ މާފަންނުގަ. "ނަގޫދިގު ބުލާ ހެދިގެން" ތިކަމެއް ނުކުރެވޭނެ. އެމީހުން މާ ސްމާޓް ވާނެ. އެމީހުނަށް ވުރެ ސްމާޓް ވެގެން ވާނީ.

    69
    3
  7. ޢިބުރާހިމް

    ބަނގުލަދޭސް މީހުންނަށް ވެސް މިހާުރު ޓެކްސީ ކުރެވެނީތަ.އެނީހުންނަކައް ނުޖެހޭބާ ޓެކްސީ ހުއްދަނަގާކައް؟

    70
  8. ޕީސީ

    ދެން ތި ޝަރުބަތުކޮޅު ސީޕީ ހަމީދަށް ވެދުމަށް އަރުވާ. ވަރަށް އެ ބޭފުޅާ ލައިކްވާނެ ތި އެއްޗިއްސަށް.

    13
  9. ރީން

    މި ނޫނީ ދުނިޔޭގެ ނޯންނާނެ ބޭރު މީހުންނަށް އެހާ ފަސޭހައިން ނުގަވައިދުން އުޅޭ ތަނެއް. މި ކަން ހައްލު ކުރަންވީމަ މި ކިއަނީ އެ މީހުންގެ ގައުމަށް އެ މީހުން ނުފޮނުވޭނެ. މާލޭ ރައްޔިތުން ބޭނުންވޭ ކުލި ބޮޑުވާން މާލޭގައި. އެ މީހުން ބޭރުކޮށްފިއްޔާ ފިޔަފާޅި ގަނޑުތައް ބޮޑު އަގުގައި ހިފާނެ މީހުން މަދުވާނެ. ރައްޔިތުންނަށް ހަގީގަތް އެނގޭނީ ވަރަށް ފަހުން.

  10. ޗަކަސްބޭ

    އެމީހުނާދިމާއައް ހަޅޭނުލަވާ އެމީހުނައް އެކަން ކަން ކުރުމައް މަގުފަހިކޮއްދެމުންދާބައަކު އަންހެންވިއަސް ފިރިހެންވިއަސް އެމީހުނާކާވެނިކޮއް މަސައްކަތްދީ ގޭގައިގައިބަހައްޓައިގެން ހޮޓާހިންގައި ވިޔަފާރިކޮއް ހަދާއިރު އެންމެ ކުޑަ މިނުންބަލާނުލައި އެމީހާއެއީ އެބްނާބޮޑްދޮރުއަށީންވަގައްއައިސްއުޅޭމީހެއްތޯވެސް ކަމެއް ހިނގީ މާާ ދެން ދަލުގައިޖެހިފައިވާމީދަލެއްހެންތެޅުނަކަސް ވަގުތު މިއޮންނަނީފާއިތުވެ ކަންހިގާނިމިފައި ވީމާވަގުތަކީއަގުހުރިއެއްޗެއްކަންހުރިހާކުދިންހަނދާންކުރުންމުހިންމުނުވޭބާ

  11. މޫސަ

    ޢެމީހުންނަކީ ދިވެހި އަންހެނުންނާ އިދެގެން އުޅޭ މީހުން ، އަދި މާރުކޭޓު ގޮޅިއާާއި ފިހާރަ ހިންގަނީ ދިވެއްސެއްގެ ނަމުގައި އެމީހާއަށް މަހަކު ފަސްހާސް ރުފިޔާ ދީގެން ރާއްޖެއަށް އައުމަށް ދުނިޔޭގައި ބޭނުން ނުކުރާ ނަމެއް އޯޕަން ވިސާ ހޯދަނީ ދިވެއްސަކަށް ތިންހާސް ޑޮލަރު ދީގެން މަސާޖުޕާލާ ހިންގަނީ މަހަކު ދިހަހާސް ރުފިޔާ ދީގެން ދިވެހިންނަކީ އެންމެޙާލުގައި ދުނިޔޭގައި އުޅޭ މީހުން ހޯދައިގެން މަސައްކަތްނުކޮށް ފައިދާ ނަގަމުންދާބައެއް އެމީހުންގެ މައްސަލައަކީ އެމީހުންގެ ނިކަމެތިޙާލު ދިވެހިންގެ ނުބައިކަމުގެ ތެރެއިން އެމީހުންވެސް ދަނީ ފައިދާނަގަމުން ވަރަށް ސަލާމް

    12
  12. ރުކުރާ

    ގައުމެއް ނެތް!

    12
    1
  13. ވވވވވވހް

    ބަލަ ބަންގާޅު ބފުޅުންނަކީ މިހާރު މިގައުމުގެރައްޔިތުންނޭ މިސަރުކާރުންވެސް އެއުޅެނީ އެބޭފުޅުންނައް ޚިދުމަތް ނުކުރެވިގެން އެހެންވާނެތާ އެބޭފުޅުންއަތުން އެލިބޭގޮތަކައް ލާރިރިބި ވޯޓްވެސްލިބޭ

    10
  14. އެޖެޑާ 20

    19 ގެ ދަށުން އައި 19 ފުޅި އަށްވަނީ.

    11
  15. ނާދިރާ

    ާަބަނގުލާދޭސް ބޭފުޅުންނަކީ ސަރުކާރަށް ފައިސާ ހޯދާދޭ ރިސޯސްއެއް. އެހެންވެ ހާއްޞަ އިމްތިޔާޒްތަކެއް މި ސަރުކާރުން ދެނީ

    11
  16. ހެއްވާ

    ޓެކްސީގައި ބަނގުރާ އުފުލުން މަނާތަ؟

  17. ހަސަނިކާ

    ތި އަނެއްކާ ސީ.ޕީ ހަމީދު ކަމަށް ބެލެވޭ މީހާ ބައްލަވާ ވައްތަރުބާ

    10
    1
  18. މުހައްމަދު ސައީދު

    މާލެއިން ރައް ރަށަށް މީހުންގެންދާ ޢުސޫލު ވަ ރުގަދަކޮށް
    ގެންތިއްބަވާ އަހަ ރެމެން ކައި ރިއަށްވެސް އަންނާނެ
    ޢެދުވަހަކުން ރަގަޅު ޖަވާބެއް ދޭނަން . ރަގަޅަށް
    ވިސްނާތި .

  19. ރަނާ

    އެމީހުންނަކަށް ޓެކްސީކުރަންވެސް އެހެން ކަމެއް ކުރާކަށްވެސް އެއްވެސް ހުއްދައެއް ނަގާކަށްނުޖެހޭނެ. ފްްލެޓަށްވެސް ނޭދުނަސް ފްލެޓްވެސް އެހުރީ ދީފަ، ދިވެހިން ޖެހޭނީ ހަމަ ދެފައި ތަޅަތަޅާ ތިބެން، ނުލިބޭނެ ބޯހިޔާވަހިކަމެއް، ގުޅީފަޅުގެ ހުރިހާ ފްލެޓެއް އެ މީހުނަށް.

  20. ނުލިބޭ..

    ސީޕީ ހަމީދުގެ ވާހަކަތަށް އޮއްބާލަން ޖެހި ސްޓަންޓެއް ކަމައް ބެލެވެނީ...އެހެެންނޫނީ ބަންގާޅިން ނުދުއްވާނެ ޓެކްސީ އެއް...

    12
    1
  21. ފިނި

    ހުއްދަ އޮވެގެންތަ ޤަވާއިދާ ޚިލާފަށް މި މީހުން އުޅެނީ. މިކަންކަން ބަލަހައްޓާނެ ބަޔަކުނެތީ. މިނިސްޓަރުވެސް ކިޔެއްނު ތިމާށް މަދުވާނެ އެއްވެސް އެއްޗެއްނެތޭ. ރައޮޔިތުންނަށް ކަމެއް ކޮށްދޭށޭ މިއުޅެނީ. މިއަދު އެއްޗެއް ހުރި ކަމަކަށްނުވި ވިލާ ރެޒޯޓް ތަކުގައެއް. ބަންގާޅީންނަށް ޓެކްސީ ކުރުމުގެ ހުއްދަ ދިނީ ސަރުކާރުން. އެމީހުން ގަވާއިދާ ޚިލާފުވާން ވެސް ފުރުސަތހު ދެނީ ސަރުކާރުން.

  22. ބަރާބަރު

    އާކަމެއްތަ ތިއީ މޑޕގެ ސިޔާސަތު ތެރޭގައި ހިމެނޭކަމެކޭ މިސަރުކާރު ދެމިއޮތްހާހިދަކު ތިއެއް މަދެއްނުވާނެ ވާނީ ގިނަ!

  23. 0ޮޓޮލަރެންސް

    އެއީ ރަލެއްނޫނޭ އެއީ ފެން ކަމަށް ސައްކު ކުރެވޭއެއްޗެއް!

  24. ނުކެރުން

    ކިތަމެ ނުބައި ކަމެއް ކުރިޔަސް އެކަމެއް ހުއްޓުވަން ކެރޭވަރުގެ މީހަކު ނުވަތަ ޒުވާންކު ނޫނީ ބަޔަކު އެބަތިބިތަ އެޅިހާ ބަތަކަށް ރިހަވެފަ ނޫންތަ ތިތިބެނީ ތިހެން އަޅާނުލާއި ތިބީމަ އެމީހުން ހީކުރާނެ ރައްޔަތުން ނަށް ހަމަ އޯކެޔޯ!

    11
    • ހެޔޮވާހަކަ

      އެމްޑީޕީ އިދިކޮޅުގަ އޮންނަ ނަމަ ނުވާނެ އެހެނެއް. ޢެމީހުން ބއިތިއްބަބަލަ އަބަދުވެސް ހަޅޭލަވަން އިދިކޮޅުގަ. ޥެރިކަންކުރަން އެނގޭކަހަލަ މީހަކަށް ވެރިކަން ދީފަ. މިހާރު މިއޮތީ އެކޮޅުކޮޅުން.

  25. އެކްސް

    ޓެކްސީ ވެރިމީހާ ވެސް ތިކަމުގައި ބައިވެރި ނުވެ ނުދާނެ. ހަދަންވީ ގޮތަކީ ޓެކްސީ ވެސް ނަގަންވީ ދައުލަތަށް ގަނީމާ މުދަލެއް ގޮތުގައި. 19 ފުޅި ބޮވިފަ ހުންނާނެ ރަގަޅަށް

  26. ގޯނިބޭ ކުޑައަލީ

    ރައޔަތުންގެ މަސްސަލަޔެއްނޫނޤ ސަރުކާރުން ގާނޫނު ތައް ހަދާފަނުހިންގުނު ކަމުގެ ހިދިނަތީޖާ މިއުފުލަން ޖެހެނީ މާމަދަރިންނައް މާދަމާ ގޮވާލާނެ ސާބިތު ހެއްކެއްނެތޭ އެދޫކޮއްލަންވީ ކޮބާތޯ ދުނިޔޭގަ ކޮންގައުމެއްގަތޯ އިމިގްރޭޝަން ގާނޫނާއި ޙިލާފައް ވޯކްޕޯމިޓް ނުހަދާ ވިސާ ނުހައްދާ މިނިވަންކަމާއެކު އުޅެވެނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ދަށުން ހުރިހާ ކަމެއް ބޮއްސުންލަނީ މުޅިގައުމުގައި 4 ސިފައިންގެ މީހުންނާއެއްކޮއް އަރާމްގަ އުޅެމުން އައި ބަޔެއް އަހަރުމެންނަކީ މާމޮޅު ޑިމޮކްރަސީ ެއް އައިނުން ހަލާކް މިމައްސަލަ އެއް އާއްމް ރައްޔިތަކައް ނުބެލޭނެ ރައްޔިތުން ބޮލުގަ ކޮންމެމީހަކުޔ އަޅުވަނީ ސަރުކާރުން ގާނޫނުތައް ތަންފީޒް މުކުރެވެނީ

  27. އުތީމު ދަރިކޮޅު

    ޔާމީނުގެ ސަރުކާރުގެ ދުވަސްވަރު ނުފެންނަނީ ބަންގާޅީ އެއް މަގަކުން އަދި ފުޅިއެއް ދަޅެއްބޯމީއަކުވެސް.

    1
    1
  28. ދިވެހި މީހާ

    ބަންގާޅިން ރަނގަޅު. ދިވެހިން ތިމާވަރުގެ ބަޔަކު ނެތް ކަމަށް ފެންވަރު ނެތަސއ ލިބެންޖެހެނީ ބޮޑު މުސާޜަ ލިބޭ އަރާމު ވަޒީފާ. އުޅެންޖެހެނޫ އެއްމެ އަރާޟު ލައިފްސްޓައިލް. ވަރުވަރުން ދަރިން ހޯދާފަ ޒިންމާ އަދާކުރެވެނީ އެއްނޫން. ދިވެހި ލން ސިޔާސީ މަސްތެއްގައި ތިއްބަ ބިދޭސީން އޭގެ ބޭނުން ހިފައިފި. އެމީހުންގެ އަމިއްލަ ގެދޮރޔ ، އަމިއްލަ ހޮޓާ ، އަމިއްލަ ގެސްޓް ހައުސް، އަމިއްލަ ސައިކަލު ، ކާރު. ދިވެހިން ބަންގާޅިންނޭ ކިޔައިން ހިތަށް އެރިހައި ވާހަކައެއް ދަށްކަން ލަދުގަންނަން ޖެހޭނެ. އެމީހުން ދިނީޟަ ކައިގެން ، އެމީހުން ދިނީމަ ލައިގެން އުޅޭ ބައެކޭ ވެސް ބުނެވިދާނެ ދިވެހިންނަކީ. ކިތަންމެ ހަޖަމް ކުރަން ދަތިވިޔަސް ބަންގާޅިން މިހާރު މާ ގަދަ. އެމީހުން ނޫޅެ ދިވެހިންހެން ހޭބަލިވެގެނެެއް.

    1
    1
  29. ރައްޔިތުމީހާ.

    ބިދޭސީންނަށް ޓެކްސީ ކުރުމުގެ ހުއްދަދިނުމަކީ ބޮޑު މައްސަލައެއް! ދިވެހި ބައިވަރު ޑްރައިވަރުން އެބަތިބޭ އަރާނެ ކާރެއް ނެތިފަ. ތިވާނީ ބާރު ހުރި ބޮޑު މީހަކާ ގުޅިފަ ހުންނަ މީހަކަށް. މާދަމާ ދޫކޮށްލާނެ. އެ ނިމުނީ. މިއީ ވާ ސަރުކާރެއް!