ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާ އާންމު ހާލަތު (ނިއު ނޯމަލް) ގައި ސްކޫލްތަކުން ކިޔަވައިދޭން ފަށާއިރު، ހަތަރު ދަންފަޅިއަކަށްވެސް ކިޔަވައިދިނުން ބެހިގެން ހިނގައިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެފައި ވަނީ، އާ އާންމު ހާލަތުގައި ސްކޫލްތައް ހުޅުވައި ކިޔަވައިދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި މެދު މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އާ އާންމު ހާލަތުގައި ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފެށިނަމަވެސް، ސްކޫލަށް ދާން ޖެހޭ ވަގުތު ވަރަށް ކުޑަވާނެ ކަމަށާއި، ދަރިވަރުންނަށް ޓީޗަރުންނާއި ސީދާ ބައްދަލުވާނީ މަދު ވަގުތުކޮޅަކަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް ސުކޫލުތަކުގައި ހަތަރު ދަންފަޅިއަށްވެސް ގެންދަން ޖެހޭތަން. ސުކޫލުގެ ވަގުތު ވަރަށް ބޮޑުތަކުން މަދުވެގެން ދާނެ. ފޭސް ޓު ފޭސްކޮށް މުދައްރިސާ ބައްދަލު ކުރާނީ މަދުވަގުތު ކޮޅަކަށް. އަނެއްބައިގައި އަޅުގަނޑުމެން ފިލާވަޅު ނަގައިދޭނީ ޑިސްޓެންސް މޯޑުން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލުން ކުދިން ބަލާދާ ބެލެނިވެރިންވެސް އެއްތަނަކަށް އެއްވާން ނުޖެހޭނެހެން އެކި ގަޑިތަކަށް ބަހާލައިގެން ކުދިން ބަލާ ދިޔުމުގެ ކަންކަން އިންތިޒާމް ކުރާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ސްކޫލަކީ ހަމައެކަނި ދަރިވަރުން ކިޔަވަން ދާތަނެއް ނޫން ކަމަށާއި، އެކުދިންގެ އިޖުތިމާއީ ގުޅުންތަކާއި ތަފާތު އެކި ކަންތައްތައް ސްކޫލުގައި ހިނގަމުން ދާއިރު، ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ކިޔަވައިދިނުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުން ތަޢުލީމީ ދާއިރާ އާއި ދަރިވަރުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅުތައް އަޅާފައި ވާއިރު، ސްކޫލްތައް ބަންދުކުރިތާ ވެސް މިހާރު ވަނީ ދެމަހެއްހާ ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ށުކޮން

    1 ދަންފަޅީން ނިއްމާލަ

    16
    1
  2. ކާފަ

    ކިޔަވައިދޭނެކަމެއް ނެތޭ...

    34
    1
  3. ޜީނދޫ

    Please save our children

    20
  4. ޢަލިފް

    ކޮވިޑް-19: ރާއްޖެއިން އިތުރު 35 މީހަކު ފައްސިވެއްޖެ
    59 މިނެޓް ކުރިން ( މެއި 12, 2020 )
    | މުޙައްމަދު އަޒްހީމް

  5. ޟުގުރި

    ތިކަމާއަދި ނުވިސްނާ ގައުމު ސަލާމަތްކު ރެވޭތޯބަލަމާ

    36
  6. ޣޮފި

    ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިރޭ ރާއްޖެއިން ފައްސިވި 35 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 14 މީހަކާއި އިންޑިއާ 7 މީހެއް ކަމަށެވެ.

    އިތުރު 35 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމާއެކު، މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 897 އަށް އަރާފައެވެ.

  7. ވަންޗު''

    ދެމަސްވެގެން ދިޔައިރު ސްކޫލުތައް މެދުވެރިކޮއް ބެލެނެ ވެރިންނަށް ނުބައިމައުލޫމާތު ދިނުން ނޫންކަމެއް ކުރެވިފަކަ ނެ'ތޭ؟ ކޮއްމެ ކުއްޖަކަށް ޑާޓާހިލޭދޭ ނަމޭބުނި އެވެސްލިބުނުކުއްޖަކު ހުރިކަމެއް ނޭގެ

    39
    9
    • ގަމު މީހާ

      ޑާޓާ ހިލޭ ލިބުނު ކުދިން ބައިވަރު...އަޅުގަނޑަކީ ޓީޗަރެއް....ސުވާލަކީ ކުދިން ޓީޗަރުންނާ ބައްދަލުވާ ވަގުތު ކުޑަ ވިޔަސް އެއް ކްލާހެއްގައި އެތައް ފެމެލީ ތަކެއްގެ ކުދިން ތިބޭއިރު މިކަމަށް ވަރަށް ފަރިތަވެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ކުދިން ސްކޫލަށް ގެންގޮސްގެން ނޫނީ ނަތީޖާ ވަރަށް ގޯސްވެދާނެ...ނިކުމެދާނެ ގޮންޖެހުންތަކަށް ހަރުދަނާ ފިޔަވަޅުތަކެއް ޕްލޭންކޮށް ރައްކާތެރިކަން އިސްކޮށްގެން ނޫނީ ފިޔަވަޅެއް ނޭޅުއްވުމަށް ލޮބުވެތި މިނިސްޓަރަށް އާދޭހާއެކު ދަންނަވަން...

      18
  8. އަލަމާރި

    މިގައުމުގަ ތިއަށްވުރެ ފެއިލް މިނިސްޓްރީ އެތްނެތް.

    11
  9. ބެސްޓް

    މިޤައުމުގެ ކޮކަޑި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްءابدا محمد ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައާހަވާލުކުރޭތިކަން. ފެއިލާ ގްރޫޕް

  10. ތީތި

    ކޮންމެހެންވެސް ކިޔަވާ ދޭން ޖެހޭނެ... ޗައިނާގައި ކިޔަވާ ދޭންފަށާފިއެއްނު... ކޮޕީކެޓް ރާއްޖެ

    12
    1
  11. ޢަންސާރު

    12 އަރިއަށް ގަބުޅި ބޯކިބާ ފަޅާފަ މިގެއަށް ވެސް ފޮނުވައްޗޭ ...

  12. ހައިރިސްކް .

    ޢިރުއިރު ކޮޅާ އެޗްޕީއިން ގޭގަމަޑުކުރަން މެސެޖް ފޮނުވާ ތިޔަ މިނިސްޓަރަށް އެ މެސެޖް ނުލިބޭތަ އަޅޭ. މިހާލަތުގަ އަހަރުމެން ނޫޅެން ބިވެރި ކަމެއްގެ ތެރޭގަ ހައިރިސްކްގަ. ޢަހަރުމެންގެ ދަރިންނަށް ކިޔަވަދޭކަށް. އަނެއްކާ އަނެއް ޅައެއްޗެއް ނޭޅިގެންތަތިއުޅެނީ.

    15
  13. ހުސޭނުބޭ

    އެހެންވިއްޔާ އަވަހަށް ޓީޗަރުން 4 ފަތިން މޮހައިގެންދާވަރު ކޮށްލާ! ދަރިވަރުންނަށް 4 ދަންފަޅި ކިޔަވާދީ މޮޔަކުރޭ!

    16
  14. ނަައީމް

    ދުނިޔޭގަ ހުރިކަން އަންގާލަން އެއްޗެއްބުނެލީ ހިރުހާވަރުން ތިޔަ ދަންފަޅިއަކުން ނުނެއްޓެވިގެން އުޅެނިކޮށް ވެރިކަން ހަމަވަނީ ދެންބުނާނެ ބަންދުދުވަސްނުލައޭ ..... އައުރަނިވާކޮށްބަލަ

  15. ޕޭރެންޓް

    ފީ ނަގާ އަމިއްލަ ސްކޫލް ތަކަށް މިހާރުވެސް އެބަ ޖެހޭ ސްކޫލް ފީ ދައްކަން.-/ 3500 އަށް ވުރެވެސް ގިނައިން ކޮންމެ މަހަކު، އެކަމު އެއްވެސް އެއްޗެއް ކިޔަވައިދެނީކީ ނޫން. އަދި ފީ ކުޑަ ކޮށްދިނީކީވެސް ނޫން މިކަމަށް އެޑިޔުކޭޝަން އިން ހައްލެއް ނެތް ތޯ؟