ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އައްޑޫ އަށް އިހުމާލުވެފައި ނުވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ނުކުރެވޭ މައްސަލައިގައި އެ ސިޓީގެ ހުރިހާ މެމްބަރުން ކެނޑިނޭޅި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އައްޑޫގެ ހުރިހާ މަޖިލިސް މެމްބަރުން އެކުގައި ވެބްކޮންފަރެންސް މެދުވެރިކޮށް ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

ރޮޒެއިނާ ވިދާޅުވީ އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ މެޝިނެއް ހުއްޓަސް، އެ މެޝިނަށް ލައްވަން ޖެހޭ ކާޓްރިޖް އަދި ލިބިފައި ނުވާ ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ހުއްދަދޭ ކާޓްރިޖެއް ގެނެސްގެން ނޫނީ މި ކަން އެންމެ ފުރިހަމަ ގޮތެއްގައި ކުރެވެން ނެތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ހެލްތު މިނިސްޓަރު ރޭގައި ވެސް އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން ފާހަގަ ކުރެއްވި، އަޅުގަނޑުމެންނަށް ހިލޭ އެހީގެ ގޮތުގައި ތަންތަނުން އެބަ ލިބެއޭ ޓެސްޓް ކިޓްތަކާއި އެއްޗެހި. ނަމަވެސް ޑަބްލިއުއެޗްއޯ އެޕްރޫވްޑް ނުކުރާ އެއްޗެހި ގެނެސްގެން އޭގެ މައްސަލަތައް ނުކުމެގެން އެބަދެއޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ސަރުކާރުން ގެންނަން ޖެހޭނީ އެންމެ ރަނގަޅު ވަސީލަތްތައް ކަން ހެލްތު މިނިސްޓަރު ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ ހުއްދަ ނުދޭ ވަސީލަތްތައް ނުގެންނަ ނަމަ، އިތުރު މައްސަލަތަކެއް ދިމާވެދާނެ ކަން މިނިސްޓަރު ގަބޫލު ކުރެއްވި ކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

އައްޑޫގައި ޕްރޮޓެކްޓިވް ޕާސަނަލް އިކުއިޕްމަންޓްސް (ޕީޕީއީ) ނެތް ކަމަށް ބުނާ ވާހަކަތައް ވެސް ރޮޒެއިނާ ދޮގު ކުރެއްވިއެވެ. ރޮޒެއިނާ ވިދާޅުވީ ސްޓޮކްގައި ޕީޕީއީ ހުރި އިރު، މިވަގުތު އެ ތަކެތި ދޫކުރަމުން ދަނީ ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށެވެ.

"ޓެސްޓް ކުރެވޭ ގޮތަށް ބަލާ އިރު، ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް 24 ގަޑިއިރުގެ ތެރޭގައި މާލެ ގެނެސްގެން ޓެސްޓް ކުރެވޭ ގޮތަށް ހުރީ. އައްޑޫ އިން ފައްސިވި ނަމަ މިކޮޅުގައި ހުރި މެޝިނެއް ގެންގޮސްގެން ޓެސްޓް ކުރެވޭނެ ގޮތް ހަމަޖައްސާނެ،" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި އެ ވަގުތަކު ކުރަން ޖެހޭ ކަމެއް ސަރުކާރުން އެ ތަނެއްގައި ދަނީ ކުރަމުންނެވެ. އައްޑޫގައި ކަމެއް ގޯސްކޮށްދާ ނަމަ، އެކަން ބަލާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫ އިން މާލެ ގެނައި މީހަކު ފައްސިވުމާއި ގުޅިގެން އެ ސިޓީ ފުރަބަންދަކަށް ދިޔައެވެ. ނަމަވެސް ފަހުން، އޭނާ ހެދި ޓެސްޓްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އެހެންވެ، އެ ސިޓީގައި އިއުލާން ކުރި ފުރަބަންދު މިހާރު ވަނީ އުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރައިޔަތުން އަހުމަދު

    އައްޑޫ މީހުން އަދިވެސް ތިބޭ މި މީހުން ދައްކާ ދަޅަތަކަށް ހެއްލިފަ..

    މީ އަސް ލު އައްޑޫ މީހުން އޮޅުވާލައިގެން ޕާރޓީ ވިޔަފާރި ކުރާ ބައެއް.. އެމީހުންގެ ބޮޑުންނާއި ގާތްތިމާގެ މީހުން އެތިބީ ބޮޑެތި ވަޒީފާގައި ދައުލަތުގެ ބަޖެޓުން ކައިގެން..

    އައްޑޫ މީހުން ބަލިން ސަލާމަތްވާނެ ގޮތެއްނެތިފައި ޓެސްޓު ނެހެދިފައި.

    އެކަމަކު އެމްޑީޕީ ހޮވަން އެންމެ ބޮޑު ތާއިދެއް ފެށުނީއްސުރެން ކުރަނީ އައްޑޫގެ ރައިޔަތުން

    ވިސްނާފައި މިކަން ކަން ހައްލުކުރުމަށް ގޮތްބަދަލު ކުރަން ވެއްޖެ..

    މީއީ އަހަރުމެންނަށް މަންފާއަށް ކަން ކުރާނެ ބަޔަކަށް ދެކުން އެއީ ގޯހެއް..

    އޭރަކަކު އެންމެ ބޮޑު ކަންކޮންދޭން ބުނާ ބަޔަކާއި ބައިވެރިވާންވީ.. އެމީހުން ނުކޮށްފިނަނަމ އެމީހާ ދޫކޮށް އަނެއްމީހާޔަށް ބަދަލުވާންވީ..

    މީ ވަކި ކުލަޔަކަށް ގުރުބާން ވީ ކަމެއް ނޫން..

    ރަށަށް މީހުންނަށް އަތޮޅަށް އެންމެފައިދާ ބޮޑުގޮތް އެއީ އެންމެ ރަގަޅު ގޮތް.. ވަކީ PPM, MDP, DRP, JP, AP އެއް ނޯންނާނެ..

    ދަ މޯ ޔޫ ގިވް ދަމޫ ވީ އެކްސެޕްޓް ޔޫ..

    51
  2. އައްޑޫ މީހާ

    ކަލެއަށްތަ އެނގެނީ ކަލޭ އަރާމުގަ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ކާލަ ކާލަ އޮތަސް ވާނުވާ ނޭގޭނޭ އައްޑޫގައި ދިރިއުޅޭ ރައްޔިތުންނަށް އެކަން އިހުސާސް ކުރެވޭނީ އައްޑޫ ރައްޔިތުން ހޮވާފައި ތިބި ހުރިހާ މެމްބަރުން ތިބި ސަރުކާރުގެ އަޅުވެތިކަމުގައި ބަނދެވިފައި މިސަރުކާރުން އައްޑޫ ރައްޔިތުންނަށް ކިތަންމެ ވަރަކަށް ވެސް އިހުމާލު ވެފައި އޮތީ އެކަމަކު އައްޑުއަށް ނިސްބަތްވާ މެމްބަރުންނަކަށް ނުކެރޭނެެ ސުޕަރ މެޖޯރިޓީ އަނގަ ހުޅުވާކަށް، ނުކެރުނެއްނުން ؟ މިއީ ފެންނަން އޮތް ހަގީގަތް އައްޑޫއަށް ނިސްބަތް ނުވާ މެމްބަރަކު ވަކާލާތު ކުރީމަ އެކަން ހަޖަމް ކުރަން އުދަގުފުޅު ވެގެން މިހާރު ތިއުޅެނީ އެކަމަކު އައްޑޫ ސިޓީގެ ސިއްހީ ހާލަތު ހާމަވި ވަގުތު އައްޑޫ ހޮސްޕިޓަލުގައި މާސްކު ގަޑެއްވެސް ނެތްކަން އެގުނު ވަގުތު ކަލޭމެން ކޮށްދިނީ ކޮންކަމެއް ރައްޔިތުން ކަލޭމެންނަށް ދިިން މަގާމުގައި ތިބެ ހިތައް އެރި އަދަދަކުން ފައިސާ ކަމުން ދާއިރު ކަލޭމެން އައްޑޫށް ނިސްބަތްވާ ހުރިހާ މެމްބަރުންގެ ފަރާތުން އެންމެ މާސްކެއް ނަމަވެސް ހޮސްޕިޓަލަށް ހަދިޔާ ކުރިނަމަ ވަރަށް ރީތިވީސް ދެން ތާކުން ތާކު ނުޖެހޭ ވާހަކަ ނުދައްކާ މައިތިރިވެގެން އައްޑޫއަށް ނިސްބަތްވާ އަޅުވެތި ސުޕަރ މެޖޯރިޓީ މެމްބަރުން މަޑުން ތިބެބަލަ މާތް ﷲގެ އިރާދަ ފުޅުން އައްޑޫ ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ އާމީން

    60
  3. ޢައްޗި

    ޑަބްލިޔުއެޗްއޯއިން ހުއްދަ ދޭ ކާޓްރިޖް ގަންނަންތިބެ ، ރައްޔިތުން ހަނާއަރަންދެން ، އަނގަ އޮތީމަ ނުތަޅަބަލަ ، ރާއްޖޭގައި މިބަލީ އުޅޭތާ ކިހާދުވަހެއްވީ

    53
  4. ހުސޭނުބޭ

    މަންޖޭ! ކާކުތަ މިއޮއްފަދަ ރޯދަމަހު ތިވަރު ދޮގުހަދަން މަންޖެއަށް ދަސްކޮށްދިނީ!

    64
  5. އަހްމަދު

    ރޮޒޭނާއައް ކަންބޮޑެއްނުވާނެއަދި އައްޑުއައް އިހްމާލުވިކަމަކައް ގަބޫލެއްވެސްނުކުރާނެ އެކަންއައްޑޫރައްޔިތުންނައްވެސްއެގޭނެ އެކަމުކެމްޕޭންތެެރޭގަ ދެއްކިވާހަކަތަކާ ކަންހިގާގޮތް ފެންނަކޮންމެމީހަކަށްވެސްގަބޫލުކުރެވޭނެ ރޮޒާނާ ގަބޫލުކުރުމާ ނުކުރުންއެއީމާބޮޑުމައްސަލައެއްނޫން

    34
  6. ރަޝީދު

    ކިތަންމެވަރަކަސް އަޑަށްބާރުލާފައި އިހމާނުވެޔޭ ބުނިނަމަވެސް މިފެންނަނީ ވަރަށް ބޮޑަށް އިހުމާލުވެފައިވާތަން.

    42
  7. އަހްމަދު

    ރޮޒެއިނާ އެވާ ކަލެޔަށް އައްޑޫ އާއި ބެހޭގޮތުން އެނގެނީ ކިހާވަރަކަށްތޯއެވެ. ސަރުކާރުންވަނީ އައްޑޫގެ ސިއްހީ ކަންކަމަށް ވަރަށްބޮޑަށް އިހުމާލުވެފައި. އައްޑޫ ހޮސްފިޓާލުގައި އެބަހުރި ކޮވިޑަށް ޓެސްޓް ކުރެވޭނެ މެޝީން ނަމަވެސް އެއަށް ލައްވާނެ ކާޓްރިޖް ނެތިގެން އެކަން ނުވަނީ. ސާމްޕަލްތަށް މާލެގެންދަން ކުއްޔަށް ހިފާ މޯލްޑިވިއަންގެ ފްލައިޓްތަކަށް ކުރާ ޙަރަދުގެ %10 ޕަސެންޓުއިން ކާޓްރިޖް ހުރިތަނަކުން ނުގެނެވޭނެބާ!

    އައްޑޫގެ މޭޔަރާއި ހޮސްޕޓަލުގެ މެނޭޖަރާއި ތަޅަނީ ދެމީހުން އެއްގަލަކަށް ނާރާ! މިކަމުގެ ސަބުބުން އައްޑޫ ރައްޔިތުން ނިކަމެތޮވާކަން ކަލޭމެންނަށް ނޭނގެނީބާ.

    ސިޔާސީ ބޭނުމެއްގައި ނަމަވެސް ޝިޔާމު އެބިލް ހުށައެޅީތީ ޝުކުރު ދަންނަވަން!!!

    44
  8. އޭއެމް

    އިހުމާލުވުމަކީކޮބާ؟ ސުވާލު 1 ނުރައްކާތެތެރި 19 އައް މާލެ ފިޔަވާ ޓެސްޓްހެދެނީ ކިތައްރަށުގަތޯ؟ 2 އުތުާއި ދެކުނުން ކިތައްސާމްޕްލް ވައިގެމަގުން ގެނެވުނުތޯ ؟ ނުރައްކާ19 ޖެހޭ ބަލިމިހުން އެޑްމިޓް ކުރަން ރާއްޖެތެރޭގައި ކިތައް. ތަން ތައްޔާރު ކުރެވިއްޖޭތޯ؟ 3 މިނުރައްކާތެރި 19 އައް ފުރިހަމައައް ތައްޔާރުވެފަ ތިބިކަމައް މިދިޔަމާޗް މަހުގަ ވިދަޅުނުވަންތޯ ؟ 4 3ވަނަސުވާލުގައި އެވާ ތައްޔާރީތައްޥީ ދިވެހިރާއްޖެގަތޯ ނުވަތަ އަނެއްދިވެހިރާއްޖޭގަތޯ؟ 5 ރޯގާ19 އައް ކިތައްހާސްމިލލިއަން ހަރަދުކުރެވިއްޖެތޯ؟ މިސުވާލުތަކުގެޖަވާބު އިއްޒަތްތެރިގަދަރުވެރި ފަހުރުވެރި ކަމަނާ ކުރެން ހޯއްދަވައިދެއްވުން އެދެން

    25
  9. ހުސެން

    ސިޔާސީ މީހުން ހުށައަޅާނީ ސިޔާސީ ބިލް އަބަދުވެސް އެއި ފައިދާކިރިޔަސް ނުކުރިޔަސް

    15
    5
  10. ނާއިން

    ކަލޭބުނާނެ ތިހެން އިހުމާލެއްނުވޭ ކަލައަށް އެނގޭނެ އިހުމާލުވެވުނިއްޔާ މާއެއްޗެހި ތަކެއް އެނގޭކަމަށް ހެދިގެން އުޅޭ އެމްޕީ އެކޭ އަމިއްލަ ޖީބުން ތިބޭލާރިން ދާއިރާގެ ރައްޔަތުން ކިހާވަރަށް އެހީވެވިއްޖެތޯ؟ ބޮޑުމުސާރަ ނަގައި ކާލަކާލަ ތިބެނީ މާސްގަނޑެއްވެސް ހަދިޔާ ކޮށްލަން ނުކެރޭ ކޮން އަގައެއް ހަލުވާކަށް ، އެކަހަލެ ފިރިއެއް ލިބުނުތަނަކުން ކާލައިގެން އނިޔާވެރިވަމުންދަނީ ދާ އިރާގެ ރައްޔެތުންނަށްވެސް ރޯދަމަސްތެރޭ ދާއިރާގެ ނިކަމެތި ކިތަށް އާއިލާ ހަރަދެއްކޮށްލެވުނުތޯ؟ މުލިން މަކަރާ ހީލަތުން ދަޅަދެއްކުން ނޫންކަމެއް ނެއް ހަމަ އަދިވެސް ހޮވާފަ ބަރައް އަތްޖަހަ

    18
  11. Anonymous

    އިހުމާލެއް ނުވޭ. އަމިއްލައަށް މަރުވާން ދޫކޮށްލީ. ކެމްޕެއިނެއް އަންނައިރަށް ކަލޭމެން ރީނދޫކުދިން ދުވާނެ އައްޑޫ ވަރެއް ނެތިގެން. ހާލުޖެހުނު ދުވަހު ސަރުކާރަށް ނުދެވުނު ޑިސްޕޯސެބަލް މާސްކް ގަނޑެއްވެސް އައްޑޫއަށް. އިހުމާލެއްނުވޭ.

    29
  12. ާއަހުމަދު

    ނިކަމެތިވަނީ ކިހާވަރެއް ވީމަ
    ޓެސްޓެއް ނުހެދޭ
    ހޮސްޕިަޓަލް ކޮވިޑައް ތައްޔާރުކުރާތަާ ހަތަރުމަސް އަދިވެސް ނުނިމޭ
    މާސްކެއްނެއް
    ޓެސްޓުހެދީމަ އެއްދުވަހު ފައްސި އަނެއްދުވަހު ނައްސި ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު

    23
  13. Anonymous

    ސުރީ ލަންކާއިން ކޮވިޑް 19 ޖެހުނީ 855މީހުން
    ދިވެހިރާޖޭގަ 897މީހުންނ ކޮވިޑް ޖެހުނީ
    މިކަމުންވެސް ހާމެވެގެން ދޭ ރާއްޖޭގެ ކޮވިޑް 19 ތައިޔާރު ވެފަ ވާމިންވަރު އެޅިފަވާ ހަރުދަނާ ފިޔަވަޅުތަ

    27
  14. ޙަަަސަނު

    މޮޔަ ހައްދާފަ ބަހައްޓާ އައްޑޫ ރައްޔިތުން ހަމަ ހެއްދި ވަރަކަށް ހެދޭނެ މޮޔަ މައްޗަށަ މޮޔަ ހެއްދޭނެ

    33
  15. ޖަޒީރާ

    ޢޮޅުވާލަނީ ތިމެށިން މިހާރުބޭނުން ނުކުރާނެ ގިނަގައުމުތަކުގަ ވީމަ ތިކާޓިރިޖް ހަދާގުދަނަކައް ޑަބުލިއުއެޗްއޯގެ ހުއްދައެއްނުލިބޭނެ ތީހިޓްލަރް ޒަމާނުގެ މެޝިންތައް ނަމެއްގަ ތަންތަނުގެ ނަންއިތުރުކުރަނީ ތިކަންކުރެވެނީ އެއްމެތަނަކުން ސަރުކާރުގެ ރޮޒޭނާއައް ވޯޓްދިނުމައްވުރެ މާރަނގަޅެއްނުން ތިއަތޮޅައް އުފަންދަރި އަކައްދިއް ނަމަ ޜާއްޖޭގެ އެއްމެ ތައުލީމީ މީހުންގިނަ ދާއިރާގެ މެންބަރުކަން ހަވާލުކުރީ ދާއިރާގެމީހަކާއެއްނޫން އަތޮޅުގަ ވަޒީފާނެތިގެން އުޅޭއިރުވެސް މީވިސްނުން އަދިމެށިނެއްކިހާވަރުވާނެ

    18
  16. Anonymous

    ރޮޒައިނާ ކަލޭ ތީ އައްޑޫގެ ހަލާކު.ދެން އޮވެބަަލަ ތިއަރާމުގަ ތާ އަބަދު. ރުހުުމުގެ ލޮލަށް އައިބެއް ނުފެންނާނެ.

    25
  17. ސުންކު

    ރޮޒޭ އެވިދާޅުވީ ރަނގަޅައް. ބަލި ނެތް ތަނެއްގައި އަގު ބޮޑެތި މެޝިން ގަނެގެން ގޮސް ބަހައްޓަން ވީ ކީއްކުރަން. މިރާއްޖެ މިއީ ނޯވޭ ކަހަލަ ވަރައް ފުދިގެން އުޅޭ ގައުމަކަށް ވީމަ ދޯ. ބަލަގަ ބަލި ފެނުނީމަ ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަ ޖެހޭނެ. މިހާރު އެއޮތީ ބަލި ނުވަދެވެ ވޭތޯ އަޅަން ޖެހޭ ފިޔަވަޅު އަޅާފައި. މާސްކް އަދި ޕީޕީއީ ކިޓް ވެސް މި ހާލަތުގައި ބޭނުން ވާނެ ވަރައް ސްޓޮކް އެބަހުރި. މިހާރު މަދުން ނަމަވެސް މި ގައުމަށް ލިބޭ ކޮވިޑް 19 އާއި ގުޅޭ މެޑިކަލް ސާމާނު ބޮޑަށް ރޭޝަން ކުރާނީ އެންމެ ބޮޑަށް ބަލި ފެތުރެމުންދާ ހިސާބު ތަކަށް. އެއީ ކަންނޭގެ ބުއްދި ވެރި ގޮތަކީ އެއްވެސް ވަރަކަށް ބަލި ޖެހިފައި ނެތް ތަނަކަށް އެތަކެތި ގެންގޮސް އައިޑްލް ކޮށް ބެހެއްޓުމަށް ވުރެ. އެކަމަކު ބަލި ފެތުރެން ފަށްއިފިއްޔާ މާލޭގަ ހަމަޖެހިފައި އޮތް އިންތިޒާމް އައްޑޫ ކީއްކުރަން ރާއްޖޭގެ އާބާދީ ބޮޑު ހުރިހާ ހިސާބެއްގައި ހަމަޖެހިގެން ދާނެ. އެއީ ކަންނޭގެ ރައީސް ސޯލިހުގެ ވެސް ސަރުކާރުގެ ވެސް ވިސްނުމަކީ. ރައީސް ސޯލިހު އެންމެ ފުރަތަމަ ދުވަހު ވެސް ބުނި ދިވެހި އެއްވެސް ރައްޔިތެއް ބިކަ އެއް ނުވާނޭ ކޯވިޑް 19 އާއި ޖެހިގެން. ކޯވިޑް 19 އާއި ގުޅިގެން އެބައްޔައް ޑައިގްނޯސްޓިކް ކުރާނެ ސާމާން ހޯދުން މި ދުވަސްކޮޅު ވަރަށް އުދަގޫ ވާނެ. ގެންނަން ޖެހެނީ ވަކި ސްޓެންޑާޑް އަކަށް ފެތޭ ސާމާނު. ޑިމާންޑް ބޮޑުވެ ސަޕްލައި އެއްވަރައް ނުކުރެވޭތީ އާއި، އެ އުފައްދާ ގައުމު ތަކުން ވެސް އެބޭނުން ވާތީ، އެ ގައުމު ތަކުގެ ސަރުކާރު ތަކުން ވެސް އޮތީ އެކްސްޕޯޓް ކުރެވޭ ވަރު ލިމިޓް ކޮށްފއި. މި ހުރިހާ ސިނާރިއޯ އަކުން ވިސްނަން އެބަޖެހޭ ސަރުކާރާއި މެންބަރުން ކުށްވެރި ނުކޮށް.

    2
    40
  18. އަލްޖިބްރާ

    މިދިވެހިރާއްޖެއަށް ވުރެ ހުރިހާގޮތަކުން ކުރިއަރާފައިވާ ޤައުމުތައްވެސް ވަނީ މި ވައިރަސް އާއި ޖެހުނީމަ ކުޑަކަކޫ ޖެހިފަ ! އެމީހުނަށް އެހެންދިމާވީވެސް އެމީހުންގެ އިހުމާލު އޮތީމަތަ ؟ އިހުމާލު އޮތަސް ނެތަސް ކަލޭމެންގެ އަގަޔަކު އަތެއްނޭޅޭނެ ! މިޤައުމު އިހުމާލު ވީ ! އޯކޭ ! މުއްސަދި ޤައުމުތަކަށް ރައްކާނުވެވުނީ ކީއްވެތަ ؟ މޮޔައިން ދައްކާ ވާހަކަ ތަކަށްވެސް މީހުން އިޖާބަ ދޭވިއްޔަ ! މިސާލަކަށް މިވައިރަސް އާ ބެހޭގޮތުން ސިއްހީ ދާއިރާއިންނާއި މައުލޫމާތު ތައް ދޭ ދާއިރާ ތަކުން އަބަދު ޚަބަރުތަށް ގެނެސްދޭ އިރުވެސް ދުވާލަކު ފަސްފަހަރު އެއްސުވާލެއް ކުރަމުން ގެންދަނީ ހަމަ ނޭގޭތީ ތަ ؟ ނުވަތަ ކުރާ ޖެއްސުމެއްތަ ؟ މިއީ ކަލޭމެންގެ ގިންތީގައި ހިމެނޭ ބަޔަކަށް ތަންދޮރު އެގޭވަރު !

    2
    21
  19. ސީސޫ

    އަލްޖިމްރާ މާމޮޅު ކޮމެންޓް ނުކޮށް ހުރެ..ލާރި ގިނަ ގައުމުތަކުން އެކަން މައިތިރިނުވަނި އެގައުމުތަކުގެ ވެރިންގެ ވެސް އިހުމާލުން..މިއޮށް ކާއިރި ގަ އޮތް ސުރީލަންކާ ގަވެސް މާއިތިރި ކޮއްފަ އެއޮތީ..މިތާ މިޔޮތި ވަރބިނދިފަ މީ ބޮޑު ކަމަށް ކަށް ނެހެދި ޓޮރަންޕް ސަރުކާރުކަހަލަ ސަރުކާރެއް.އަހަރުމެންނަށް ވެސް އިނގޭ މޮޅު ކޮމެންޓް ކުރަް..

    16
  20. ސީނާ

    ތިކަން އިނގޭ އަހަރުމެނަން

  21. ނަޒޫ

    ސާބަހޭ ކަލޭގެމުސާރަ ބަރާބަރަށްލިބޭ އިހުމާލު އޮޅިއްޖެ ވޯޓުދިންކުދިންބާރަށް އަތްޖަހާ

    20
  22. އަޑަފި

    އިހްމާލު ނުވިކަން އެނގޭނީ ތިމާ ޕާޓީނޫން ބަޔަކު ވެރިކަމުގައި އޮތްނަމަ، ކިތައްމެ ރަނގަޅަށް ކަމެއް ކުރިއަސް އިހްމާލޭކިޔައިގެން އަގަތަޅާވަރުން ބޮލަށް ނުހޮރުއްޕާންވާނެ.