ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް އިންޑިއާގެ ފަރާތުންވަމުން ގެންދާ އެހީތަަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު ދަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށާއި، އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވަމުން ރައީސް ސާލިހު ޓްވީޓުކުރައްވާފައި ވަނީ، ރާއްޖެ އަށް ބޭނުންވާ 580 ޓަނުގެ ކާބޯތަކެތި ހިފައިގެން އިންޑިއާގެ މަނަވަރެއް ރާއްޖެ އަށް މިއަދު އައި ފަހުންނެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "ކޭސަރީ" ގައި ރާއްޖެ ގެނައި ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ، 14 ޓަނުގެ އަލުވި އެވެ.

އެކަމާއި ގުޅިގެން ރައީސް ސާލިހު ވިދާޅުވީ، ކޮވިޑް-19 ފެތުރެމުންދާ މި ދަތި އުނދަގޫ ދުވަސްވަރުގައި އިންޑިއާއިން ވަމުންދާ އެހީއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިފަދަ އުނދަގޫ ދުވަސްކޮޅެއްގައި ޒަރޫރީ ކާބޯތަކެތީގެ މުހިންމުކަން ވަރަށް ބޮޑު ކަމަަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އެކަމަށްޓަކައި ބޮޑުވަޒީރު މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން". ރައީސް ވިދާޅުވިއެވެ.

"މިޝަން ސާގަރު" ގެ ނަމުގައި އިންޑިއާއިން ލޯންޗުކުރި މި އޮޕަރޭޝަނަކީ އިންޑިއާ އާއި އެކުވެރި ގައުމުތަކަށް ކޮވިޑް-19 އިން އަރައިގަތުމަށް އެހީވުމަށް އެ ގައުމުން ފަށާފައިވާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން ރާއްޖެ ހިމެނޭ ގޮތަށް ފަސް ގައުމަކަށް އެހީތެރިވުމަށް އިންޑިއާ އިން ވަނީ ނިންމައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމީ

    އންޑިޔާ އިން އެއްޗެއް ދޭންނިޔަތް ގަންނަ އި ރަ ށްވެސް ހީވަނީ އެހެން ކަމެއް ވެގެން އުޅޭހެން ބައެއްގެ ތަށުވިޔަސް ތީ ބޮޑު ވަ ރު. އަނެއްކާ އައްޑޫ އިން ބިމެއް ދީ

    12
  2. ޙަނާ

    އިންޑިއާގައި ޑެއިލީ ވޭޖްގަ އުޅޭ މީހުންނަށާއި އެހެންވެސް ގޮތްގޮތުން ހާލުގައި ޖެހިފާ ތިބޭ މީހުންނަށް ސެލެބްރިޓީސް އެއިޑްދީ ރޯދަވީއްލުންދޭ ވާހަކަ ކިއިން. އިންޑިއާގެ ރައްޔިތުން ހާލުގަ ޖެހިފައި ތިބޭ މި ދަނޑިވަޅުގައި އެމީހުންނަށް އެހީނުވެ އެހެން ޤައުމުތަކަށް އެހީވާން ފޫގަޅައިގެން ހުރީމަ ހިނި އަންނަނީ

    12
  3. އައްޑޫ މީހާ

    މި ސަރުކާރުގެ ބޮޑު ބޭބެ ގެރި މޫދީ ބޭބެ ހެޔޮ ހަތްޕުނޑު ގަނޑެއް ދިނަސް އެއީ ދެން ވަރަށް ބޮޑުވަރު ހާއްސަ ޝުކުރުގެ އިތުރަށް ތަކެއްޗަށްވާ ފައިސާވެސް ދޭނެ އެކަމަކުވެސް ހިލޭ އެހީއަށް ބަދަލުވާނެ! އިބުރާހީމް ޖީ މޫދީ ޖީ ބޮނބި މަކުނު ޖީ މި ތިން ޖީގެ ފަރާތުން މި ގައުމު ސަލާމަތް ކުރައްވާށި އާމީން

    11
  4. ދަބަރޭ

    ހެލިކޮޕްޓަރ ހަދިޔާކުރި އުސޫލުން ހަދިޔާކުރި ދަރަނި ދަންތުރައެއް ދެން ފެންނާނީ ދިވެހިންގެ ބަނޑުފަޅަން އަންނަތަން

    13
  5. ޙަަރުން

    ޢޯމައި ގޯޑް ކިނބުލާ ތްރޫ ފްރެންޑޯ...ލަދު

  6. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    އަނެއްކާ ވެސް އަނެއް ދަރަނި ދަންތުރަ. ޤައުމު މިތިބެންޖެހެނީ އިންޑިޔާ އަށް ޖިޒީ ދައްކައިގެން. މިއީ ދިވެހިރައްޔިތުންގެ މާލިއްޔާގައި ހުރި އެމެރިކާ ޑޮލަރުތައް އިންޑިޔަން ރުޕީސް އަށް "ސްވޮޕް" ކުރި ދިވެހިންގެ މާލިއްޔާ ދޮވެލާ ޤައުމަށް ޣައްދާރުވި ލާދީނީ ސަރުކާރު.