300 މިލިއަން ޑޮލަރު މަސްވެރިކަމަށް ހޭދަކުރަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ފިޝަރ މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.

އެ މަސައްކަތާއި ގުޅޭގޮތުން، ޖާބިރު "ވަގުތު" އަށް ވިދާޅުވީ އެފަދަ އިންވެސްޓްމެންޓެއް ކުރަން ނިންމެވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި އިގްތިސާދު ކޮޅަށް ޖެހޭނެ އެންމެ ރަނގަޅު މަގަކީ މަސްވެރިކަން ކުރިއެރުވުންކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަަމަކޮށްދީ މަސްވެރިކަމަކީ މިހާރަށް ވުރެ މާލި ގޮތުން ފުދިގެން ކުރިއަރުވާ ސިނާއަތަކަށް ހެއްދެވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަސްވެރިކަން ރަނގަޅު ކުރެވޭނީ އެންވެރިކަމާއި، މަސްވެރިކަން، މަސް ގަތުމާއި ރައްކާކުރުން އަދި މަހުގެ އުފެއްދުންތަކަށްވެސް އެކަށީގެންވާފަދަ ހޭދަކުރެވިގެންކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް މަސްވެރިކަން ކުރިއަރުވަން ނުކުރާފަދަ ބޮޑު މަސައްކަތެއް ކުރަން ބޭނުންވެވަޑައިގަންނަވާކަމަށާއި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ބޭނުންވާ އުޅަނދުތައް ހޯދާފައިވާ ކަަމަށާއި، އެ މަސައްކަތް ކުރުމަށް ބޭރުގެ އިންވެސްޓަރުންނާއި ވެސް ވާހަކަދެކެވިފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

" މަސްވެރިންގެ ދަތިތައް ވަރަށް ބޮޑު. އެންހޯދުމަށް ވެސް އެހާ އުނދަނގޫ. ޑީކޯ ޗެމްބަރގެ މައްސަލަ އެހާ ބޮޑު. މަސް ނުވިއްކޭ މައްސަލަ އެހާބޮޑު. އަޅުގަނޑު މިބުނަނީ އަޅުގަނޑު މަސް ގަންނާނަމޭ. މިހާރު ޗެމްބަރގެ މަސައްކަތް ކުރަން ހުރީ ލ.ހުޅިމެންދޫ. ދެން ގއ.ފަރެހޮޅުދޫގައި ޗެމްބަރ ނިމެނީ މިހާރުއެ. މިކަން ނުވާނެ ސަރުކާރުގެ އެއްބާރުލުމައި ނުލައެއް. އަޅުގަނޑު ވާހަކަދެއްކިން ސަރުކާރުގެ ވަޒީރުންނާއިވެސް ވަރަށް ޕޮޒިޓިވް." ޖާބިރު ވިދާޅުވިއެވެ.

މަސްވެރިކަމަށް ކުރާ އިންވެސްޓްމެންޓް އަވަސްކޮށް ހަރުދަނާ ކުރެވޭނީ ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ލިބިގެންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސްވެރިކަން ކުރިއަރުވަން ކުރައްވާ މަސައްކަތަށް ވެސް ބޮޑު އެއްބާރުލުމަކަށް ވެގެންދާނެ ކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ.

ޑީރާޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ހަރަދުގައި ގއ. އަތޮޅު ފަރެހުޅުދޫގައި ޑީކޯ ޗެމްބަރެއް އަަޅަން ނިންމާފައިވާއިރު އެތަނުގައި ޤައިމްކުރާ ފިޝާމެންސް ކްލިނިކްގައި ޗެމްބަރެއްގެ އިތުރުން އައިސީޔޫ ޔުނިޓަކާއި، ވެންޓިލޭޓަރ ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލީޓީ އާއި ކަރަންޓިން ފެސިލިޓީއެއްވެސް ވަނީ ގާއިމް ކުރެވިފައިކަމަށް މީގެ ކުރިން އޭނާ ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙާމިން

    ބްރަދާ ސާބަހޭ ޔޫ ވަރެއްނެއް ގޯ މީހަކަށް މި ގައުމުގެ ވެރިކަން މި ދިނީ ރައްޔަތުން ޟިނަ ހޮވަ ރަނގަޅުވާނެ ރައްޔަތުންނަށް

    3
    2
  2. ިހުސެން

    ހޮޑާފުށިކަތި ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުބުފޮނިނުކަޑާ

    7
    1
  3. އަލްޖިބްރާ

    މިހާރު ފާލަން އަޅާ ނިމުނީ ! ޑީކޯ ޗެންބަރުވެސް ނިމުނީ ! އަނެއްކާ މަސްވެރިން ނާއި ދިމާކުރީ ! ކަލެއަށް ވާވަރުގެ ކަންތަށް ކުރަން އުޅުނީމަ މާރަގަޅުވާނެ ! ލޮލީ ވިއްކަން ނިކުމެބަލަ !

    20
  4. ހުސޭނުބޭ

    ބައްލަވާ 300 މިލިއަން ތިއީ މަނިކުފާނާ އަޅާ ބަލާއިރު ހާދަ ކުޑަކުޑަ މިންވަރެކެވެ. އޭގެ ބަދަލުގައި 300 ބިލިއަން ޑޮލަރު މަސްވެރިކަމަށް ޚަރަދުކުރައްވަންވީނޫންތޯއެވެ.

    8
    1