މޯލްޑިވް ގޭސް އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

މީގެކުރިން މޯލްޑިވް ގޭހުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ހުޅުމާލޭގައި މޯލްޑިވް ގޭސްގައި، މަސައްކަތް ކުރަމުންދާ ޑެލިވަރީ ކުރާ މީހެކެވެ. ކޮވިޑަށް މޯލްޑިވްސް ގޭސް އިން އިތުރު ހަތް މީހަކު ފައްސިވެފައިވާކަން މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް "ވަގުތު" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މި ހުރިހާ އެންމެން ބައްޔަށް ފައްސިވިއިރު އެންމެން ވެސް ތިބީ އެކަހެރި ކޮށްފައި ކަމަށް އިކްރާމް ވިދާޅުވިއެވެ. މި ހުރިހާ މީހުން ދިރިއުޅެމުން ދަނީ އެއް ތަނެއްގައި ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން ބައްޔަށް ޕޮޒިޓިވްވި އެންމެނަކީވެސް ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން މިހާތަނަށް މުޅި ޖުމްލަ 904 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެތެރެއިން ވެސް އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޖުމްލަ 495 ބަންގްލަދޭޝް މީހަކަށް މި ބަލި ޖެހިފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 31 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މި ބަލީގައި ތިން މީހަކު ނިޔާވެފައި ވެއެވެ. އަދި އައިސީޔޫގައި ފަސް މީހަކަށް ފަރުވާދެމުން ދެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ ދިވެހި ދެ އަންހެނަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.

ކޮވިޑް-19 ގެ ވޭދަނަ (ކޭސް) ތައް މިހާތަނަށް އެންމެ ގިނައިން ފެންމަތިވެފައި ވަނީ ވެރިރަށް، މާލެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭނގޭ

    އިރުކޮޅަކުން ބުނާނެ އޮންލައިކޮށް ގޭހަށް އޯޑަރު ދޭށޭ އެކަމަު ފައިސާ ދެއްކިކަމެއް ނޭނގޭ. ހުޅުމާލެއިން ގޭސް ލިބޭނީ ތިންދުވަސް ފަހުން