މާލޭގެ ކޮމާޝިއަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ ކަމަށާއި, އެއާއެކު މިހާރުގެ ޕޯޓް އެއްލައްކަ އަށްޑިހަ ހާސް ކޮންޓެއިނަރުގެ ކެޕޭސިޓީއަކަށް ބަދަލުކުރެވިގެން ދާނެކަމަށް އިިިިކޮނޮމިކް މިިިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާމިގިލި އިންޓަނޭޝަނަލް ޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ, ރާއްޖޭގެ ވައިގެ ބަނދަރާއި, ބައިނަލްއަގްވާމީ ކަނޑުގެ ބަދަރު ތަރައްގީ ކުރުމަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެެއް ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި, މާލޭގެ ކޮމާޝިއަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"60 ހާސް ކޮންޓެއިނާ ކެޕޭސިޓީ ހެންޑްލް ކުރެވޭ މިހާރުގެ ޕޯޓް އެއްލައްކަ އަށްޑިހަ ހާސް ކޮންޓެއިނަރުގެ ކެޕޭސިޓީއަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިސްނުން. އެ މަަސައްކަތް މިހާރުވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރަން". މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ, 2009 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު, އެ އަހަރު މާލެ ކޮމާޝިއަލް ބަނދަރުން ހެންޑްލް ކުރީ 49600 ކޮންޓެއިނަރުގެ މުދާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިން ރާއްޖޭގެ އިގްތިސާދީ ހާލަތު 6000 އެމެރިކާ ޑޮލަރުން 12000 އެމެރިކާ ޑޮލަރަށް ނިސްބަތް އިތުރު ކުރަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން, 106700 ކޮންޓެއިނާ 2017 ވަނަ އަހަރު އެ ބަނދަރުން ހެންޑްލް ކުރި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ, މި ސަރުކާރަކީ ރާއްޖެއަށް ދިމާވާ ކޮންމެ މައްސަލައަކަށް ހައްލު ހޯދާ ދެއްވުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމިންއަކީ ދިވެހި ރާއްޖޭގެ ލާބަޔާ މަންފާއަށް ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ރައީސެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ, މާމިގިލީގައި އިންޓަނޭޝަނަލް ޕޯޓެއް ހުޅުވުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ މާމިގިއްޔާއި, އަދި އދ މުޅި އަތޮޅު ހިމެނޭ ސަރަހައްދުގެ ވިޔަފާރިތަކަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިރަށުގެ ބަނދަރު ހުޅުވުމާއެކު ގާތްގަނޑަކަށް 24 ވަޒީފާގެ ފުރުސަތު ހުޅުވާލެވިއްޖެ ކަމަށެވެ. އަދި އެތަނަށް ގެންނަ ހުރިހާ ހިދުމަތެއް ފުރިހަމަވެގެން އަންނައިރު, އިތުރު ވަޒީފާތައް މިތަނުގައި އުފެދިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގިވްއިން

    މާމިގިލީ ވިޔަފާރި ބަނދަރު ރަސްމީކޮށް ހުޅުވައިފި ނަމަ އެެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރާއްޖޭގެ ސެވެން ޑިގްރީ ޗެނަލުން ގެންދާ މުދާ ތައް ރާއްޖެ އަށް ހެޔޮ އަގުގައި ލިބޭނެ މަގު ތަނަވަސް ވެގެން ދިޔާއޭ ދޯ މާމިގިލީ ބަނދަރު ހުޅުވުމުން ދެން މިހާރު ތަމެންނަށް އިނގޭނެ އެއް ނޫންތޭ މަމެން ނަކީ މީ ބަނދަރު ހުޅުވުމުގައި ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަ ހޯދާފައިވާ މީހުން ކަން. ދެން މިކަމުގެ އުފަލުގައި މާމިގިލި ކުދިން ޕިންކީން ނަށް އެކުވެރި އަތެއް ދިއްކޮށްލަންވީ އޭ ދިއްކޮށް ލާ ދިއްކޮށްލާ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން..

  2. ނިސަާ...

    މީހަކު ހެދީމާ ވެރިވާން އިނގޭނީ

    • ޖޮއްބެ

      ކަލޭ ހެދީ ކާކު؟ ލަދުކޮބާ؟

  3. ބޯޑު

    ޢެކަމަކު އްމްޕީއެލް އަށްވުރެ މުސާރަ ކުޑަ ކުންފުންޏެއް ނޯންނާނެ

  4. ޝަރީފް

    ޕޯޓުގެ އެއްވެސް ކަމެއް ނުކުރެވޭ.. ސައީދު ތީހީރީ ރީތީކޮއް ފެއީލްވެފާ.. 5 އަހަރު ވެގެން ދީޔައީރު ކޮން ބަނދަރެއް ބަދަލުކުރެވުނީ ތީލަފުއްޓައް..

  5. ާމާމިގިލި

    މީހެއްގެ ތަނަކަށް ވެރިވެ ގަތީ

    • އަލީ

      ވަކި މީހެއްގެ ތަނެއް މާމިގިލީ ފަސްގަނޑަކު ނޯންނާނެ

  6. ޕޮސްކާ

    މީ ވަކި މީހެއްގެ ތަނެއްކަމަށް ދައުވާ މި ކުރަނީ ބޮލުން ރޮދި މަދު ބައެއް ދޯ.

  7. ތާރީޚު ދިވެހި ރާއްޖެ.

    މީހެއްގެ ތަނެއް ނޫން. ޢެއީ ދިވެހި ދައުލަތުގެ އެސެޓް އެއް.!!!!!

  8. ކަލޯ އައްޕަ

    ޕިންކީންމެން ބޯނީ އެހެން އެއްޗެއް

  9. ތާރީޚު ދިވެހި ރާއްޖެ.

    އެއީ މީހެއްގެ ތަނެއް ނޫން. އެއި ދިވެހި ދައިލަތުގެ މިލކުގައިވާ އެސެޓެއް.!ސާަާފުވެއްޖެ.!!!!

  10. ާމާމިގިލި

    ޢެތަނުން ވަޒީފާ ދީފަ ހުރީ ހުރިހާވެސް މާސްޓަރސް ހަދާފަތިބި މީހުންނަށް މާމިގިލީގައި ތިބި އެންމެ ކިޔަވަން މޮޅު ކުދިންނަށް މިކޮމެންޓް ޖަހަހަން ކެރޭނެތަ

  11. އަލީ

    މާލޭ ކޮމާޝަލް ހާބަރުގެ މަސައްކަތް މާބޮޑަށް ލަސްވެއްޖެ. ކޮމާޝަލް ހާބަރުގެ ޖާގައިގެ ދަތިކަމުން އުދަގޫވާތާ އެތަކެއް ޒަމާނެއް މިހާރުވަނީ ވެފައި، ހާބަރުގެ މަސައްކަތް އަވަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް.