އެކި ބާވަތްތަކުގެ ޖޫރިމަނާތަކުން ދައުލަތަށް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 52 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ކޮށްގެން އެކު ޖުމްލަ ދައުލަތަށް ލިބިފައިވަނީ 52 މިލިއަން ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޖޫރިމަނާ ކޮށްގެން 87.48 މިލިއަން ލިބިފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ ހަތަރު މިލިއަން ރުފިޔާއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާ ކޮށްގެން 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

މީރާ އިން އާއްމުކޮށްފައިވާ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 83 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 57 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތަށް އެންމެ ބޮޑަށް ޖޫރިމަނާ އިން ފައިސާ ވަންނަނީ ޓްރެފިކް ވަޔަލޭޝަން އިންނެވެ. އެހެންނަމަވެސް ކޮވިޑް19 ގެ ސަބަބުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ސަބަބުން މަގުތަކުގައި އުޅަނދުތައް ދުއްވުން ވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ. ދުއްވާ އުޅަނދެއް ވެސް ދުއްވެނީ ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ހުއްދަތައް ލިބިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޭރުމީހާ

    އެމް ޑީ ޕީ ގެ ވެރިކަން އަންނަ ކޮންމެފަހަރަކު ތިގޮތަށް ރައްޔިތުން އަތުން ނުޙައްގު ފައިސާ އެބަނަގައެވެ. މުއައްޒަފުންގެ މުސާރައިން އެބަކަނޑައެވެ. މިފަހަރުސާރަ ކަނޑަނީ ސަބަބަކާ ލައިގެންކަމަށް ބުނެވެން އެބައޮތެވެ. އެކަމަކު ނަޝީދުގެ ވެރިކަމުގައި މުސާރައިން ކެނޑީ އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. އެކަމަކު " އޯގާތެރި ސަރުކާރު" ނަމެވެ!

  2. ރައްދު

    މިސަރުކާރަށް އާމްދަނީ ހޯދަން އޮތްމަގަކީ ޖުރިމަނާކުރުމެވެ
    އެހެންވީމާ އެކަން ފުޅާކޮށް ހަރުދަނާކުރަން ފެނެއެވެ.

  3. ސާބަސްސަރުކާރު

    އެއްކަމެއް ނުކުރިޔަސް ފުލުހުން ލައްވާ ތިޔަކަން ކުރުވާނެ. ސްޓިކާ ޖެހުމަކީ ފުލުން އާމްދަނީ ހޯދުމަށް ކުރާ ހަމައެކަނި މަސައްކަތް. ސަރުކާރުން މާލޭގައި އެކަށީގެންވާ މިންވަރަކަށް ޕާކިން ޒޯން ނުހަދަނީ މި ސަބަބަށް ޓަކައި. ޖޫރިމަނާ އިން ލިބޭ އެއްޗެއް މަދުވެދާނެތީ. ފުލުހުންގެ މޫސާރަދީފަ އިތުރުވާނެ.