ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި ރައްޔިތުންނަށް ބޭނުންވެފައި އެތައް ކަމެއް ހިމެނޭ ގޮތަށް ހުށަހެޅުއްްދި "ކޮވިޑް-19ގެ އެހީތެރިކަމުގެ ބިލް"ގެ އިސްލާޙްތައް މަޖިލިސްގެ ރިޔާސަތުން ބަލަން ވާވަރަށް ނުބައްލަވާ ފާޑު ވިދާޅުވުމަކީ ހިތާމައެއްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެވެން ނެތް ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި ސައީދުގެ އެ ބިލަކީ މަޖިލިހުގެ ގަވައިދަށް ފެތޭ ބިލެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ބިލަކީ މަޖިލިހުގެ ގަވައިދު ވަރަށް ސަރީހަ އިބާރާތުން ބުނާ ފައިސާއާ ގުޅޭ ބިލެއް. މެމްބަރަށް ހުށަހެޅެން ނެތް ބިލެއް. އެއިރެއްގައި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ހުށަހެޅޭ ގޮތަށް މަޖިލިހުގެ ގަވައިދު އޮތް މައްސަލައެއް،" ނަޝީދު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ސައީދު ވިދާޅުވީ، އެބިލުގައި ހިމެނޭނީ ނިކަމެތި އެތައް ރައްޔިތެއްގެ ހައްޤު ކަމަށާއި، ގޭ ކުލި، ބިން، ގެދޮރު، މަސްވެރީން، ދަނޑުވެރީން އަދި ވަޒީފާގެހައްޤުތައް ކަމަށެވެ.

ސައީދު ހުށަހެޅުއްވި ބިލް ފުރަތަމަ ފަހަރަށް މަޖިލިހަށް ފޮނުވުމުން، ރައީސް ނަޝީދު އެންގެވީ އެ ބިލް އިތުރަށް ފުރިހަމަ ކުރެއްވުމަށް ފަހު އަލުން ފޮނުވުމަށެވެ.

އެކަމާއި ގުޅިގެން ސައީދު ވިދާޅުވީ "ފުރަތަމަ ހުށަހެޅުމާއި އެކު، ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މަޝްވަރާ ކުރައްވާނެ ވާހަކަ ވިދާޅުވެ އެކަން ނުކުރައްވާ ކަންހާމަވާ" ކަަމަށެވެ.

އަދި ޕެންޝަނަކީ އެބިލުގެ މުހިންމު ބައެއް ކަމަށާއި އެކަމަށް އިސްލާހު ބޭނުންވަރަކަށް ގެނައުމުގެ ފުރުސަތު ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީއަށް އޮއްނާނެކަން އެންމެ ތުއްތުކުދީންނައްވެސް އެނގޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ އެ ބިލުގައި ހުރި ކަންކަމުގެ ތެރޭގައި ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމާއި ގޭ ކުއްޔަށް ލުއި ދިނުމާއި ޓޫރިޒަމްގެ ސިނާއަތުން ވަޒީފާ ގެއްލުނު އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ޔަގީން ކުރުމާ އެކު، ޓޫރިޒަމް ސިނާއަތުގެ ބިމު ކުއްޔަށް ތާވަލެއް އެކަށައެޅުމަށާއި ސްޓޫޑަންޓް ލޯން ފަސް ކުރުން ހިމެނެ އެވެ. މީގެއިތުރުން ކުދި ވިޔަފާރިތަކުގެ ޓެކްސް ފައިލް ކުރުމުގައި ލުއި ގޮތްތަކެއް ހޯދުމާއި ދަނޑުވެރިންނާއި މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދެވޭނެ އިންތިޒާމު ފަހިކޮށްދިނުމާއި ބެހޭ ކަންކަން މި ބިލްގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖައްލާދު

    ޕެންޝަން ފަންޑު ފައިސާ ހުރިތޯ އެބަޖެހޭ ޔަޤީންކުރަން؟

    10
  2. ހުސެން

    އަޅެ ޕެންޝަން އޮފީހުން ތިމާމެން އެއްކޮށްފަހުރި މީހުންގެ ފައިސާގެ ޖުމުލަ ހާމަކޮށްދީބަލަ؟ އަހަރެމެންގެ ހައްގެއް އެއީ

  3. ުއުނދުޅި

    ހިޔެއްނުވޭ އެންމެ ލޯލާރިއެއްވެސް ހުނަނާނެހެން. ތިޖޫރި ހުރިތާނގައިން ވަޅުގަނޑުވެސް ކާލާގެން އެތިބީ

    • އެމީިހުން

      އެމީހުން ބުނީ އެފައިސާވަނީ އިންވެސްޓްކކޮށްފަޔޯ.

  4. ޢަހުމަދު

    ސަރުކާރުން ނުހަގުން ވަޒީފާ އަދާކުރާ މީހުންގެ އަތުން ފޭރިގެންގައިފައިވާ ފައިސާ.ސަރުކާރު ހިންގަން ނިކަމެތި ރައްޔިތުން ފެލަނީ. މިހާރު ނޫހައް ގޯސް އެއްކަމެއްވެސް މިސަރުކާރުން ކުރޭތަ؟ ބަލަ ނިކަމެތި ހާލުގަ ކާނެ މިންވަރުވެސް ނުލިބޭ މީ ހުން އެބަ އުޅުއޭ. ސަރުކާރުގެ ބޮޑުން ބަނޑު ފަޅައިގެން އެދަނީ ކޮވިޑު ފަންޑު ދިރުވައިލައިގެން. ރައްޔިތު މީހާ ދިރިހުރެގެން ތާ 65 އަހަރު ވަންދެއް ހުރެވޭނީ. ސަރުކާރައް ޕެންޝަންދޭން ދަތިވާތީ މަސައްކަތްތެރިން ފެލުންނޫން ގޮތެއް ނެތީ ތޯ؟؟ މިކޮމެންޓް ޖަހާލަން ކެރޭނެތޯ؟؟؟؟ މިހާރު ނިއުސްގަ ނުކެރުނު ޖަހާލާކައް.

    • ޢަލީ

      100%ތާއީދް