ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް (މެޑަމް ފާތުން) އަށް ފުވައްމުލަކުން މިއަދު ވަނީ ވަރަށް ޚާއްސަ މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން ރާއްޖެގެ އެހެން ރަށްތަކުން އެކަމަނާގެ ޓީމަށް ކުރިން ލިބިފައިނުވާހައި ހޫނު މަރުޙަބާއެއް މިއަދު އެކަމަނާގެ ޓީމަށް އެރަށުން ވަނީ ލިބިގެން ގޮސްފައެވެ.

ފުވައްމުލަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެކަމަނާ އެ ސިޓީއަށް ވަޑައިގަންނަވާތީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައިވާއިރު، އެރަށުގައި މަސައްކަތްކުރާ ސަރުކާރުގެ އިސް ފަރާތްތަކާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ އެކަމަނާގެ އިސްތިޤުބާލުގައި އެއާޕޯޓަށް ވަޑައިގެންފައެވެ.

މެޑަމް ފާތުން ފުވައްމުލަކަށް ވަޑައިގަތުމުން އެންމެ ފުރަތަމަ ކުރިއަށްދިޔައީ، ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ހުށަހެޅި ޚާއްސަ ހުށަހެޅުމެއް ދައްކާލުމެވެ. އެއަށްފަހު އެ ސަރަޙައްދަށް އެއްވި ޢާންމުންނާއި ސަލާމްކުރުމަށް އެކަމަނާ ވަނީ 42 މިނެޓު ހޭދަކުރައްވާފައެވެ.

އެކަމަނާއަށް މަރުޙަބާ ދެންނެވުމަށް ގޮސް ތިބި ޢާންމުންގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީ އުމުރުގެ މީހުންނާއި ގިނަ ޢަދަދެއްގެ ޒުވާނުން ހިމެނެއެވެ. އެފަރާތްތަކުން އެކަމަނާއަށް ދެންނެވީ ފިނިފެންމަލުގެ މަރުޙަބާއެކެވެ.

މެޑަމްގެ މި ދަތުރުފުޅުގައި، ފުވައްމުލަކުގައި އަންނަ ހުކުރު ދުވަހުގެ ރޭ، އެ ސިޓީ ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ޖަލްސާގައި އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޕީޕީއެމް އާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މެޑަމް ފާތުން އިސްވެ ހުންނަވައިގެން އެކަމަނާގެ ޓީމުން ކުރައްވާ މި ދަތުރުފުޅުގައި، ފުވައްމުލަކު ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި އޮޅުންފިލުވައި، ރައްޔިތުންނަށް ހުރި ދަތިތައް ޙައްލު ކޮށްދެއްވަން މަސައްކަތް ކުރައްވާނެއެވެ. ހަމަ އެހެންމެ މީގެ ކުރިން ރާއްޖޭގެ އެހެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އެކަމަނާ ވަނީ، އެ ރަށްރަށުގައި އުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ އިސްކަމެއް ދެއްވާފައެވެ.

ރައްޔިތުންގެ ޙާލު ބެއްލެވުމަށް މެޑަމް ފާތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ ހަފްތާގައި އެކަމަނާ ވަނީ ތ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނިހާން

    ހާދަ ހެޔޮ ފުޅޭ ދެރައީ ކުރިން މިކަން ނުފެނުނީމަ.

    • ކފހފ

      ކުރިން ނުފެނޭތަ؟ ކިތައް އަހަރުވެއްޖެ، ހާއްޞަ އެހީގެ ކުދިންނަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ހަމަޖައްސައިދިންތާ؟ އެއީ އެކަމަނާ ރައްރަށަށް ވަޑައިގެންނާއި، ރަށްރަށަށް ގުޅައިގެން އެފަދަ ކުދިން ހޯދާ އެކުދިންގެ މައުލޫމާތު ސަރުކާރާ ހިއްސާކޮށް، އެކުދިންނަށް ވަޒީފާ ހޯދައިދެވުނީތީއެއްނު. މަހިތުން، އެކުދިންނާށް ވަޒީފާ ހަމަޖެއްސީ، 2015 ވަނަ އަހަރު. އެއީ ވެރިކަން ލިބިވަޑައިގެންތާ، 2 އަހަރު ތެރޭ.

    • ފާތުން

      މިވެރިކަން ފެށުނީއްސުރެ މެޑަމް އެމަސައްކަތް އަބަދު ކުރައްވާ. ހާއްސަ އެހީގެ ކުއްޖެއްވިއްޔާ އެކަމަނާ އެހީތެރިނުވާ އެއްވެސް ކުއްޖެއްނެތް. ބައްޔަކަށް ބޭސްކުރަން އެހީއަށް ނޭދުނަސް، އެފޮނުއްވާ ހަދިޔާވެސް ބަރާބަރަށް ފޮނުއްވާ. ގައިމު ކުރިން ފެނިފައޮތީމަދޯ އެގޮތަށް ކަންކަން އެވަނީ. އެއްޗެއް ބުނާއިރު، ތެދުބަހުންދޯ އެކަމެއް ހާމަކުރަންވާނީ. ދިވެހިން މިގެންގުޅޭ ދޮގުހެދުމާ ދޭތެރެޖެއްސުމުގެ ވިޔާނުދާގޮތް ދޫކޮށްލަން މިހާރުވެއްޖެ.

  2. ަސަޅި

    ކޮބާތިބުނާކުރި. މިހާރު މެޑަމް އެހުންނެވީ ކުރީގަ. ި އިންޝާﷲ

  3. ބޮކި ބޮކި ބޮކި

    ދިވެހިރާއްޖޭގެ ރަތްއިތުންނާ ސަލާމްކުރަންޏާ 5 އަހަރުދޯ.

  4. ނިހާން

    ތި ބުނާ ކުރިން ގޮޅި އައް ދާތަން ވެސް އަދި ފެން ނާނެ ނިކަން އަވަހައް އިންޝާﷲ.

    • ކފފހފ

      ގާނޫނާ ހިލާފު ވީމަ ގޮޅިއަށްދާނީ. ދިވެހިން ކުށްކުރުން ހުއްޓާލަބަލަ. އޭރަށް ތިގޮޅިތައް ހުންނާނީ ހުސްކޮށް، އެތަށް ބިލިއަނެއް ހަރަދުވޭ މިގޮޅިތަކުގަ ތިބޭ މުޖުރިމުންނަށް ކާންދީ ބަލަހައްޓަން. މިފައިސާ ޕްރޮޑަކްޓިވް ކަމެއްގަ ބެނުންކުރުން ހަމަ ރަނގަޅުވާނެ.

  5. އައިމި

    މިސަރުކާރުން ކޮށްދެއްވަނީ، ފުރިހަމަ މަސައްކަތްތަކެއް. އެކަމަކު އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިންކަން. ފެރީ ފުރާ ތާނގަ ގޮނޑީގަ އެތިބޭ މީހުން ފެނުނީމަ، ހިތަށް އަރާ، ﷲ ގެ ރަހުމަތް ފުޅުން ހާދަހާވާ ރަނގަޅު ވެރިއެކޭ ދިވެހިންނަށް ލިބިފައިމިހުރީ. މިގައުމުގައި، މީގެ ކުރިންވެސް އެތަށް ބަޔަކު ވެރިކަން ކޮށްނިމިގެން ހިނގައްޖެ. ހާއްސަ އެހީގެ ކުދިންނަށްވެސް ދިރިއުޅުމެއް ވާންޖެހޭނެކަން ނުދަނޭ. ﷲ ތައާލާ ރ.ޔާމީންގެ ވެރިކަމުގައި، ބަރަކާތްލައްވާ 2018 ވެސް އެމަނިކުފާނަށް ކާމިޔާބު ކޮށްދެއްވާފާނދޭވެ. އާމީން. އާމީން. އާމީން.