ކުރު މުއްދަތަކަށް މާލެ އައިސް ރަށަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން ރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރަން އިތުރު ތިން ރަށެއް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަބަންދާ ގުޅިގެން ރަށަށް ނުދެވި، މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް ހަމަޖެއްސީ ހދ. އަތޮޅާއި ފ. އަތޮޅާއި މ. އަތޮޅުން ރިސޯޓެއް ކަމަށެވެ. މިއީ އަތޮޅުތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަތޮޅު ތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް އުނދަގުލަސް، މިއީ ނުހަނު ބޭނުންތެރި ކަމެއް. ކެތްތެރިކަމާ އެކު ހިތްވަރު ގަދަ ކުރައްވާ،" އަލީ ވަހީދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މީހުން ކަރަންޓީން ކުރަން ހަމަޖެއްސި ތިން ރިސޯޓަކީ ހދ. ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ރިސޯޓެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ތިން ރިސޯޓުގެ އިތުރުން މިހާރު ވެސް ހަތަރު ރިސޯޓެއް ހަމައެކަނި ފުރަބަންދުވީ ރައްޔިތުން ކަރަންޓީން ކުރުމަށް ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ، ދ. އަތޮޅާއި ޅ. އަތޮޅާއި ރ. އަތޮޅުގެ ރިސޯޓުތައް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިޝާރާތް ކުރެއްވި ހަތަރު ރިސޯޓަކީ އައްޑޫ ހެރެތެރެ ދ. އިރުވެލި، ޅ. ފުށިފަރު އަދި ރ. ފުރަވެރި ރިސޯޓެވެ.

"ﷲ އިރާދަފުޅުން އައިސޮލޭޝަން ދައްޗެއް ނުވެ ފުރަބަންދު ކަރަންޓީން ވެސް ކުރިއަށް ގެންދެވޭނެ،" އަލީ ވަހީދު ވިދާޅުވިއެވެ.

މާލޭގައި މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ވަނީ ފުރަބަންދަކަށް ގޮސްފައެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ކުރުން ސަރުކާރުން އޮތީ މަނާކޮށްފައެވެ. މިކަމުގެ ސަބަބުން މާލެ އައިސް ތިބި ގިނަ ބަޔަކު ތާށިވެފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން އަތުން ފައިސާ ހުސްވެ މަގުމަތިވެގެން ސަރުކާރުން ވަނީ އެހީތެރިވެފައެވެ.

މިކަމަށް ހައްލެއް ހޯދައި އަތޮޅުތެރެއަށް މީހުންނަށް ފުރޭނެ އުސޫލެއް ކަނޑައަޅައި އުސޫލެއް އާންމުކޮށްފައިވާ އިރު، އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށެވެ. އަދި ދެ ވަނަ ކެޓަގަރީއެއްގައި ދެން ހިމެނެނީ ބޭސްފަރުވާ ނޫން ކަންކަމުގައި މާލެ އައިސް ނުދެވިފައި ތިބި މީހުންނަށެވެ.

މީހުން ފޮނުވުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ރަށަށް ދާން މިދިޔަ މަހުގެ 15-20 އާ ދެމެދަށް ޓިކެޓް ނަގާފައިވާ މީހުންނަށެވެ. ދެން ރާއްޖެ އިން ބޭރުން އައިސް، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރަށަށް ނުދެވިފައި ތިބި ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާގެ މީހުންނަށެވެ. އަދި އޭގެ ފަހުން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓް ބަންދުކުރުމުން ނުވަތަ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރުމުން ރަށަށް ދާން މާލެ އައިސް ތިބި މީހުންނަށެވެ.

އިސްކަންދޭ ތަރުތީބުގެ ދަށުން، ރަށަށް ފޮނުމުގައި އެންމެ ފުރަތަމަ ބަލާނީ މިދިޔަ މަހުގެ 1 ވަނަ ދުވަހު ނުވަތަ އޭގެ ފަހުން އެކި ބޭނުންތަކުގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށް ސަރުކާރުން ބުނެއެވެ. މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 5،000 މީހުން ރަށްރަށަށް ދާން ބޭނުންވާ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފައެވެ.

މި ހުރިހާ އެންމެންނަށް ވެސް ރަށަށް ދެވޭނީ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް ފުރިހަމަ ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނޭނގޭ

    ޙުސް ތްރީއޭގެ ރިސޯޓުތައް ދޯ ޢަލިބޭ. ޥަރު އެބަހުއްޓެއްނު ވައްކަން ކުރަން. ގައުމު ހުސްކޮށްފި

    25
    4
  2. ހަސީނާ

    އައްޑޫ މީހުންނަށާއި ފުވައްމުލަކު މީހުންނަށް ދޯ ގޮތެއް ނެތީ

    24
    9
  3. ކަލޯ

    ކަރަންޓީނައް ރިސޯޓްދިނަސް ސަރުކާރުން ހުރިހާ ކަމަކައް ހަރަދު ކޮއްފަ ކުލި މާފު ކުރުމަކީ ޖަރީމާއެއް.

    16
    1
  4. ސާބަހޭ

    އަލިބެއަށް ހަމަ ސާބަސް. މިފަހަރު ޖެހޭނެ ކުޅި ކުޅެލަން، މުސްކުޅިންބުނޭ ދަތްހުރި އިރުއޭ ކާށިކެވޭނީ.މިފަހަރުޖެހޭނެ ފިސާރި ރަގަޅަށް ކާށި ކައިލަން.ދޮންކަޅުވެސް އަންގައި ނުލާތި!.އޭ ސީ ސީ ބީ ސީ ސީ އަށް މިފަހަރު ޖެހޭނެ ކުޅި ދައްކައިލަން،

    18
  5. އެކްޓަރ

    އަސްލުގަ ބަލީގެ އެއްވެސް އަލާމާއްނެތި މާލޭގަ އުޅުނީޔޭ ކިޔާފަ ކަރަންޓީން ކުރުމުގެ ބޭނުމަކީ ކޮބާ.

    1 ރަށަށްދާން ބޭނުންވާ ބޭފުޅުން ޓެސްޓް ކުރައްވާ.
    2.ބަލި ނެގެޓިވް ވާނަމަ އެބޭފުޅުން ވަޒަނަށް ފޮނުވާލައްވާ
    3.ޓެސްޓުން ޕޮޒިޓިވް ވެއްޖެނަމަ ޔިޔަ ކަރަންޓީން ކުރައްވާ.
    4..ރަށު ގޭ ކަރަންޓީން ކުރެއްވުން..
    އަލީ މެން ތިއުޅުއްވަނީ 123 ރ ލިބޭ ޓެސްޓްކިޓް ޚަރަދުނުކޮށް ރައްޔިތުން ބަންދުކޮށް ބޮލަކަށް 700ރ ފައިސާނަގާ ރާއްޖެ ބަގުރޫޓްކޮށްލަން...މިކަރަންޓީނަކީ ނަތީޖާނެތް ހުސް ޚަރަދު...ރާއްޖެ ބަގުރޫޓްކޮށްލަންދޯ....ތިއީ ބޫން ބޫން....ދެންފަހެ ގޯއްޗެއް .....އަގަ ބަންދު....އިތުބާރު ގެއްލިފަ.....

    26
    2
  6. ާަޢނާ

    ޜިސޯޓު ތަކައް މިިީހުން ނުފޮނުވާ އެމީހެއްގެ ރަށަށް ފޮނުވަބަލަ.

    19
    2
  7. ޖަޒީރާ

    މީޑަބުލިއުއެޗްއޯގެ ސައިންޓިސްޓުންނައް ވުރެމޮޅު ބޭފުޅެއް ރާއްޖެތެރޭ އެތައްރައްޔިތުނެއް މާލޭބަންދުކޮއް އެއްވެސް އެހީތެރިކަމެއްނެތި މުއްދަތެއްނެއް ގޮތުގަގެންގުޅެނީ މީދުނިއޭގެ އެއްމެއަގު ބޮޑުބިން އެމީހުން ރޭއާދުވާލު އެކިޔަނީ ފަރުވާއެއްނެތޭ އަދިފެއްނާކައް 5 އަހަރުތެރޭވެސް މާލެކުޑަތަންކޮޅެއްގަ މީހުންނުދެވޭގޮތައް ބަންދުކުރުމުން ބަލިޖެހޭމީހުންމަދެއްނުވޭ ޓެސްޓްނެހެދި ރަޝުތެރޭ ގޭގެއައްބަލިވަނީ ވަދެފަ އެތައްލައްކަ މީހުން ޓެސްޓްކުރަން ސަރުކާރުގަހުރީ 2ފޫޓް ހަމަނުވާ މެޝިނެއް މުސްކުޅި ދެންހުރި ތަނުގަ ހުރީ ޑީންޢޭ ހަދަން ގެންގުޅުނު ހިލައެއް ކުރީޒަމާނުގެ މިހާރު ބަލިމިދަނީ ދުނިއޭގެ ބޮޑެތިގައުމާއެއްވަރައް ފެތުރިފަ ލަންކާއައްވުރެވެސް މަތީގަ ކޯބާތިބުނި ފުލޯޓިން ހޮސްޕިޓާ ދައްކަބަލަ ކަރާނުފަޅާ ކުރީގަ އުޅުނީ ޖުހާ ވެއްޓުނު އިރުވެސްބުނީ އެމްއެމްއޭ ކުރިމަތީ ބުރިޖެއް އަޅަނީއޭފަތިހު

    10
    1
  8. ނަައީމް

    ކޮންބަޔަކަށްތަ ކަމެއްއޮތީ ދަވާހުސްކޮށްލައިފި ވައްކަންކުރީ އެންމެމީހެއް ދެންތިބީ އަލިފުން އިންސާފު ރައްޔިތުންނޭ ވިސްނާށޭ

    11
    1
  9. ފިޔަވަޅު

    ތި ބެޭރު މިހުން ވަކިން ބައިތިއްބާތި

  10. ދޯ ޢަލިބޭ

    ކަންނިމުނީމަ ބޮޑުވަރަކަށް ބަޔަކު އެއްކޮއްފަ ތަހުގީގު ރިޕޯރޓެއް ނެރޭނި ހެދުނު އެއްޗެއް ހަދާފަ ބަހައްޓާ

    11
    1
  11. އަވަ

    ކަރަންޓީނުކުރަން ރިސޯޓުތައް ހަމަޖެއްސީމަ ހީވާނެ ލައްކައެއްހެން. އަހަރެން މިހިރީ އައްޑޫ ހެރެތެރޭގައި. މިތާގަ މަދިރިހަފާވަރުން ނިދޭ ވަރެއްނުވޭ. ފާޚާނާ ތަކަކީ މަތިހިޔާނުކޮށް ހުންނަ ތަންތަން. ރޭގަނޑަކަސް ދުވާލަކަސް ދޯލިކޮށް ނިމޭއިރު މަދިރި ހަފައި ހުސްކޮށްލާ. މަދިރި ހަފާހަފާ ގައި ހަން ފާރުވެއްޖެ.
    މިތާގަ ތިބެންޖެހެނީ ކޮޓަރީތެރޭ ތާށިވެފަ. ދުނިޔެގެ ހަމަވައިލިބޭ ހިސާބަށް ކޮޓަރި ދޮރުމައްޗަށް ނިކުމެލުން ވެސް މަނާ، ނިކުމެއްޖެނަމަ އެދުވަހަކުންފެށިގެން އިތުރު 14 ދުވަސް ހުންނަންޖެހޭނެކަމަށް ސިފައިންދަނީ އިންޒާރު ދެމުން. ކޮޓަރީގެ ދޮރުތަކުގައި ހުންނަނީ ބޭރުން މަކުޑިއަޅުވާ ނުހުޅުވޭގޮތަށް ހަދާފަ.
    އިންޓަނެޓުގެ ޚިދުމަތެއް ނިލިބޭތާގަ ނެޓުވޯ ސިގުނަލް ދަށްކަމުން ޑޭޓާ ޖައްސައިގެންވެސް ނެޓަށް ވަދެވެނީ މަދުފަހަރަކު. ޓީވީން ފެންނަނީ ރާއްޖެ ޓީވީ އެކަނި.
    ކާން ހުންނަނީ އަބަދު އެކައްޗެއް. މީ އަނިޔާއެއް. ދޫންޏެއް ކޮޓެއްގައި ބަނދުކުރާހެން މިތިބެނީ ބަންދުކޮށްފަ.
    ތިޔަބުނާ ރަށްރަށުގެ ހާލަތު މިއަށްވުރެ ރަނގަޅުވުން ދުޢާ އަކީ.

    8
    1
  12. ގައުމު

    ހާދަ ބައިވަރު ލާރިއެކޭ މީ. ކީއްކުރަންތަ ޕޮޒިޓިވް ނުވާ ބަޔަކު ކަރަންޓީން ކުރަނީ. އޭގެ ބަަަދަލުގަ އެދާން ބޭނުންވާ މީހުންގެ ޓެސްޓް ކުރިއްޔާމުން މާރަނގަޅު. ލާރިނެތޭ ކިޔާފަ މިހާ ބޭކާރު ހަރަދު ކުރާ ސަބަބެއް ހަވަނުވިސްނުނު.

    9
    1
  13. ގަބޭ

    ވަރައްމޮޅު ފާއިތުވި އަހަރުތަކުގަ ސަރުކާރައް ޓެކްސް ނުދައްކައިގެން ނާއި ބޭންކުތަކުންނަގާފަހުރު ލޯނުތައްނުދައްކާ މުވައްޒފުންނައް ސާވިސްޗާރޖުނުދީތިބެ 3އޭ ރިސޯޓްތައް މިސަރުކާރުއައިފަހުން ހުރިހާކަމެއްމާފް

  14. މަސީހު

    ފާއިތުވި އަހަރުތަކުގަ 3އޭރިޒޯޓްތަކުން ބޭންކްތަކުންނަގާފަހުރި ލޯނުތަކެއްނުދައްކާ ސަރުކާރައްޓެކސްއެްް ނުދައްކާ މުވައްޒަފުންނައް ސާވިސްޗާޖެއްނުދޭ މިސަރުކާރުއައުމާއެކު ހުރިހާކަމެއްމާފު

  15. ޢަޒީޒް ގައްދޫ

    ރަނގަޅު އެއްގޮތެއްވެސް ނެތް ބަނީއިސްރާއީލު މީހުންވެސް ބުނިކިހިނެއްހޭ އަބަދު މަންނާއާއި ސަލްވާ ކަނީ. ރިސޯޓްގަ ހުރިމީހާއަށް އެތަން ފެންވަރު ދަށްކަމުން ކަމަކުނުދޭ،ދައުލަތުން މާ އަގުބޮޑު ތަންތަނުގައި ބައިތިއްބާތީ ދެންތިބި މީހުންނަށް ކަމަކު ނުދޭ