އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ ފްލެޓް ގަތް މައްސަަލައިގައި ފުލުހުންނަށް ބަޔާން ދިން އިސްލާމިކް ބޭންކުގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް އަދި އެމްއާރްޑީސީގެ ކުރީގެ އެމްޑީ މުހައްމަދު ޝަފާއު ހަސަން ޝަރީޢަތުގައި ހެކި ބަސް ދޭން ދެކޮޅު ހަދައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްރު ކުރަން ޝަރުތު ކުރުމަށް ފަހު ޝަފާއު ފުލުހުންނަށް ދިން ބަޔާން މީސް މީޑިއާގައި ލީކް ވުމުން ޝަފާއު ވަނީ ކޯޓުގައި ދެން ހެކި ބަސް ނުދޭނެ ކަން ފުލުހުންނަށް މިއަދު އަންގާފައެވެ.
ޝަފާޢު މިއަދު ފުލުހުންނަށް އަންގާފައި ވަނީ ބަޔާން ލީކް ވުމުން ފުލުހުން ކުރިން ދިން ޔަގީންކަމަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށާއި އެހެންކަމުން ޝަރީއަތުގައި ހެކިބަސް ދިނުމަށް އިއުތިރާޒު ކުރާ ކަމަށެވެ.
ލީކް ވެފައިވާ ބަޔާނުން އެނގޭ ގޮތުގައި ޝަފާއު އަކީ ފަނޑިޔާރު އަލީ ހަމީދަށް ފްލެޓް ގަތުމަށްޓަކައި ނިންމަން ޖެހޭ ލިޔެކިޔުމުގެ ކަންކަން ނިންމުމުގެ ކަންކަން ކުރި މީހާ އެވެ. އަދި ފްލެޓް ގަތުމަށް ބައެއް ފަރާތްތަކާއި މުއާމަލާތު ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރީ ވެސް ޝަފާޢު އެވެ.
ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި، އެއަމުރަށް ފަހު ހިނގާފައިވާ ކަންތައްތަކާއި، އަމުރު ނެރުމުގެ ކުރިން ހިނގި ކަންތައްތައް ހިމެނޭ ގޮތައް ފުލުހުން ކުރިއަށް ގެންދާ ތަޙްޤީޤުގައި ނަގާފައިވާ ގިނަ އަދަދެއްގެ ސިއްރު ބަޔާންތައް ރޭ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ.
ލީކް ކޮށްލާފައި ވަނީ އަސްލު ބަޔާންތަކެއް ކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ފުލުހުން ވިދާޅުވީ ބަޔާންތައް ލީކް ކޮށްލާފައި ވަނީ މިމައްސަލައިގައި ހިމެނޭ ނުފޫޒުގަދަ ފަރާތްތަކަކުން ކަމަށާއި ބަޔާންތައް ލީކް ކޮށްލި މައްސަލަ ތަޙްޤީޤު ކުރާނެ ކަމަށެވެ.
ނާކޮޅު ގަދަކަނޑުގައި މަންޒިލަށް ވާސިލުވާން ދަތި ހިސާބެއްގައި.
ބަޔާން ދޭންޖެހޭނެ ، ބަޔާންނޫދީފިނަމަ އިސްލާމީ ސަރީއަތުގެ ދަށުން އަދަބު ދެވެންވާނެ.
މީގޭން އެނގިގެން ދަނީ ދައުލަތުގެ ވަރަށް ނުފޫޒުގަދަ މަގާމުތަކުގައިވެސް އިދިކޮޅު ބާޣީން އެބައުޅޭކަން. އިންޓެލިޖެންސް އަކީ ކީއްކުރާ އެއްޗެއްބާ؟
ތިޔަހެން ނުހައްދަވާ! ދެއްވި ބަޔާނާއެއްގޮތަށް މާތްﷲއަށްޓަކައި ހެކިބަސްދެއްވާ! ތެދު ހެކިބަހެއްދީގެން ބަޔަކު ނަފްރަތުކުރިޔަސް އެގިހުރިކަމަކަށް ހެކިބަސް ނުދިނުމުން މާތްﷲގެ ކޯފާ މާ ނުރައްކަލެވެ. ލީކުކޮށްލިމީހުންގެ މަޤުޞަދަކީވެސް ހެކިން ބިރުގެންނެވުމެވެ.