ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން ކައުންސިލަރުންގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެއެވެ.

ކައުންސެލާ ޖެނެރަލް މިފަދައިން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ދިރާސާ ކުރަމުން އަންނަ ލާމަރުކަޒީ ކޮމެޓީން އެ ބިލާއި ގުޅިގެން ކައުންސެލާ ޖެނެރަލްގެ ލަފަޔަކަށް އެދުމުން، ދެއްވި ލަފާގައެވެ.

ކައުންސެލާ ޖެނެރަލް ފިލްޒާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

މި ބިލަށް ލާމަރުކަޒީ ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާވެސް ހޯއްދަވާފައެވެ. ބަންޑާރަ ނާއިބު ވެސް ލަފާ ދެއްވީ ކައުންސެލާ ޖެނެރަލް ދެއްވި ލަފާފުޅެވެ. އެއީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބަށް ރިޢާޔަތްކުރާއިރު، ލޯކަލް ކައުންސިލްތަކަށް މިހާރު އިންތިޚާބުކޮށްފައިވާ މެންބަރުންގެ މެންބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހުގައި ހަމަވާއިރު އެ ކައުންސިލުތަކަށް އާ މެންބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ، ޢަމަލުކުރެވެން އޮތް ހަމައެކަނި ގޮތަކީ، އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިޚާބު ކުރެވެންދެން، މިހާރު އެ ކައުންސިލްތަކުގައި ތިބި މެންބަރުން އެ މަޤާމުތަކުގައި ދެމިތިބޭނެ ކަމަށް ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލުތަކާއި ތައާރަޟުނުވާ ގޮތެއްގެ މަތިން އެކަން ކަނޑައެޅުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ކައުންސެލާ ޖެނެރަލް އަދި ބަންޑާރަ ނާއިބު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަައީމް

    އެކަކުވެސް ބަހައްތާނެ ކަމެއްނެއް ސަރުކާރު ނުހިގާތާގަ ކީއްކުރާ ކައުންސިލެއް11111 އެކަމަކު ބިކަނުކޮށް އުޖޫރައެއް ކޮންމެ ރައްޔިތަކަށް ވެސް ދޭނަމަ ދޭންވާނެ މީ ރިއަލިޓީ

  2. ޣާލިބް

    ތީގަ ޖެހޭނީ ނަޝީދު ވިދާޅުވާ އެއްޗެއް ބަލަން

  3. މޯޑް

    މިހާރު ފުންނާބުއުސްމީހާ އޮޅިއްޖެ

  4. ދުންތަރި

    ގަލަ ކަމަނާ މިހާޜު ތިޔަ ކިޔަނީ ކޮނ ލަވައެއްތަ؟ ކުރިން ކީލަވައެއްނޫން މިހާރު ތިކިޔަނީކީ އެމްޑީޕީން ވަޒީފާ ދިނީމަ އެމްޑީޕީ އެވަގުތަކު ރުހޭ ގޮތަކަށްބާ ލަފާދެއްވަނީ ؟

    1
    1