މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިޖްތިމާއީ ގައިދުރު ކަމަށް ހޭނެން ޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި އުގައިލް ވިދާޅުވީ، މިހާރު ގެއިން ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ކަމުގައިވީ ނަމަވެސް އަބަދު ގޭގައި ތިބުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ބޭރަށް ނިކުމެ އުޅުމުގައި މުޅި ދުނިޔެއިން ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖްތިމާއީ ގައިދުރުކަމުގެ ގަވައިދުތަކަށް ހޭނެން މަޖުބޫރު ކަމަށެވެ.

އަދި ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދެއަހަރު ދުވަހު މި ބަލިމަޑުކަމުގެ ނުރައްކަލުން ސަލާމަތްވުމަށް އިޖްތިމާއީ ގައިދުރުކަމުގެ ގަވައިދުތަކަށް އަހުލުވެރިވާން ޖެހޭނެ ކަަމަށް ބެލެވޭ ކަމުގައި އުގައިލް ފާހަގަ ކުރެއްވިއެވެ.

އުގައިލް ވިދާޅުވީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުނުކޮށް އަބަދު ތިބުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެއާލައިންތަކުންވެސް އިޖްތިމާއީ ގައިދުރު ކަމާއި އެއްގޮތަށް އާންމު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމު ކަމަށެވެ.

"މިހާރު ވާހަކަ ދައްކަމުން އެބަދޭ، ތިން ސީޓު ޖެހިޖެހިގެން އިންނަ ކަމުގައިވާ ނަމަ މެދު ސީޓު ހުހަށް ބަހައްޓާފައި ދެން ހުރި ދެސީޓުގެ ބޭނުން ކުރާ ގޮތަށް ވެސް. އެކަހަލަ މޮޑަލްތަކެއް މިތައްޔާރުވަމުން މިދަނީ މިހާރު" އެއާލައިންތަކުން ކުރިއަށް އޮތް ތަނުގައި ދަތުރުފަތުރު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށް އުގައިލް ވިދާޅުވިއެވެ.

އުގައިލް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ ރާއްޖެއިންވެސް އިޖްތިމާއީ ގައިދުރުކަމާއި އެކު އާންމުންނަށް އުޅެވޭނެ ގޮތްގޮތަށް ކަންކަން ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޓުއަރިސްޓު ރިސޯޓުތަކުގައި އެކަންކަން ބައްޓަން ކުރާނެ ގޮތްތަކުން ފެށިގެން ސްކޫލްތަކުގެ ކްލާސްރޫމް ތަކުގައިވެސް އަމަލުކުރާނެ ގޮތްތައް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އިނގޭ މިހެން ވާހަކަ ދައްކާއިރު މާލެއަކީ އެހާ ސޯޝަލް ޑިސްޓެންސިން ބަހައްޓައިގެން ކަންކަން ކުރެވޭނެ ތަނެއް ނޫން ކަން. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ ވިސްނަން" ޕްރޮފެސަރ އުގައިލް ވިދާޅުވިއެވެ.

މިހާރު ހުންނެވީ އިނގިރޭސިވިލާތުގައިކަން ފާހަގަ ކުރައްވައި އުގައިލް ވިދާޅުވީ އެތަނުގެ ބޮޑެތި އޮފީސް އަދި ލެބޯޓްރީ ފަދަ ތަންތަނުގައިވެސް އިޖްތިމާއީ ގައިދުރު ކަމާއި އެއްގޮތަށް އަމަލު ކުރުމަށް ދަތި ކަމަށާއި، އެހެން ކަމަށް ވާނަ ރާއްޖޭގައި އެހެން ކަންކަން ކުރުމަށް ދަތިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިހާރު އެތަންތަނުގައި އަމަލު ކުރަމުން ދަނީ އޮފީސްތަކުގައި މީހުން އުޅޭނެ ގަޑިތައް ބަހާލުމުގެ އިތުރުން، ތަންތަނުގެ އެތެރޭގައި ތިބެވޭނެ އަދަދު ކަނޑައަޅައިގެން ކަމަށާއި، މިފަދަ އުސޫލުތަކެއް ގާއިމް ކުރެވިއްޖެ ކަމުގައިވާ ނަމަ އިޖްތިމާއީ ގައިދުރު ކަމުގެ ގަވައިދުުތަކަށް ރާއްޖެއިން ވެސް އަމަލު ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަލި މިހާތަނަށް ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކުން ވެސް ދަނީ އިޖްތިމާއީ ގައިދުރުކަމުގެ ގަވައިދުތަކާއި އެއްގޮތަށް ގަވައިދުތަކެއް ހަދައިގެން އަމަލު ކުރަމުންނެވެ. މި ގަވައިދުތަކަށް ބޯ ނުލަނބާ ކަމުގައިވާ ނަމަ އެއްވެސް ގައުމަކުން ކޮވިޑް-19 އެއްކޮށް ނައިތައިލުމަކީ ދަތި ކަމަކަށް ވާނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަައީމް

    އުގެއިލްވެސް މޮޅުވާހަކައެއްދައްކަނީ މައްސޫރުވާން ވާކަމެއްހަރާން

    9
    10
  2. މާމިގިލީ މީހާ

    ކަކުނި ހޮރުގަ ފިލާ އޮވެ، ގޮވާންފެށީ.

    14
    10
  3. ބަނބޫ

    މި މޮޔަސޮރު އަނގަ މަޑުންލައިގެން އެމެރިކާގަ އޮންނަނަމަދޯ. ތިކަހަލަ މޮޔައިން ރަނގަޅުވާނީ ދެން މިކޮޅަށް ބޯވެސް ނޭބުރުން

    7
    3
  4. މޯދީ

    މާމިގިލީ މީހާއަށް އެނގޭނީ ވެލިގަލަށް ދާން. ޕްރޮފެސަރެއްގެ ވާހަކަ އަށް ތި ރައްދު ދެނީ.

    13
    1
  5. ގުއި ރޯނުއެދުރު

    މީދެންކާކުތަ.ކިތައްމެ ގައިދުރުކުރިއަސް ކިތައްމެ ގައި މޮޑުނަސް ގުދުރަތީގޮތުން އެވާން އޮތްކަމެއްވެފަ އެކަމެއް ހުއްޓޭނީ.މިއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ކޯފާ އެއްކަމަށް ގަބޫލުނުކުރަން ތިއައުޅެނީ ކީއްވެތަ.

    8
    11
  6. ސަން

    މީނަ މީ ދިވެހިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ މީހާކަމަށް އަމިއްލަ އަށް ހީވެފައި ހުންނަ ބޭކަލެއް. ކޮންމެ ކަމެއްގައި ވެސް ބަސް ބުނަންޖެހޭ. އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ އިންސާނުންގެ ތޮބިއްޔަތުގައި ވަކި ގޮތްތަކެއް ލާމެހިގެން. އިޖްތިމާޢީ އަދި ދީނީ ގޮތުން ވެސް ގައިދުރުކުރުމަކީ އިންސާނުންގެ ތޮބިއްޔަތުގައި ލައްވާފައިވާ ކަމެއް ނޫން. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ހައްޖުގެ އަޅުކަން ކުރާއިރު ގައިދުރެއް ނުކުރެވވޭނެ. މިއޮއް ހާދުވަހު ވެސް އުޅެފައިވަނީ އެހެނެއް ނޫން އަދި ކުރިއަށް ދެ އަހަރު ވެސް އުޅޭނީ އެހެނެއް ނޫން. ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އިންސާނުންގެ ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުވެގެނެއް ނުދާނެ.

  7. ހިމީރު

    މީދެން ކިހާ ބޮޑުކަމެއް! މީ ހިސާބު އިލްމުގެ ތެރެއިންވެސް ސްޕެޝަލައިޒް ވަކި ދާއިރާޔަކުން ތީސިސް ހަދަގެން އެދާައިރާގައި ލެކްޗަރަރ އަކަށް އުޅުނު މީހެއް. އެކަމަކު ނޭނގޭ ކަމެއް ނުބޭނޭ ކަމެއް ނޯވޭ. މަސްވެރިކަމަށްވެސް އުގޭލު. ބޮޑެތި މީހުންގެ މެދުގައި ހުންނަ ގުޅުން ތަކަށްވެސް އުގޭލު. ތަރުކާރީ ކޮށައި ހުނިގާނައި ހެދުމަށްވެސް އުގޭލު. ކަންވެރިކަމަށްވެސް އުގޭލު. މިހުރިހާ ކަމަކަށް އަނގަބާނަމުން ދުވަނީ. ކިހާ ބޮޑުކަމެއް. އަނެއްކާ މިކަލޭގެ ދައްކާ ވާހަކަ އަޑުއަހާނެ މީހުންވެސް ވެޔޭ! ހައިރާނެއް ފަހެ ނުވާނެތަ؟

  8. ދިވެހި ފޭރާން

    އިންގިރޭސި ރާނީ ކުޑައިރުގެ ފޮޓޯއެއް ހައްދަވާބަލަ އިތުރު އަގަ ނުތަޅުއްވާ

  9. ޣާއިލް

    ދޭތެރެއަކުން މިކަލޭގެވެސް އަންނިހެން ކޮށމެވެސް އެއްޗެއްހޫރާލާނެ މަސްހޫރުވާންވެގެން