ކޮވިޑް-19އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީ، އައްޑޫގެ ފިހާރަތައް ވަކި ވަގުތުތަކެއްގައި ހުޅުވަން ހުއްދަ ދޭން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ އައްޑޫގެ ސޯޝަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) ތަކުން ހުއްދަދޫކުރާ ފިހާރަތައް ކަނޑައެޅޭ ވަކި ވަގުތުތަކުގައި ހުޅުވާލުމުގެ ހުއްދަދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 15:00 އަށް، އަދި ހުކުރު ދުވަހު ހެނދުނު 08:00 އިން 11:00 އަށް، އަދި މެންދުރުފަހު 13:30 އިން 15:00 އަށް ފިހާރަތައް ހުޅުވައިގެން ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ބުނެފައި ވެެއެވެ.

އެ ކައުންސިލުން ބުނީ، މިވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯރޓު ޑެސްކުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށެވެ.

މި އިޢުލާނުގައިވާ ގޮތުގެމަތިން އެ ޑެސްކުގެ ހުއްދައާއެކު ފިހާރަތައް ހުޅުވަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.