ކޮވިޑް-19 އާއި ގުޅިގެން އަންނާނެ ކަމަށް ބެލުވެނު ކަމަށް އުއްމީދު ކުރިވަރުގެ ސާޖެއް އަދި ނާންނަ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ސާޖެއް އައިކަން ކަށަވަރު ކުރުމަށް ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ކުރިން އުއްމީދު ކުރިވަރުގެ ސާޖެއް އަދި ނާންނަ ކަމަށާއި، ލޮކްޑައުން އިތުރުވުމާއެކު ސާޖް ދަށްކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެ.

"ހަގީގަތުގައި ސާޖެއް އައިސްފިނަމަ، ހަމަގާއިމުވެސް އެނގޭނެ ސަރޮގޭޓް އިންޑިކޭޓާސް އިން. މާނައަކީ ސަވަޔަލެންސް އެކަނި ނޭނގުނު ނަމަވެސް، ސާޖެއް އައިސްފިނަމަ ގައުމުވެސް ފުލޫ ކްލިނިކަށް ދާ މީހުންގެ އަދަދުތައް އިތުރުވާނެ. މީގެ އިތުރުން ސާރީ ކޭސްތައް، މާނައަކީ އެޑްމިޓް ކުރެވިގެންދާ ކޭސްތައް އިތުރުވެގެން ދާނެ. އެހެންވީމަ މިހާރު މި ހުރި ވަރުގެ ޓެސްޓިން ކެޕޭސިޓީ ހުރި މިންވަރަށްވެސް ސާޖެއް އަންނަ ނަމަ އެކަން އެނގޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް އިތުރަށް ވިދާޅުވީ ސާޖް އެންމެ ބޮޑަށް ތިރިކޮށްލެވޭނެ ފިޔަވަޅަކީ ފުރަބަންދު ކަމަށާއި، މި މުއްދަތު ދިގުވާއިރު ރައްޔިތުުންވެސް މި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ހޭނޭނެ ކަމަށެވެ. އަދި އެގޮތުން ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރާއިރު ވައިރަހަށް ރައްކާތެރިވެ، ގައިދުރުކަން އިސްކޮށް، ސާފުތާހިރުވުމަށް ސަމާލުކަންދޭ ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައިވެސް މުޖުތަމަޢުގެ ތެރޭގައި މި ބަލި ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 968 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މި ބަލީގައި 4 މީހަކު ވަނީ ނިޔާވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެޔޮޅު

    ވަރަށް ދެރަ ކަމެއް އުންމީދު ކުރިވަރު ނުވީމަ! އެކަހަލަ ކަންތަކަށްވެސް އުންމީދުތަ ކުރަނީ. ލަފައެއް ނޫން ދޯ ކުރަނީ...

    65
  2. Anonymous

    މިވައިރަހާ ގުޅިގެން އެންމެ ފުރަތަމަ ވަރަށް ހަލުވިކޮށް މިސަރުކާރުންއެޅި ފިޔަވަޅަކީ މިސްކިތްތައް ބަންދުކުރުން!އާދެ އޭރުގާ އަދި އެއަރޕޯޓްވެސް ބަންދުނުކުރޭ!ނަމަވެސް މިސްކިތް ބަންދުކުރުމުގާ ވަރށް އަވަސް!މނހާރުވެސް ބަލިނެތް ރށްރަށުގާވެސް މިސްކތް ބަންދު!މިހާވަރށް ލާދީނީވާނީ

    51
    6
  3. ޙުއްތު

    ސާރޖަކަށް އުންމީދު ކުރީ ކީއްވެ

    47
  4. އާތީ

    އިންސާ ﷲ މި ގައުމާ މިގައުމުގަ ފާހާ އެންމެން މި ބަލި މަޑުކަމަް އަވަސް ރައްކާތެރި ކަމެއް ދެއްވާންދޭވެ!

    51
  5. ޛ

    'އުންމީދު' ކުރަނީ އޭގައި ކޮންމެވެސް އުފާވެރި ކަމެއްވާ ކަންކަމުގަ. ސުރުޚީގަ 'އަންދާސީ' މިގޮތް ރަނގަޅު ވީހީ.

    55
  6. ގުރައިދޫ

    ދެން ކޯއްޗެއް އައީ އެހެންވިއްޔާ! މަސާޖެއްތަ.

    32
    1
  7. ކިނބޫ

    އުއްމީދު ކުރީޔޭ؟މާތް ކަލާކޯ.

    48
  8. ޢަލިފް

    ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ކޮންޓްރޯލް ކުރަން އިތުރު 5 އަހަރުދުވަސް ނަގާފާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން) ގެ ޗީފް ސައިންޓިސްޓް ވިދާޅުވެއްޖެއެވެ.

  9. ބޭޗާރާ

    މިހެން ވީމާ މިބުނަނީ މިތަންތަނަށް މިއަރަނީ ދިވެހިރާއްޖެ ނުދަންނަ، ތިމާއަށް މިބުނެވެނީ ކީކޭކަން ނުދަންނަ ފޮތްތެރި ބޭފުޅުންނޭ. ބޭފުޅުންނޭ! އުންމީދު ކުރަންޖެހޭނީ އުފާވެރި ރަނގަޅު ކަންކަމަށް. ހިތާމައާއި މުސީބާތަކީ ލިބެން އުންމީދުކުރަން ހެޔޮވާވަރުގެ ކަންކަމެއް ނޫން. އަދި އުންމީދު ކުރުމަކީވެސް އެހާމެ ގޯސްކަމެއް. އިންސާނާ އަބަދުވެސް އުންމީދުކުރަންވާނީ ހެޔޮ ރަޙްމަތަށް. ހެޔޮ ކަންކަމަށް.

    24
  10. ޢަޒ

    އަޅާވެސް ލާނެ ކަމެއްނެއް ތާކުންތާކު ޖެހޭ ބަޔަކު މކަހަލަ ދަނޑިވަޅެއްގައި މާލާމާތުގެ ގޮތުން ވާ ހަކަ ނުދައްކާނެ ..އެވެދާނެ އެފަރާތް ތަކުގެ ވިޔަފާރިން ފައިސާލިބުން ތަންކޮޅެއް މަދުވީކަމައްވެސް..އެކަމަކު މިވަގުތު ލޮކްޑައުންކޮށް ރައްޔިތުންގެ ސަލާމަތައް ތިޔަ މަސައްކަތް ކުރައްވާ ޑޮކްޓަރުބް ނަށާއި އެންމެ ހާ ބޭކަލުން އަދި ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓާރ އަށާއި ޗީފް ސަމާލް އަށް ފައްފަށުން ސުކުރު ދަންނަވައި ސެލިއުޓް ކުރަން..

  11. ނިޔާދާ

    ހާދަ ދެރައޭ. އަދި ހިތްވަރު ކޮށްލާ. އުއްމީދު ނުކުރާ މީހަކަށް ކަންތައް ހާސިލް ނުވާނެ. އަދި މަރުވާ އަދަދާއި މެދު އުއްމީދެއް ނުކުރައްޗޭ އަނެއްކާ.